Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ވެންހާލް ނުކުންނާނީ އެމެރިކާގެ އިތުރުން ނޫސްވެރިންނާވެސް ދެކޮޅަށް

މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ނެދަލެންޑްސްގެ ފަރާތުން ފެނުނީ މާ މޮޅު އެޓޭކިންގ ފުޓްބޯޅައެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:52
ނެދަލެންޑްސް ޓީމު ޓްރެއިނިންގގައި

ނެދަލެންޑްސް ޓީމު ޓްރެއިނިންގގައި

ނެދަލެންޑްސްއަކީ ވަރުގަދަ ލީގެއް އޮވެ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުކުރެވި އޮތް އެންމެ މަޝްހޫރު ގައުމެވެ. އެކަން ކާމިޔާބުކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ނޫސްވެރިންގެ އެއްބާރުލުން ނުލިބޭތީ ކޯޗު ލުއިސް ވެންހާލް ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މުބާރާތުގެ ގަދަ 16ގެ މެޗުތައް މިރޭ ފަށާއިރު، މީޑިޔާތަކުން މިހާރު ފަށާފައިވަނީ ވެންހާލް ވަރަށް އަވަހަށް ބެލްޖިއަމްގެ ގައުމީ ޓީމާ ހަވާލުވާނެ ވާހަކައާއި ނެދަލޭންޑްސް އެކަށީގެންވާ ވަރަށް އެޓޭކްނުކުރާ ވާހަކައެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ނެދަލެންޑްސްގެ ފަރާތުން ފެނުނީ މާމޮޅު އެޓޭކިންގ ފުޓްބޯޅައެއް ނޫނެވެ. ޓީމުގެ ފަހަތާއި ގޯލްކީޕަރާމެދު ކޯޗުގެ ކަންބޮޑުވުމެއް ނޯންނަވަރަށް އެ ދެ ޑިޕާޓްމަންޓްގައި ތިބި ކުޅުންތެރިން ވަނީ މަސައްކަތް ކޮށްފައެވެ. ޚާއްސަކޮށް މި ފަހަރު ޓީމަށް އަލަށް ތައާރަފްކުރި ކީޕަރު އަންދްރިއަސް ނޮޕާޓް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިއީ ވެންހާލް ގެނައި ރަނގަޅު ބަދަލެއްކަމަށް މީޑިޔާތަކުން ސިފަކުރާއިރު، އޭނާ ކަންބޮޑުވާނީ ފޯވަޑް ލައިނާއި މިޑްފީލްޑަރުންނާމެދުއެވެ. ފްރޭންކީ ޑިޔޮންއަކީ މެދުތެރޭގެ މައި އިންޖީނެވެ. އެކަމަކު އޭނާގެ ވަށައިގެންތިބި ކުޅުންތެރިންގެ ފެންވަރު މިހާތަނަށް ފެނުނީ ފަނޑުކޮށެވެ. ގްރޫޕް ސްޓޭޖުގައި މި ފަހަރުގެ ޓީމުގެ ތަރިއަކީ ޒުވާން މީޑްފީލްޑަރު ކޯޑީ ގަކްޕޯއެވެ. ފުރަތަމަ ތިން މެޗުގައި ގޯލު ޖެހިއިރު އޭނާ ގޯލެއް ނުޖަހައިފިނަމަ ނެދަލޭންޑްސް ޓީމުގައި ގޯލެއް ޖަހާނެ ކުޅުންތެރިއަކު ނެތްކަމަށް ހީވި ފަހަރުތައްވެސް މަދެއްނޫނެވެ.

މިބާވަތުގެ ވާހަކަ ދައްކާތީ ނޫސްވެރިންދެކެ ވެންހާލް މިހާރު ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. އޭނާ ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނަ، އޭނާގެ ކޯޗުކަމުގައި ނެދަލޭންޑްސް ހޯދިއިރުވެސް، ނޫސްވެރިން ދެއްކީ ހަމަ އެއްވާހަކަތަކެއް ކަމަށެވެ. މިހާރު އަނެއްކާވެސް މިފަދަ ވާހަކަތައް ފެށީ ޓީމު ރަނގަޅަށް ކުޅެ ނަތީޖާ ނެރެމުންދާތީ، އެކަމާ ކޮންމެވެސް ކަހަލަ ވާހަކައެއް ދެއްކުމުގެ ނިޔަތުގައި ކަމަށްވެސް ވެންހާލް ވަނީ ތުހުމަތުކޮށްފައެވެ. ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކޯޗުކޮށްދިން ވެންހާލް ބުނީ، އޭނާއަކީ ނޫސްވެރިން އެހާ ހިތްހަމަޖެހޭ ގޮތަށް ވާހަކަ ދައްކާ ކޯޗަކަށްނުވާތީ ބައެއްފަހަރު ނޫސްވެރިން ޒާތީ ގޮތްތަކެއްވެސް ގެންގުޅޭ ކަމަށެވެ. ވެންހާލް ކުލަބުތަކުގައި މަސައްކަތްކުރިއިރުވެސް ނޫސްވެރިންގެ ފާޑުކިއުންތަކާ ވަރަށް ގިނައިން ކުރިމަތިލާން ޖެހުނެވެ.

މިރޭގެ މެޗަށް ނުކުންނައިރު ނެދަލެންޑްސް ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. ކޯޗު ބުނީ އެމެރިކާ ޓީމަކީ ބަޔަކު މިސާލެއްގެ ގޮތުން ވސް ނަގަން ރަނގަޅު ޓީމެއްކަމަށާއި، މިހެންވެ އެމީހުންނާމެދު ކުޑަކޮށްވެސް ފަރުވާ ކުޑަކޮށްނުލާނެކަމަށެވެ. ނަމަވެސް މި ދެ ޓީމު މިހާތަނަށް ކުޅުނު އެކުވެރިކަމުގެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައިވަނީ އެމެރިކާއިންނެވެ. ވެންހާލް ބުނީ މިއީ މި މެޗުގެ ކުރިން ފަޚުރުވެރިކަމާއެކު ދައްކަންޖެހޭ ވާހަކައެއްނޫންކަމަށާއި ވޯލްޑްކަޕުގެ ގަދަ 16ގައި ކުޅޭނީ މުޅިންވެސް ގަދަ ޓީމުތައް ކަމަށެވެ.

މިރޭގެ މެޗުގައިވެސް މެންފިސް ޑެޕާއީ ފެނުން ގާތީ ބެންޗުންނެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11 އަށް ކޯޗު އިޚްތިޔާރުކުރަން ވިސްނާފައިވަނީ ސްޓީވް ބާގްވިންއެވެ. ސަބަބަކީ ޑެޕާއީއަށް ލިބިފައިވާ އަނިޔާއިން އަދިވެސް މުޅިން އަރައިނުގަނެވުމެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2021

ދައުލަތުގެ 3 ބާރުން ޔަގީންކަން ދީފި، އެވެރިން ދެން ނުކުންނާނީ ވެކްސިން ޖަހައިގެން ހުން އަންނަކަމަށް ބުނެ!

01 ފެބުރުއަރީ 2021
ދައުލަތުގެ 3 ބާރުން ޔަގީންކަން ދީފި، އެވެރިން ދެން ނުކުންނާނީ ވެކްސިން ޖަހައިގެން ހުން އަންނަކަމަށް ބުނެ!
07 ނޮވެމްބަރު 2020

އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"

07 ނޮވެމްބަރު 2020
އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"
09 ސެޕްޓެމްބަރު 2020

އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމުގައި ސައީދުގެ އިތުރުން މުނައްވަރުގެ ބައިވެރިވުން؟

09 ސެޕްޓެމްބަރު 2020
އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމުގައި ސައީދުގެ އިތުރުން މުނައްވަރުގެ ބައިވެރިވުން؟
18 ޖޫން 2020

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

18 ޖޫން 2020
ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!
03 އެޕްރީލު 2019

ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

03 އެޕްރީލު 2019
ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟
06 ޖުލައި 2018

އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟

06 ޖުލައި 2018
އެމެރިކާގެ ޚާރިޖީ ވަޒީރު އުތުރު ކޮރެއާ އަށް ހާއްސަ ދަތުރުފުޅެއް! ހާސިލު ވާނީ ކޮންކަމެއްބާ؟
24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
23 އޯގަސްޓު 2017

އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!

23 އޯގަސްޓު 2017
އެމެރިކާގެ އަސްކަރީ މަނަވަރު އެކްސިޑެންްޓް ވި ހާދިސާއަށް ފަހު ގިނަ ކަންކަން ދަނީ ނިއުޅެމުން!
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު