Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވިޔަފާރި އެހީ ލޯނު

އެސްޑީއެފްސީ އިން ލޯނު ދޫކުރުން ދިގު މުއްދަތަކަށް މެދު ކެނޑުމަށްފަހު ކުދި ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނުގެ ފުރުސަތު ހުޅުވާލަނީ

މި ލޯނަކީ ދުވަހުން ދުވަހަށް ހިންގުމުގެ ދަތިތަކާ ކުރިމަތިލާންޖެހޭ ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްޞަކޮށްގެން ތަޢާރަފުކުރާ ލޯނެކެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 12 މާރިޗު 2025 | ބުދަ 09:58
މާލޭގެ އެކި ސަރަހައްދުތައް

މާލޭގެ އެކި ސަރަހައްދުތައް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ ވިޔަފާރި އެހީ ލޯނުގެ ފުރުސަތު މާރިޗު 16 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެސް.ޑީ.އެފް.ސީ އިން އިއުލާނުކޮށްފިއެވެ. 

މި ލޯނަކީ ދުވަހުން ދުވަހަށް ހިންގުމުގެ ދަތިތަކާ ކުރިމަތިލާންޖެހޭ ވިޔަފާރިތަކަށް އެހީތެރިވުމަށް ޚާއްޞަކޮށްގެން ތަޢާރަފުކުރާ ލޯނެކެވެ. 

އެސް.ޑީ.އެފް.ސީ އިން ބުނާ ގޮތުގައި މި ލޯނަށް އެދި ހުށަހެޅޭނީ މެދުކެނޑުމެއްނެތި އެއް އަހަރު ދުވަހު ވިޔަފާރި ހިންގާފައިވާ ފަރާތްތަކަށެވެ. މުދާ ގަތުމާއި އެހެނިހެން މުހިންމު ހިންގުމުގެ ޚަރަދުތައް ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށް މި ލޯނު ބޭނުންކުރެވޭނެއެވެ. 

މި ސްކީމުގެ ދަށުން 1.5 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދެވޭނެއެވެ. 700,000 ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ލޯނަށް އެދޭނަމަ ރަހުނެއް ބަހައްޓަން ޖެހޭނެއެވެ. މި ލޯނު ދޫކުރާނީ އަހަރަކު 9.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ކަމަށް އެސް.ޑީ.އެފް.ސީ އިން ވަނީ ބުނެފައެވެ. 

ލޯނު ނަގާ ފަރާތްތަކަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. 

2019 ވަނަ އަހަރު އުފެއްދި އެސް.ޑީ.އެފް.ސީ އިން ދިވެހި ވިޔަފާރިވެރިންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. ރާއްޖެ އަށް ދިމާވި ކޮވިޑް ގެ ކާރިސާ ގައި ކުދި ވިޔަފާރި ތަކުގައި ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ. އޭރު ލޯން ދޫކުރީ 6 އާއި 9 އިން ސައްތައި ގެ އިންޓްރަސްޓް ރޭޓް ގައި ކަމުގައި މައުލޫމަތް ލިބެއެވެ .  

ވިޔަފާރިތައް ފެށުމަށާއި، ދެމެހެއްޓުމަށާއި، ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މި އެސް.ޑީ.އެފް.ސީ އިން އިސްދައުރެއް އަދާކުރެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު

ނައިޓް މާކެޓް މިފަހަރު ދަރުބާރުގޭގައި، ފޯމް ދޫކުރުން އަންނަ މަހު

27 ނޮވެމްބަރު 2018
ދިގު މުއްދަތަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލް އިން އެވޯޑް ދީފި

ދިގު މުއްދަތަށް ޚިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ބީއެމްއެލް އިން އެވޯޑް ދީފި

11 އޮކްޓޯބަރު 2018
ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!

ދިގު މުއްދަތަށް ޕޯސްޓްޕެއިޑް ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ހާއްސަ ޑިސްކައުންޓެއް!

06 ސެޕްޓެމްބަރު 2018
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު