Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ރޯހައުސް

ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި 165 ރޯހައުސް ރަސްމީކޮށް ހަވާލުކޮށްފި

60 ރޯހައުސްއެއްގައި ވަނީ މީހުން ދިރިއުޅެން ފަށާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 16:56
ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ރޯ ހައުސްތައް ހަވާލުކުރުން

ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ރޯ ހައުސްތައް ހަވާލުކުރުން

އެތައް ސަރުކާރަކުން އަޅާނުލައި ދޫކޮށްލާފައިވާ ރޯހައުސްތަކުގެ މަސައްކަތް ނިންމައި ހައްގުވެރިންނާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ރޯ ހައުސްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް އޭރު އިމާރާތްކުރަން ފެށި ރޯހައުސްތަކެކެވެ. ނަމަވެސް އޭރު ވެރިކަން ބަދަލުވެގެން ދިއުމާއެކު މި ރޯހައުސްތަކުގެ މަސައްކަތް ހުއްޓިގެން ދިޔައެވެ. އެތަކެއް ރައްޔިތުންނަށް އިންތިޒާރުކުރަމުން ދިޔަނަމަވެސް، އެއްވެސް ސަރުކާރަކުން މި މަސައްކަތް ނުކޮށް ދޫކޮށްލިއެވެ. އަދި މަސައްކަތް ނުނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރޯހައުސްތައް ބަހާލިއެވެ.

އެއްވެސް ރޯހައުސްއެއްގެ މަސައްކަތް ނުނިންމައި ހުރުމުގެ ސަބަބުން އެތަނަށް މީހުން ބަދަލުނުވެ 10 ވަރަކަށް އަހަރު ފަހުން އެތަނަށް މީހުންނަށް ވަދެވޭނެކަމުގެ އުއްމީދެއް މި ސަރުކާރުން ވަނީ ދީފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއްދީގެން ރޯހައުސްތަކުގެ މަސައްކަތް ނިންމައި ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ. އަދި މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި އެ ފަރާތްތަކާ ރޯހައުސްތައް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގައި ޖުމްލަ 165 ރޯހައުސް ތަރައްގީކުރުމުގެ މަސައްކަތް ފެށީ މީގެ 11 އަހަރު ކުރިން، 2011 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް މީގެތެރެއިން މަސައްކަތް ނިންމައި، މީހުން ދިރިއުޅެން ފަށާފައިވަނީ 60 ރޯހައުސްގައެވެ. 165 ރޯހައުސްގެ ތެރެއިން އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓިފައިހުރި 105 ރޯހައުސްއެއްގެ މަސައްކަތް މިދިޔަ އޭޕްރީލްމަހުގެ ތެރޭގައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައިވަނީ އެރަށުގައި ތަރައްގީކުރާ ރޯހައުސްތަކުގެ ތެރެއިން މި ބުރުގައި 85 ފަރާތަކަށް ރޯހައުސް ހަވާލުކުރާނެ ކަމަށެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހެދި މިހާތަނަށް ދޫނުކޮށް ހުރި 102 ރޯހައުސްއެއް ހަވާލުކުރުމުގެ ކަންކަން އަންނަމަހުގެ ތެރޭގައި ނިންމާލެވެނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އަތޮޅުތެރޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު ހައުސިންގ ޕްރޮޖެކްޓް މި ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފު ވިދާޅުވީ، މި ސަރުކާރުން ކުޅުއްފުށީގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދިފަހުން ހަވާލުކުރި، އެ ރަށުގެ 400 ހައުންސިންގ ޔުނިޓުގެ މަސައްކަތް ފާހަގަކޮށްލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މި 400 ހައުސިން ޔުނިޓް ބަހާލަނީ 11 ބުރީގެ 5 ޓަވަރަށް ކަމަށެވެ. ކޮންމެ އެޕާޓްމަންޓެއްގައި 1000 އަކަފޫޓު ހުންނައިރު، ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު