Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޑީއެފްސީއިން ދޭ ލޯނު

އެސްޑީއެފްސީން ލޯނަށް އެދި ހުށަހެޅުން މެދުކަނޑާލައިފި، ދަނޑުވެރި ނަފާ އަދި ކަނޑުފަޅުގެ ނަފާ ލޯނަށް އެދެވޭނެ

4 ޑިސެމްބަރު 2022 | އާދީއްތަ 09:31

ލޯނު އެޕްލިކޭޝަންތައް ބަލައިގަތުން މެދުކަނޑާލާފައިވަނީ 1 ޑިސެމްބަރު 2022 އިން ފެށިގެން 31 ޖެނުއަރީ 2023 އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޑިސެމްބަރު 2022 | އާދީއްތަ 09:31
އެސްޑީއެފްސީ

އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނު އެޕްލިކޭޝަން ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުން ފެށިގެން އެ ބޭންކުން ކުރަމުން އަންނަ ކަމެކެވެ. އެއީ އަހަރު ނިމުމާ ގުޅިގެން އަހަރީ ހިސާބުތައް ނިންމުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެ ކުންފުނިން އަމަލު ކުރަމުން އަންނަ ގޮތެވެ.

އެސްޑީއެފްސީން ބުނީ ލޯނަށް އެދި ފޯމު ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ދަނޑުވެރިންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނު ކަމަށްވާ ދަނޑުވެރި ނަފާ ލޯނާއި ކަނޑުފަޅުގެ ލޯނަށް އެދި އަދިވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެ ކަމަށެވެ. އަދި މަސްދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ވެސް މި މުއްދަތުގެ ތެރޭގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ލޯނު އެޕްލިކޭޝަންތައް ބަލައިގަތުން މެދުކަނޑާލާފައިވަނީ 1 ޑިސެމްބަރު 2022 އިން ފެށިގެން 31 ޖެނުއަރީ 2023 އާ ހަމައަށެވެ. މި މުއްދަތުގައި އިތުރު ލޯނުތަކުގެ އެޕްލިކޭޝަން ބަލައި ނުގަތްނަމަވެސް މިހާރު ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ޕްރޮސެސްކުރަމުންދާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. މި ފޯމުތަކުގެ ޕްރޮސެސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.

އެސްޑީއެފްސީން އަންނަނީ ހަތް ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ، ރަށު ފަތުރު، ކަނޑުފަޅު ނަފާ، ފަށާ ވިޔަފާރި އަދި ވިޔަފާރި ތަރައްޤީ ލޯނެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ އާއި ފަންނީ ލަފާދިނުމުގެ ގޮތުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވި ކުންފުންޏެކެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން އެސްޑީއެފްސީއިން ދޫކުރާ ލޯނުތަކަކީ ކުޑަ އިންޓްރަސްޓް ރޭޓެއްގައި، ދިގުމުއްދަތަކަށް ބަހާލައިގެން ދައްކަން ޖެހޭ ލޯނުތަކެކެވެ.

އެސްޑީއެފްސީ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް

19 ނޮވެމްބަރު 2025
މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް
16 ނޮވެމްބަރު 2025

200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި

16 ނޮވެމްބަރު 2025
200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް, އާރު.އެސް.ޑަބްލިޔު ފައިނޭންސިންގ ސްކީމް ހުޅުވާލައިފި
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
07 އޮކްޓޯބަރު 2025

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!

07 އޮކްޓޯބަރު 2025
އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރަނީ!
29 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟

29 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒަށް 11 މަސް، ރައްޔިތުންނަށް އެންމެ މަހެއް؟
29 ސެޕްޓެމްބަރު 2025

އެސްޑީއެފްސީއިން ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފި

29 ސެޕްޓެމްބަރު 2025
އެސްޑީއެފްސީއިން ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިންގ ޚިދުމަތެއް ތަޢާރަފުކޮށްފި
04 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ޗެއަރމަނަކަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް، އެމްޑީގެ މަގާމަށް ބަދުރުއްދީން

04 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ޗެއަރމަނަކަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް، އެމްޑީގެ މަގާމަށް ބަދުރުއްދީން
03 ސެޕްޓެމްބަރު 2025

އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް

03 ސެޕްޓެމްބަރު 2025
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
12 ޖުލައި 2025

ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ

12 ޖުލައި 2025
ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ
11 އެޕްރީލު 2024

ކޮވިޑާއި ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިދިޔަ ސަރުކާރުން ވަނީ ކަނޑާލާފައި: ފައްޔާޒު

11 އެޕްރީލު 2024
ކޮވިޑާއި ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިދިޔަ ސަރުކާރުން ވަނީ ކަނޑާލާފައި: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް