Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު ބެލްޖިއަމްގައި އޮތީ އަރާރުންވުންތަކެއް

ސީނިއާ ބައެއް ކުޅުންތެރިން އެކަކު އަނެކާކާ ދިމާކޮށް، އަރައިރުންވި ވާހަކަތައް ނޫސްވެރިން ދަނީ ތިލަކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 07:36
ބެލްޖިއަމް ޓީމު ޓްރެއިނިންގައި

ބެލްޖިއަމް ޓީމު ޓްރެއިނިންގައި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ ދޭތިން އެކައްޗަށެވެ. މެޗުން މޮޅުވެގެން ނޫން ގޮތަކަށް އެންމެ ފަހުގެ ތިން ވަނަ ޓީމަށް ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް ނުދެވޭނެއެވެ. ކްރޮއޭޝިއާ އާއި މޮރޮކޯގެ ފަހަތުން ބެލްޖިއަމް މިވަގުތު އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިން ވަނައިގައެވެ. ގަދަ ދެ ޓީމުގެ ތެރެއަށް ދެވޭނެ އެންމެ ޔަގީން ގޮތަކީ މިރޭ ކްރޮއޭޝިއާ ބަލިކުރުމެވެ. އެހެންނޫނޫ ޖެހޭނީ މޮރޮކޯ ނެރޭ ނަތީޖާ އަށް އިންތިޒާރުކުރާށެވެ.

މި މެޗާ ކުރިމަތިލާއިރު ބެލްޖިއަމް ޓީމު ތެރޭގައި އެކުވެރިކަމުގެ ނިޝާނެއް ވެސް ނެތް ކަމަށް ނޫސްވެރިން ދަނީ ބުނަމުންނެވެ. އެންމެ ފަހުން ކުޅުނު މެޗުތަކަށް ފަހު ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން އެކަކު އަނެކާކާ ދިމާކޮށް، އަރައިރުންވި ވާހަކަތައް ނޫސްވެރިން ތިލަކުރަމުންދާއިރު ބެލްޖިއަމްގެ ކޯޗާއި ކުޅުންތެރިންވަނީ އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި މިވާހަކަތައް ދޮގުކޮށްފައެވެ.

ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނީ ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެއީ ހައްތަހާ ވެސް ނޫސްވެރިން ހަދަހަދައިގެން ދައްކާ ވާހަކަތައް ކަމަށެވެ. އަދި ނުރަނގަޅު، ދޮގު ވާހަކަ ދެއްކުމަކީ ނޫސްވެރިން ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭކަން ކޯޓުއާ ފަހުން ދެއްކި ވާހަކަތަކުން އެނގެއެވެ. އޭނާ ބުނީ ޓީމުގެ އެތެރޭގެ ކަންކަމުގެ ވާހަކަ ދެއްކީ ކޮން ކުޅުންތެރިން ތަކެއްކަން ނޫސްވެރިން ވެސް ބުނެދޭން ޖެހޭ ކަމަށާއި، އެވާހަކަތައް ދެއްކި ކުޅުންތެރިންނާއެކު ދެން ގައުމީ ޓީމަށް ކުޅެން ގަސްތުނުކުރާ ކަމަށެވެ.

މިރޭގެ މެޗަކީ ކޯޓުއާ ގައުމީ ޓީމަށް ކުޅެދޭ 100 ވަނަ މެޗެވެ. މިހެންވެ މޮޅަކާއެކު މެޗު ނިންމައި ދެ ވަނަ ބުރަށް ދާން އޭނާ ހުރީ ކުރިއަށްވުރެ ގަދަ އަޒުމެއްގައެވެ. ބެލްޖިއަމް ޓީމުގައި މިރޭ އަނެއްކާ ވެސް ޔޫރީ ޓީލަމަންސް ކުޅެން ނުކުންނާނެއެވެ. އެއީ އަމަޑޯ އޮނާނާ އަށް ދެ ރީނދޫ ކާޑު ހަމަވެފައިވާތީވެ އޭނާ ނެތްތަން ފޫބެއްދުމަށެވެ. ޓީލަމަންސް އަކީ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ފުރަތަމަ 11 ގައި ހިމެނި ކުޅުންތެރިއެކެވެ. ދެ ވަނަ މެޗުގައި އޭނާގެ ބަދަލުގައި ކޯޗު، އޮނާނާ އިހްތިޔާރުކުރީ ޓީލަމަންސްއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުންނެވެ.

މިރޭގެ މެޗަށް ބެލްޖިއަމް ނުކުންނައިރު ފޯވަޑް ރޮމެލޫ ލުކާކޫ ފުރަތަމަ 11 ގައި ހިމެނުމަށް ކޯޗު މާޓިނޭޒް ދަނީ ސީރިއަސްކޮށް ވިސްނަމުންނެވެ. ކުރީ ދެ މެޗުގެ ފުރަތަމަ އޭނާ އަށް އޭނާ ނުނެގީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް މިމެޗުގައި ކިރިޔާ ކުޅެވޭވަރު ވިޔަސް ލުކާކޫ ލައްވައި ކުޅުވަމީ ޓީމުގެ ކުޅުންތެރިން ވެސް އެދޭގޮތެވެ. މިކަމުގައި އެހެން ސަބަބެއް ވެސް އެބައޮތެވެ. ކްރޮއޭޝިއާއާ ދެކޮޅަށް ގޯލު ޖެހުމަކީ ލުކާކޫގެ ހާއްސަ ސިފައެކެވެ. އެންމެ ފަހުން މި ދެ ގައުމު ކުޅުނު ދެ މެޗުން ވެސް ބެލްޖިއަމް މޮޅުވިއިރު ހުރިހާ ގޯލެއް ޖަހައިދިނީ އޭނާއެވެ. މިހެންވެ ކިތަންމެ ފޯމު ކަޓާފައި ހުއްޓަސް ބެލްޖިއަމްގެ ނަސީބަކީ އޭނާ ކަމަށް ގިނަ ކުޅުންތެރިން ވެސް މިވަގުތު ތިބީ ހިތުން ރުހުމުން ގަބޫލުކޮށްގެންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު އަމިއްލަ ބާރު އޮތް ނަމަވެސް ކެވިން ޑެބްރޫނޭ ގަބޫލުކުރާ ގޮތުގައި އެގައުމުގެ ރަންޖީލު ވޯލްޑް ކަޕް ކާމިޔާބުކުރެވޭ ވަރަށްވުރެ މިހާރު މުސްކުޅިވެއްޖެއެވެ. ޓީމުގައި ހާ އެޅުން ބޮޑުވެއްޖެއެވެ. މިހެންވެ ކްރޮއޭޝިއާ ފަދަ ޓީމެއް ބަލިކުރެވޭނީ އާދަޔާ ހިލާފު ހިތްވަރަކާއެކުގައި ކަމަށް އޭނާ ދެކެއެވެ. އެންމެ ފަހުގެ ހަތަރު ވޯލްޑްކަޕުގައި ވެސް ކުއާޓާ ފައިނަލް ކުޅެފައިވާތީވެ ބެލްޖިއަމްގެ ސަޕޯޓަރުން މިފަހަރު އެއަށްވުރެ ދަށް ނަތީޖާއެއް ގަބޫލެއް ނުކުރާނެއެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2018

ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!

19 އެޕްރީލު 2018
ދެން ނަގާ ރާޅު ބޮޑުވާނެ! އަދި ވެސް ބޯޅަ އޮތީ އިދިކޮޅުގައި!
18 އެޕްރީލު 2018

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

18 އެޕްރީލު 2018
އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
02 މާރިޗު 2018

ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން

02 މާރިޗު 2018
ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު