Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ އިސްލާހުކުރުން

ޖޭއެސްސީ އިސްލާހުކުރުން: 67.8 އިންސައްތަ މީހުން ބޭނުންވަނީ ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރަން

1 ޑިސެމްބަރު 2022 | ބުރާސްފަތި 12:18

އާއްމުންގެ 115 ފަރާތަކުން އެ ކަރުދާސް މެދުވެރިކޮށް ޚިޔާލު ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ޑިސެމްބަރު 2022 | ބުރާސްފަތި 12:18
ޖުޑީޝަލް ސަރވިސް ކޮމިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އާއްމުންގެ ގިނަ ބަޔަކު ބޭނުންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންގެ އަދަދު މަދުކުރަންކަމަށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާތަކުގެ ތަފްސީލް ހިމެނޭހެން ޖޭއެސްސީން ވަނީ "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާސް އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

އެ ކަރުދާހުގައި ހިމަނާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތާމެދު އާންމުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި، ސުވާލު ކަރުދާހެއްގެ ޒަރީއާއިން ޚިޔާލު ހުށަހެޅުމަށް، 5 އޮކްޓޫބަރު 2022ން 20 އޮކްޓޫބަރު 2022ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި އެއްކުރި ޚިޔާލުތަކެވެ. 115 ފަރާތަކުން އެ ކަރުދާސް މެދުވެރިކޮށް ޚިޔާލު ހުށަހަޅާފައިވެއެވެ.

އެ ދިރާސާއިން އެނގޭގޮތުގައި 67.8 އިންސައްތަ މީހުން ބޭނުންވަނީ ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރާށެވެ. އާއްމުން އެގޮތަށް އެދޭ ސަބަބުތަކުގެ ތެރޭގައި، ޚަރަދު ބޮޑުވުމާއި، މެމްބަރުން ގިނަވުމުން ފަނޑިޔާރުންގެ މައްޗަށް ނުފޫޒާއި ބާރު ހިންގަން މަގުފަހިވުން ހިމެނެއެވެ.

އެ ދިރާސާއިން ދައްކާގޮތުން ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ފެންނަނީ ޝަރުއީ ދާއިރާއާއި، ދައުލަތުގެ އެހެން ފަރާތްތަކާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވަނީ 33 ފަރާތަކުންނެވެ. އަދި ފަނޑިޔާރުން ހިމެނޭގޮތަށް އެހެންނަމަވެސް އަޣުލަބިއްޔަތު ނޯންނާނެ ގޮތަށް ހަމަޖެއްސުމަށް ބަޔާންކޮށްފައިވަނީ 31 ފަރާތެކެވެ. 22 ފަރާތަކުން، ފަނޑިޔާރުން ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް، 19 ފަރާތަކުން ފަނޑިޔާރުންގެ އަޣުލަބިއްޔަތު އޮންނަގޮތަށް ހަމަޖެއްސުމަށް، އަދި 10 ފަރާތަކުން ވަނީ ހަމައެކަނި ފަނޑިޔާރުންނާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް ހަމަޖެއްސުމަށް ބަޔާންކޮށްފައެވެ.

އެ ދިރާސާގައިވާގޮތުން އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުން، ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރުގެގޮތުގައި ކަނޑައެޅުމަށް އެންމެ އެކަށީގެންވާ މުއްދަތަކީ 5 އަހަރެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %47 މީހުންނެވެ. %43.7 މީހުން 3 އަހަރުގެ ދައުރު ރަނގަޅުކަމަށް ގަބޫލުކުރާއިރު، އެހެން މުއްދަތެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރަނީ %9.6 މީހުންނެވެ.

މީގެ އިތުރުން ކޮމިޝަނުގައި އުއްތަމަފަނޑިޔާރު ހުންނަން ފެންނަ ކަމަށް 55.7 އިންސައްތަ މީހުން، އާއްމުންގެ ތެރެއިން މީހަކު ހުންނަން ޖެހޭ ކަމަށް %73 މީހުން، ކޮމިޝަންގައި ގާނޫނީ ވަކީލެއް ހިމަނަން ޖެހޭ ކަމަށް %69.7 މީހުން ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް އައްޔަންކުރައްވާ މީހަކު ހުންނަން ޖެހޭ ކަމަށް %75.7 މީހުންނަކަށް ނުފެނެއެވެ. އަދި މެމްބަރުން ހިމަނަން ނުފެންނަ ކަމަށް އާއްމުން ބުނެފައި ވާއިރު، މަޖިލީހުގެ މެމްބަރަކު ހިމަނަން ނުފެންނަކަމަށް %76.5 މީހުން، ސިވިލް ސަރވިސްގެ ކޮމިޝަނުގެ ރައީސް ހިމަނަން ނުފެންނަކަމަށް %82.6 މީހުން، ބަންޑާރަ ނައިބު ހިމަނަން ނުފެންނަކަމަށް %67 މީހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމަނަން ނުފެންނަ ކަމަށް %87.7 މީހުން ބުނެއެވެ.

އާއްމުންގެ ތެރެއިން %41.7 މީހުން ކޮމިޝަނުގައި އާއްމުންގެ ތެރެއިން ކަނޑައަލާ މީހަކީ ވަކި ފަންނީ ދާއިރާއަކަށް ނިސްބަތްވާ މީހެއްކަމުގައި ވުން މުހިންމުކަމަށް ދެކެއެވެ. ގިނަ އާއްމުން ދެކެނީ އެ ފަރާތަކީ ގާނޫނީ ފަންނުގެ ދާއިރާގެ މީހަކަށް ވުމަކީ ތައުލީމީ ގާބިލް މީހަކަށް ވުމުގެ އިތުރުން ގާނޫނާއި ފަނޑިޔާރުންނާއި ގުޅުންހުރި ކަންކަން ފަހުމުވާން ފަސޭހަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް