Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެލޭޝިޔާގެ ސިޔާސީ މަސްރަހު

މެލޭޝިޔާގައި އަދިވެސް ސަރުކާރެއް އެކުލަވާނުލެވެނީ ކީއްވެ؟

އަންވަރަށް އެމަގާމަށް ވަޑައިގެންނެވުނީ 25ހަކަށް އަހަރު އެކަމަށް މަސައްކަތްކުރެއްވިފަހުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:04
މެލޭޝިޔާގެ އައު ބޮޑު ވަޒީރު އަންވަރު އިބްރާހީމް

މެލޭޝިޔާގެ އައު ބޮޑު ވަޒީރު އަންވަރު އިބްރާހީމް

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުގެ މަގާމަށް މިދިޔަހަފުތާގައި ވަނީ އަންވަރު އިބްރާހީމް އައްޔަން ކޮށްފައެވެ. ނަމަވެސް އަދިވެސް އެގައުމުގެ އައު ސަރުކާރު ނުވަތަ ކެބިނެޓް އެކުލަވާލެވިފައެއް ނުވެއެވެ. މިކަމަށް އެތައް ބައިވަރު ސަބަބުތަކެއް އެބަހުރިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެކަމަކު އެއީ ހަމަގައިމުވެސް "ހަނީމޫން" އެއް ނަންގަވާތީއެއް ނޫނެވެ. އެއަށްވުރެ އެތެރޭގެ ހަލަބޮލިކަން މާބޮޑެވެ.

އުމުރުފުޅުން 75 އަހަރުގެ އަންވަރު އިބްރާހީމް، ފާއިތުވި ފަންސަވީހަކަށް އަހަރު އެމަގާމް ހޯއްދެވުމަށް މަސައްކަތް ކުރައްވާފައިވެއެވެ. ދެންމެދެންމެ ލިބިދާނޭ ހީވި އެތައް ފަހަރެއް ދިޔައެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން ފެޔަށް ޖެހިވަޑައިގަންވަން ޖެހިވަޑައިގަނެއެވެ.

ގިނަ އަހަރުތަކެއްގެ ސިޔާސީ ތަޖުރިބާ ހުރުމާއި ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށް ވެވަޑައިގަތުން އެއީ އަންވަރުގެ މަސައްކަތްޕުޅު ފަސޭހަކޮށްދިން ބައެއް ސަބަބުތަކެވެ. އެންމެ ފަހުން މިދިޔަމަހު ބޭއްވުނު އިންތިޚާބްގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އަންވަރުގެ ޕަކަތަން ހަރަޕަން އިސްވެ އޮންނަ ކޯލިޝަނަށެވެ. އެއީ 82 ގޮނޑިއެވެ. ނަމަވެސް ސަރުކާރެއް އެކުލަވާލުމަށްޓަކައި 112 ގޮނޑި ބޭނުން ވެއެވެ. އެއާއެކު މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ސަރުކާރެއް ނެތި ދުވަސްކޮޅެއް ދިޔައެވެ.

އަންވަރުއާ މަގާމު ހަވާލުކުރެވުނީ ތަފާތު ސިޔާސީ ބްލޮކްތަކާއެކު ރަސްގެފާނު އަބްދުﷲ ބޭއްވެވި ފަސް ދުވަހުގެ "ހޫނު" ވާހަކަތަކަށް ފަހުއެވެ. މިކަން ހަމަޖެހުނީ މެލޭޝިޔާގައި 61 އަހަރުވަންދެން ބާރުގައި ދެމިއޮތް އުމްނޯ ޕާޓީން އަންވަރުގެ ޕަކަތަން ހަރަޕަން ޕާޓީއަށް ތާއީދުކުރަން ނިންމި ހިސާބުންނެވެ.

އުމްނޯ ޕާޓީއަށް ލިބުނީ އެންމެ ތިރީސް ގޮނޑި ނަމަވެސް އެޕާޓީން ސަރުކާރަށް ތާއީދުކުރުމަށް ކުރި ޝަރުތަކީ ކެބިނެޓްގެ އެތައް ޕޯސްޓެއް ދޭން ޖެހޭނެކަމަށް ބުނުމެވެ. މިއީ އަންވަރުގެ ޕާޓީގެ އިސް ފަރާތްތަކުން އެހާ ގަޔާވާ ކަމެއް ނޫނެވެ.

އަންވަރަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމަކީ ދެ ފަރާތް ރުހޭގޮތަށް މަގާމްތައް އެކުލަވާލުމެވެ. ފުރަތަމަ ބޭފުޅަކު އައްޔަން ކުރެއްވި އެއް މަގާމަކީ ޑެޕިއުޓީ ޕްރައިމިނިސްޓަރުގެ މަގާމެވެ. އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އުމްނޯ ޕާޓީގެ ރައީސް އަހުމަދު ޒާހިދުއެވެ. ޒާހިދުގެ މައްޗަށް މިހާރުވެސް ކްރިމިނަލް ދައުވާތަކެއް ކުރެވެމުން އައުމާއެކު އޭނާ އެމަގާމަށް އައްޔަން ކުރުމާމެދު ގިނަ ފަރާތްތަކަކުން އަންނަނީ ގަދައަށް ނުރުހުން ފާޅުކުރަމުންނެވެ. ޒާހިދުއަކީ ރިޝްވަތާއި ފަސާދައިގެ މައްސަލައެއްގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ބޮޑުވަޒީރު ނަޖީބުއްރައްޒާގުގެ އަރިސް ބޭފުޅަކަށް ވުމުންވެސް ގިނަބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

ސަރުކާރަށް ތާއީދުކޮށް، ކޮށްދޭނެ ކަމަށް އުމްނޯ ޕާޓީން ބުނެފައިވާ ކަންތަކުގެ ތެރޭގައި; ޑިސެމްބަރ 19 ވަނަ ދުވަހު ބާއްވަން އައު ރައީސް ގަސްތުކުރައްވާ "ނޯކޮންފިޑެންސް" ވޯޓުގައި އަންވަރަށް ތާއީދުކުރުން ހިމެނެއެވެ.

އުމްނޯ ޕާޓީގެ ޖެނެރަލް އެސެމްބްލީވެސް މި ޑިސެމްބަރު މަހު ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ. މިވެސް ވެގެން ދާނީ އަންވަރަށް ޓެސްޓަކަށެވެ. އެހެނީ ޕާޓީގެ އިސް ވެރިންގެ ބޮޑު ދެބަސްވުމެއް އުފެދި އަންވަރަށް އޮތް ތާއީދު އަނބުރާ ގެންދަން ނިންމައިފިނަމަ އަނެއްކާވެސް ސަރުކާރު ރޫޅިގެންދާނެއެވެ.

ޑިސެމްބަރުގެ ނިޔަލަށް އަދި މަގާމުގައި ހުންނެވުނުނަމަވެސް، ކުރިއަށް އޮތް 2023 ވަނަ އަހަރުވެސް އަންވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ. މިގޮތުން އުމްނޯ ޕާޓީގެ އިންތިޚާބް އަދި 2023 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން މިއީ ސަރުކާރު ދެމިއޮތުމަށް ބޮޑެތި ގޮންޖެހުންތަކަކަށް ވާނެއެވެ.

އަންވަރު ވަނީ ފައިނޭންސް މިނިސްޓަރުގެ މަގާމް އެހެން އެއްވެސް ފަރާތަކަށް ނުދެއްވައި އަމިއްލަފުޅަށް ފުރުއްވުމަށް ނިންމަވާފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު