Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި ބޮމެއް ގޮއްވާލުން

އަފްޣާނިސްތާނުގެ ސްކޫލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހުން މަރުވެއްޖެ

30 ނޮވެމްބަރު 2022 | ބުދަ 17:06

މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކިޔަވާކުދިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ނޮވެމްބަރު 2022 | ބުދަ 17:06
އަފްޣާނިސްތާނުގެ ކިޔަވާ ކުދިންތަކެއް

އަފްޣާނިސްތާނުގެ ކިޔަވާ ކުދިންތަކެއް

އަފްޣާނިސްތާނުގެ އުތުރުގެ ހިސާބެއްގައި ހުރި ދީނީ އިލްމަށް ޚާއްސަ ސްކޫލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން، ކިޔަވާކުދިން ހިމެނޭހެން ޖުމްލަ ފަނަރަ މީހުން މަރުވެއްޖެއެވެ. އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ބުނިގޮތުގައި، ސަމަންގަން ޕްރޮވިންސްގެ އައިބަކްގައި ހުރި ސްކޫލަށް ދިން ބޮމުގެ ހަމަލާގައި އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިފައިވެއެވެ.

މިހަމަލާގައި 17 މީހުން މަރުވެފައިވާކަމަށް ޕްރޮވިންޝަލް އޮފިޝަލުން ބުނެފައިވުމާއެކު މަރުވި މީހުންގެ ހަގީގީ އަދަދު އަދިވެސް ކަށަވަރުނުވާކަމަށް ޚަބަރުތައް ބުނެއެވެ.

މިހަމަލާގެ ޒިންމާ، ބުދަ ދުވަހު އިރުއޮއްސުމާ ހަމައަށް އެއްވެސް ބަޔަކު އުފުލާފައި ނުވާކަމަށްވެއެވެ. ހަމަލާދީފައިވަނީ ޖަމާއަތުގައި ނަމާދުކުރުމަށްފަހު ކިޔަވާކުދިން އެތަނުން ނުކުންނަން އުޅެނިކޮށެވެ. ހަމަލާގައި މަރުވެފައިވަނީ ކިޔަވާ ކުދިންނާއި ބައެއް އާންމުންނެވެ.

ބުދަދުވަހުގެ ހަމަލާދިން ބަޔަކު ތޯލިބާން ސަރުކާރުން ހޯދައި ހައްގު އަދަދު ދޭނެކަމަށް އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވެއެވެ.

ހަމަލާ ދެވުނު ސްކޫލް ހުންނަ އައިބަކް ސަރަހައްދަކީ ވެރިރަށް ކާބުލްއާ 200އެއްހާ ކިލޯމީޓަރު ދުރުގައިވާ ސަރަހައްދެކެވެ. މިއީ ގަދީމީ އާސާރުތައް ގިނަ، އަދި ތާރީޚީގޮތުން މުހިންމު ސަރަހައްދެކެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާން ޖަމާއަތުން މިދިޔަ އަހަރު އަލުން އައިފަހުން އެގައުމުގައި މިފަދަ ހަމަލާތައް ދިނުން އަންނަނީ އިތުރުވަމުންނެވެ. ސެޕްޓެމްބަރު މަހު ކާބުލްގެ އިމްތިހާން ހޯލެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 54 މީހުން މަރުވެފައިވެއެވެ. މީގެތެރޭގައި 51 އަންހެން ކިޔަވާކުދިން ހިމެނެއެވެ. މި ކުދިންނަކީ ޔުނިވަރސިޓީއަށް ވަނުމަށް އިމްތިހާން ހަދަމުން ދިޔަ ކުދިން ތަކެކެވެ.

ތޯލިބާންގެ ވެރިން ވަނީ އެހަމަލާ ދިނީ އައިސިސް ޖަމާއަތުންކަމަށް ބުނެފައެވެ. ނަމަވެސް އެ ޖަމާއަތުން ޒިންމާ ނަގާފައެއްނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް