Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ - ޔޫކްރެއިން ހަނގުރާމަ

ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިން އަސްކަރީ ކުރިމަތިލުމަކަށް ގޮސްގެން ނުވާނެ: ރަޝިއާ

3 ޑިސެމްބަރު 2022 | ހޮނިހިރު 10:54

ބޭނުންކުރަނީ އާދައިގެ ހަތިޔާރުނަމަވެސް، އެއީ ހަނގުރާމަ ގަދަވެ ކޮންޓްރޯލުން ނައްޓަފާނެތީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 3 ޑިސެމްބަރު 2022 | ހޮނިހިރު 10:54
ސަރްގޭއި ލަވްރޯފް

ސަރްގޭއި ލަވްރޯފް

ބޭނުންކުރަނީ އާދައިގެ އަސްކަރީ ހަތިޔާރު ކަމުގައި ވީނަމަވެސް، ނިއުކްލިއަރ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ގައުމުތަކުން އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް ވާނެ ހުރިހާ ގޮތެއް ބެލުން މުހިންމުކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު، ސަރްގޭއި ލަވްރޯފް ވިދާޅުވެއްޖެއެވެ.

ލަވްރޯފް މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ، ރަޝިއާގެ ރިޔާސީ ކުރިމަގާ ބެހޭގޮތުން ަިލްމީ ފެންވަރުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި، ނޮވެމްބަރު 30 ވަނަ ދުވަހު ތަގުރީރުކުރައްވަމުންނެވެ. ލަވްރޯފްގެ ބަޔާން ޝާއިއުކޮށްފައި ވަނީ ރަޝިއާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައެވެ.

ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިއާގެ އަސްކަރިއްޔާއިން، ޚާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އެރި ފަހުން، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން ވަނީ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރަން ޖެހިދާނެކަމުގެ ނުސީދާ އިންޒާރުތަކެއް ތަކުރާރުކޮށް ދެއްވާފައެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމާގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް ރާވަމުންދާކަމުގެ ތުހުމަތުތަކަށް، ރަޝިއާގެ އިސް އޮފިޝަލުންތަކެއް ވަނީ އިންކާރު ކުރައްވާފައެވެ. އަދި ނިއުކްލިއަރ ހަނގުރާމައެއްގެ ހޫނު ކައްކަމުން ދަނީ ހުޅަނަގުން ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާ އިސްވެ އޮވެ، ހުޅަނގުގެ ގައުމުތަކުން ދަނީ، ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމަށް، ތާރީޚު ދެކެފައި ނުވާ ދަރަޖައަށް، ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ. މިކަމުގެ ސަބަބުން، ހަނގުރާމައިގެ ބައިވެރިއަކަށް ނޭޓޯ ވެފައިވާކަމަށް ރަޝިއާ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ދެ ފަރާތުންވެސް ދަނީ، ސީދާ ކުރިމަތިލުމަކަށް ނުދިއުން މުހިންމު ކަމަށް ބުނާ ބުނުމަށް ބާރު ލަމުންނެވެ.

ޔޫކްރެއިނަކީ ނޭޓޯގެ މެންބަރެއްނޫނެވެ. ނަމަވެސް، އެ ގައުމުން ދަނީ ނޭޓޯގެ މެންބަރަކަށް ވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނޭޓޯއަކީ އުތުރު އެޓްލާންޓިކް ގައުމުތަކުގެ އަސްކަރީ އިއްތިހާދެވެ. ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އެރި މައިގަނޑު ސަބަބުތަކުގެ ތެރޭގައިވެސް، ޔޫކްރެއިނުން ނޭޓޯގެ މެންބަރުކަން ހޯދަން އުޅުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް