Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

ވިދިވިދިގެން ދެވަނަ ފަހަރަށް ޖަރުމަނު ގްރޫޕް ސްޓޭޖުން ކަޓައިފި، އެއްވަނަ ހޯދީ ޖަޕާން

1 ޑިސެމްބަރު 2022 | ބުރާސްފަތި 21:50

2018 ވަނަ އަހަރުގެ މުބާރާތުގައިވެސް ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 21:50
މުބާރާތުން ކެޓުމުން ޖަރުމަނު ކުޅުންތެރިން ހިތާމަކުރަނީ

މުބާރާތުން ކެޓުމުން ޖަރުމަނު ކުޅުންތެރިން ހިތާމަކުރަނީ

ވިދިވިދިގެން ދެވަނަ ފަހަރަށް ޖަރުމަނުން ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުނުކޮށް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އެންމެ ފަހުން އޮތް 2018 ވަނަ އަހަރުގެ މުބާރާތުގައިވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. ގްރޫޕް އީގެ ފަހު މެޗުގައި ޖަރުމަނުން ކޮސްޓަރިކާ ބަލިކުރި ނަމަވެސް އެޓީމު ކެޓީ ގޯލުގެ ތަފާތުން ސްޕެއިން ކުރީގައި އޮތުމުންނެވެ. މި ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސްޕެއިން އާއި ޖަޕާންއެވެ.

ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު ނިމުނީ 4-2ންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޖަރުމަނަށް ލީޑު ނަގައިދިނީ ކައި ހަވާޓްޒްއެވެ. ނަމަވެސް ދެވަނަ ހާފިގައި ކޮސްޓަރިކާއިން ދެލަނޑުޖަހާ ނަތީޖާ އަނބުރާލިއެވެ. ކޮސްޓަރިކާގެ ލަނޑުތައް ޖަހައިދިނީ ޔެލްޓްސިން ޓެޔޭޑާ އާއި ޖުއާން ޕަބްލޯ ވާގަސްއެވެ. ނަމަވެސް ޖަރުމަނުން ވަނީ މެޗު ނިމުމުގެ ކުރިން ތިން ލަނޑު ޖަހާފައެވެ. ކައި ހަވާޓްޒް ދެލަނޑު ޖެހިއިރު އެޓީމުގެ ފަހު ލަނޑު ޖެހީ ނިކްލަސް ފޫކްރަގްއެވެ.

ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކުރީ ސްޕެއިނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ. ސްޕެއިންއަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ. ޖަޕާނުގެ ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ޖަޕާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޓްސޫ ޑޯންއެވެ. މެޗުން މޮޅުވެ ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު ޖަހައިދިނީ އައޯ ޓަނާކާއެވެ.

ގްރޫޕްގެ ފަހު ދެމެޗަށް ނުކުތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް އޮތެވެ. ފަހު މެޗުގެ ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނާގައި ހަޕޮއިންޓާއެކު ދެވަނަ ބުރަށް ދަތުރުކުރީ ޖަޕާނެވެ. ދެވަނާގައި އޮތް ސްޕެއިންއަށް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިންވަނާގައި އޮތް ޖަރުމަނަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ސްޕެއިންއަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. ތާވަލުގެ ފުލުގައި ކޮސްޓަރިކާ އޮތީ ތިން ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް