Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވެންހާލް ހުރީ މާޒީގައި ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަނެގެން

އޭނާ ބުނީ ޕެނަލްޓީގެ ހިތިކަން ނެދަލެންޑްްސް އިން އިހުސާސްކޮށްފައިވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޑިސެމްބަރު 2022 | ހޮނިހިރު 01:14
ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް

ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ކުރިމަތިލާއިރު މާޒީގައި ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަނެގެން ކުރިއަށް ދާން ހުރި ކަމަށް ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.

ވެންހާލް މިހެން ބުނީ މިއަހަރުގެ މުބާރާތުގެ ގަދަ 16 ގައި އެމެރިކާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެމެރިކާ ޓީމުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. އޭނާ ބުނީ އެމެރިކާ ޓީމުގައި ތިބި ބައެއް ކުޅުންތެރިންނަކީ ޔޫރަޕުގެ މޮޅެތި ޓީމުތަަކަށް ކުޅޭ ކުޅުންތެރިން ކަމަށާއި، އެހެންކަމުން އެމެރިކާ އަށް ރަނގަޅު ނަތީޖާތަކެއް ލިބުނު ކަމަށެވެ. ވެންހާލް ބުނީ އެކަންކަމަކީ ވަކި އުސޫލެއްގެ ތެރެއިން ގޮސް، ވަގުތު ވެސް ނަގާނެ ކަންކަން ކަމަށެވެ. އެހެންކަމުން އެމެރިކާ އިން މުބާރާތުގައި ނެރުނު ނަތީޖާ އަކީ އެ ޤައުމުގެ ރައްޔިތުން އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ނަތީޖާއަކަށް ވެދާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެމެރިކާގެ ކުޅުން ފެނިއްޖެ ނަމަ، އެ ޓީމަށް ދެން އޮތް ބުރަސް ދިޔުމަކީ ވެސް ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެންހާލް ބުނީ ނެދަލެންޑްސް ޓީމާއެކު އޭނާ މަސައްކަތް ކުރާއިރު، ގިނަ ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕެނަލްޓީ އަށް ތައްޔާރުވެ، ޕެނަލްޓީ އަށް ޚާއްސަ ސަމާލުކަމެއް ދޭނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ޕެނަލްޓީގެ ހިތިކަން ނެދަލެންޑްްސް އިން އިހުސާސްކޮށްފައިވާނެ ކަމަށެވެ. ވެންހާލް ވަނީ 2014 ވަނަ އަހަރު އޮތް މުބާރާތުގެ ހިތި ހަނދާނުގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެއަހަރުގެ ސެމީ ފައިނަލްގައި ރަނގަޅަށް ކުޅުނީ ނެދަލެންޑްސް އިން ކަމަށާއި، ނަމަވެސް ފައިނަލަށް ނުދެވުނީ ޕެނަލްޓީގައި ގޯސްތަކެއް ހެދުމުން ކަމަށެވެ. ވެންހާލް ބުނީ ޕެނަލްޓީ އަށް ޚާއްސަކަމެއް ދެނީ އެހެންވެ ކަމަށާއި، މާޒީން ހެދުނު ގޯސްތަކުން ފިލާވަޅު ލިބިގަންނަ ކަމަށެވެ.

މުބާރާތުގެ ދެ ވަނަ ބުރަށް ނެދަލެންޑްސް ދަތުރުކުރީ ވެސް ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. ދެ ވަނަ ބުރުގައި އެމެރިކާއާ ދެކޮޅަށް ނިކުންނައިރު ވެންހާލް ވަނީ ޓީމުގެ ފަރިތަކުރުންތައް ރަނގަޅަށް ދިޔަކަމަށް ބުނެފައެވެ. އޭނާ ބުނީ މެދު ކެނޑުމަކަށްފަހު ވޯލްޑް ކަަޕަށް އައިސް ކުޅުންތެރިން ވެސް ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރުން ކަަމަށެވެ.

މުބާރާތުގެ ގަދަ 16 ގައި ނެދަލެންޑްސް އަދި އެމެރިކާ ވާދަކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު