Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިދުމަތްތައް ޑިޖިޓަލައިޒްކުރުން

ސްމާޓް ސިޓީއެއްގެ ފުރަތަމަ މަގްސަދަކަށް ވާންވީ ޑިޖިޓަލައިޒްކުރުން: ދިރާގުގެ ސީއީއޯ

3 ޑިސެމްބަރު 2022 | ހޮނިހިރު 07:47

ޖިޓަލައިޒްކޮށްގެން ރައްޔިތުންނަށްދޭ ޚިދުމަތްތައް އަވަސްކުރުމުގެ އިތުރުން، އިންކްލޫސިވް އެންމެންނަށް ބޭނުން ކުރެވޭ ޚިދުމަތެއް ޤާއިމްކޮށްދެވިދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޑިސެމްބަރު 2022 | ހޮނިހިރު 07:47
"ސްމާޓްކޮމް" އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ ހުޅުވުން

"ސްމާޓްކޮމް" އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ސްމާޓްކޮމް ފެއާ ހުޅުވުން

ސްމާޓް ސިޓީއެއްގެ ފުރަތަމަ މަގްސަދަކަށް ވާންވީ ޑިޖިޓަލައިޒްކުރުން ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް, "ސްމާޓްކޮމް" އިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަމާޒުކޮށްގެން ބާއްވާ "ސްމާޓްކޮމް ފެއާ"ގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ޑިޖިޓަލައިޒްކޮށްގެން ރައްޔިތުންނަށްދޭ ޚިދުމަތްތައް އަވަސްކުރުމުގެ އިތުރުން، އިންކްލޫސިވް، އެންމެންނަށް ބޭނުން ކުރެވޭ ޚިދުމަތެއް ޤާއިމްކޮށްދެވިދާނެ ކަަމަށެވެ. ދެމެހެއްޓެނެވި އަދި ޚަރަދު ކުޑަ ގޮތަކަށް އެ މަސައްކަތްކުރުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދިރާގުން އަބަދުވެސް، ޒަމާނީ ޚިދުމަތްތައް ރާއްޖެ އަށް ތައާރަފްކުރުމަށް އިސްކަންދެއްވާ ކަަމަށް އޭނަ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށްޓަކާ އެންމެން އެކުލެވިފައިވާ ނިޒާމެއް އެކުލެވާލުމަކީ މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ދިރާގަކީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގައި މުހިންމު ބައިވެރިއެއް ކަމަށާ ރާއްޖެ ޑިޖިޓަލްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ދިރާގު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޑިޖިޓަލައިޒް ކުރެވިފައިވާ ރާއްޖެ އަކަށް ވާސިލްވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްމާއީލް ރަޝީދު ވަނީ ސްމާޓް ސިޓީއެއްގެ ސަބަބުން ރައްޔިތުންނަށް ލިބިދޭ އެކި ހިދުމަތްތައް ލިބުމުގައި ފަސޭހަތައް ވެގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި ދިރާގުން އަބަދުވެސް ރާއްޖެ ޑިޖިޓަލް ތަނަކަށް ހެދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ރާއްޖޭ 86 އިންސައްތަ ރަށްތަކަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަށް ދިރާގުން ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް