Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް

އަލީފްގެ "ތަސްވީރު" - ރައީސްގެ ދެކަނބަލުންނަށް ހަނދުމަފުޅުކޮށްއަރުވަނީ އުންމީދު!

ފަޒްނާ މަސައްކަތްކުރައްވަނީ ނުކުޅެދުންތެރިކަން ހުރި ކުދިންނާއި މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2022 | ހޮނިހިރު 12:44
އަލީފްގެ ކުރެހުން މިހާރު ހުރީ މުލިއާގޭގައި

އަލީފްގެ ކުރެހުން މިހާރު ހުރީ މުލިއާގޭގައި

"މަގުތަކުގައި ދުއްވަން އުނދަނގޫ" ވާހަކައެވެ. "ލިފްޓު އަދި ރޭމްޕް ހުރި އުސް ތަންތަން މަދު" ވާހަކައާއި "ގިނަ ގްރައުންޑް ފްލޯރ ތަންތަނަށް ނުވަދެވޭ" ވާހަކައެވެ. ހަމައެހެންމެ "ޓެކްސީ ޑިކީއަށް ގޮނޑި ލައިނުދިން" ވާހަކައާއި "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިންގ ޒޯންތަކަށް އިހްތިރާމު ކުޑަ" ވާހަކައެވެ. މިއީ ހައްތަހާވެސް، "މަގޭ އުފަން ރަށް" މި ސުރުޚީ ފެންނަގޮތަށް، ކަޅާއި ހުދުން ކުރަހާފައިވާ ކުރެހުމުން ފެންނަން ހުރި ވާހަކަތަކެވެ. އެ ކުރެހުމުގައި ފެންނަން ހުރި ރަތްކުލައިގެ ނިޝާންތަކުން މައްސަލައިގެ ހައްސާސްކަން ހާމަވެއެވެ. މީގެ ދެ ހަފުތާ ކުރިން "ރިވެލި" މައުރަޒުން ވިދާލި އެ ކުރެހުން މިހާރު ހުރީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދިރިއުޅުއްވާ މުލިއާގޭގައެވެ. އެއީ ކޮންމެ ދުވަހަކު ގެކޮޅަށް ވަދެ ނުކުމެ ހައްދަވާއިރު އެ ދެކަނބަލުންނަށް އެތައް ބައެއްގެ އުންމީދު ހަނދުމަފުޅުކޮށްއަރުވާ އުންމީދީ ކުރެހުމެކެވެ.

ކޮންމެ ދުވަހަކު އެ ކުރެހުމުން ހަނދާންކޮށްދެނީ މުޖުތަމައުގެ ބޮޑު ބަޔަކަށް އަދިވެސް އެ މީހުންގެ އުންމީދުތައް ފުރިހަމަނުކުރެވި ވާކަމެވެ. އެ ކުރެހުމުން ރަމްޒުކޮށްދެނީ އެތައް ބައެއްގެ އުދާސްތަކެވެ. ކޮންމެ ދުވަހަކުހެން، ނުކުޅުދުންތެރިކަން ހުންނަ އެތައް ބަޔަކު ކުރިމަތިލާ ތަކުލީފުތަކުގެ ވާހަކައެވެ. މި މުޖުތަމައުގައި އުޅޭ، އަޅުގަނޑުމެންފަދަ ދިވެހިންނަށް ދިމާވާ ދަތިތަކުގެ ވާހަކައެވެ. އާއްމު ދިރިއުޅުން ވޭތުކުރުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ވާހަކައެވެ. މި ކުރެހުމަކީ ދާދި ފަހުން ޖެންޑަރ މިނިސްޓްރީން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރުތައް ދައްކާލުމަށް ބޭއްވި މައުރަޒުގައި އަހްމަދު އަލީފް ހިމެނި ކުރެހުމެކެވެ. އެ ކުރެހުން ބައްލަވައިގަތުމަށްފަހު، ފަޒްނާ އެކަމަނާއާއި ފިރިކަލުން ދިރިއުޅުއްވާ މުލިއާގޭގައި އެ ކުރެހުން ބަހައްޓަވަން ނިންމެވީ ކުރަންޖެހޭ މަސައްކަތްތަކުގެ ހަނދުމަފުޅު އައުކޮށްދޭނެ ޒަރީއާއަކަށް އެ ކުރެހުން ވާނެކަމުގެ އުންމީދުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު އައްސަވައި، އެ ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތް ކުރެއްވުމުގެ ފަލްސަފާ ފެއްޓެވީ މީގެ އެތައް އަހަރެއް ކުރީގައެވެ.

މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ފަޒްނާ، އެންމެ ފުރަތަމަ މުދައްރިސަކަށް ވެވަޑައިގެންނެވިއިރު އެ ދާއިރާއަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނެތްނަމަވެސް، އެކަމަނާއަކީ އޭރުވެސް ސްކޫލްގައި އުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާމެދު ޚާއްސަ ލޯތްބާއި އޯގާތެރިކަމާއެކު މުއާމަލާތުކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާގައި ތައުލީމު ހާސިލުކުރައްވަން އުޅުއްވިއިރު އެންމެ އިސް މާއްދާއެއްގެގޮތުގައި "ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދިނުން" ޚިޔާރުކުރެއްވުމަކީ އެކަމަނާގެ ހިތްޕުޅުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާމެދު އޮތް ފުން ލޯބި ހާމަކޮށްދޭ ކަމެކެވެ. ސްކޫލް ދައުރު ނިންމެވުމަށްފަހު އެފަދަ ކުދިންނަށް އުނގަންނައިދިނުމުގެ ޝައުގުވެރިކަން އެހާބޮޑަށް އިތުރުވި އެއް ސަބަބަކީ އެކަމަނާގެ އާއިލާގައި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރުމެވެ.

ތާޖުއްދީންގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވާ ފަޒްނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމުގެ އިތުރުން، ކުޑަކުދިންގެ ހައްގުތަކާއި، ނުކުޅެދޭ މީހުންނަށް އެހީތެރިވުމާއި ސަޕޯޓް ސައިކޮލޮޖީފަދަ ދާއިރާއަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓެވި ކަނބަލެކެވެ.

އޭރުން ފެށިގެން މިއަދާހަމައަށް އައިއިރުވެސް އެކަމަނާ މަސައްކަތްޕުޅުކުރައްވަނީ ނުކުޅެދުންތެރިކަން ހުރި ކުދިންނާއި މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ބޭނުންވާ ކަންކަމާއި، ދަތިވާ ކަންތައްތަކުގެ ވާހަކައާއެކު އަންނަ އާއްމުންގެ އަޑު އައްސަވައި، އެފަދަ ކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅުކުރައްވައެވެ. އެގޮތުން ދާދިފަހުން، ކުޅިވަރު ހަރަކާތްތައް ހިންގާ ޖަމްއިއްޔާތަކުގެ ހަރަކާތްތަކުގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން އެ ޖަމިއްޔާތަކާ އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. އެއާއެކު އެފަދަ އެތައް ކުދިންނަށް އެހެން ކުދިންނެކޭ އެއްފަދައިން ކުޅިވަރުގެ ހަރަކާތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މީގެ އިތުރުން ކަލާފާނު ސްކޫލްގައި ލިފްޓެއް ބެހެއްޓުމާއި، އާޓިފިޝަލް ބީޗުގައި ރޭމްޕްއެއް އެޅުމާއި، ސްޕޯޓްސް އެސޯސިއޭޝަން އިންކްލޫސިވްކުރުމުގެ އިތުރުން، ކެއަރ ސޮސެއިޓީގެ ޕާކިންގ ސްޕޭސް އެހެން މީހުން ބޭނުންކުރުމާ ގުޅޭގޮތުން އެކަމަނާ ވަނީ ވަކާލާތުކުރައްވާފައެވެ.

ފަޒްނާ ވިދާޅުވާގޮތުން، މުއައްސަސާތަކުގެ އިތުރުން ފަރުދީ ފެންވަރުގައި، އެންމެން އެކުލެވިގެންވާ މުޖުތަމައަކަށް ފަހިވާގޮތަށް އާއްމުންގެ އަމަލުތައް ބެހެއްޓުމަކީ އެކަމަނާގެ އިލްތިމާސެކެވެ. އަދި މިހާރަށްވުރެ ޒިންމާދާރުވެ، ހަރަކާތްތަކާއި މަޝްރޫއުތައް ހިންގާއިރު ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަކީ މުހިންމުކަމެއްކަން އެކަމަނާ ފާހަގަކުރައްވައެވެ. ހަމަ އެހެންމެ، އިޖުތިމާއީގޮތުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްވުމަކީ އެކަމަނާ ކުރައްވާ އުންމީދެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަމާމެދު އަޑު އުފުލުމުގައި މެދުވެރިއަކަށް ވެވަޑައިގަތުމާއި، ދަރުމަވެރިއެއްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެވަޑައިގަތުމުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަތުމުގެ އިތުރުން، އާއްމުން ހޭލުންތެރިކުރެއްވުމުގައި އެކަމަނާ އަދާކުރައްވާ ދައުރަކީ ފާހަގަކޮށްލެވޭފަދަ ނަމޫނާ ދައުރެކެވެ. އަދި އެފަދަ ފަރާތްތަކާމެދު އެކަމަނާ ބަހައްޓަވާ ގާތްކަމަކީ އޭރުވެސް މިހާރުވެސް ލާމަސީލު މިސާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ދެކަނބަލުންގެ ހަނދާނެއް- އީދު ސައިފޮދަށް ބަތް ހުރުމުން ލިބިވަޑައިގަތީ ހައިރާންކަމެއް!

ރައީސްގެ ދެކަނބަލުންގެ ހަނދާނެއް- އީދު ސައިފޮދަށް ބަތް ހުރުމުން ލިބިވަޑައިގަތީ ހައިރާންކަމެއް!

24 މެއި 2020
ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

22 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު