Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ބަސް ސްޓޮޕްތައް ހިޔާކުރުން

މިއަހަރު ނިމުމުގެ ކުރިން ބަސް ސްޓޮޕްތައް ހިޔާކޮށް ނިންމާލުމަށް މަސައްކަތްކުރަނީ

3 ޑިސެމްބަރު 2022 | ހޮނިހިރު 01:39

މާލޭގެ މަގުތަކަކަކީ ހަނި މަގުތަކަކަށްވާއިރު ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ދަތިނުވާގޮތަށް ބަސް ސްޓޮޕްތައް ހިޔާކުރުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޑިސެމްބަރު 2022 | ހޮނިހިރު 01:39
ބަސް ސްޓޮޕް ހިޔާކުރުމުގެ މަސައްކަތްކުރަނީ

ބަސް ސްޓޮޕް ހިޔާކުރުމުގެ މަސައްކަތްކުރަނީ

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ބަސް ސްޓޮޕްތައް ހިޔާކޮށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެމުން އަންނަނީ ތިން ރޫޓަކުންނެވެ. މިރޫޓްތަކުގައި ޖުމްލަ 42 ބަސް ސްޓޮޕް ހުރެއެވެ. ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާކުރުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. މާލޭގެ މަގުތަކަކަކީ ހަނި މަގުތަކަކަށްވާއިރު ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ދަތިނުވާގޮތަށް ބަސް ސްޓޮޕްތައް ހިޔާކުރުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވާކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެންމެންނަށްވެސް ދަތިނުވާނެ ގޮތަށް ބަސް ސްޓޮޕްގައި ހުންނަ މީހާ އަށް އެންމެ ރަނގަޅަށް ހިޔާކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިކަންކުރަމުންދަނީ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އާ އެމްޓީސީސީ ގުޅިގެންކަމަށެވެ. ބަސް ސްޓޮޕްތައް ހުރިހާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ހިޔާކުރުމާއި ގުޅޭގޮތުން އާންމުންވެސް ޚިޔާލުތައް ދެމުންދާންވީކަމަށާއި އެއީ ކުރެވޭނެ ކަމެއްކަމަށްވާނަމަ އެގޮތަކަށް ބަސް ސްޓޮޕްތައް ހިޔާކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ. ބަސް ސްޓޮޕް ހިޔާކުރަން ބޭނުންވާ ސާމާނު އެމްޓީސީސީން ދިނުމުން އެކަން ކުރަމުން އަންނަނީ ސިޓީ ކައުންސިލުންނެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެމުން އަންނައިރު ދުވާލަކު 4500 އާއި 5000 އާ ދެމެދުގެ މީހުން އަންނަނީ މިނީ ބަހުގައި ދަތުރުކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް