Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ކެނެޑާ މެޗު އުނދަގޫ ވާނެ، އެއީ ފައިނަލެއް ކަހަލަ މެޗެއް: ވަލީދު

ކެނެޑާ މެޗު އެއްވަރުކޮށްލައިގެން ވެސް މޮރޮކޯ އަށް ދެ ވަނަ ބުރަށް ދެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 02:03
ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ކޯޗު ވަލީދު

ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި މޮރޮކޯގެ ކޯޗު ވަލީދު

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވާނެ ކަމަށާއި، އެއީ ފައިނަލެއް ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ބުނެފިއެވެ.

ކެނެޑާ މެޗަށް ނުކުންނައިރު ގްރޫޕް އެފްގައި މޮރޮކޯ އޮތީ ދެ ވަނައިގައެވެ. އެއީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިޔާ އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ލިބެނީ ތިން ޕޮއިންޓެވެ. ފުލުގައި ކެނެޑާ އޮތީ ޕޮއިންޓެއް ނުލިބިއެވެ. އެހެންކަމުން ކެނެޑާ މެޗު އެއްވަރުކޮށްލައިގެން ވެސް މޮރޮކޯ އަށް ދެ ވަނަ ބުރަށް ދެވޭނެއެވެ. އެ ޓީމު ބަލިވެއްޖެ ނަމަ، ދެން ޖެހޭނީ ކްރޮއޭޝިޔާ އަދި ބެލްޖިއަމް މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ.

މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން މޮރޮކޯގެ ކޯޗު ވަލީދު ބުނީ، އޭނާ އަށް ހީވާ ގޮތުގައި ކެނެޑާ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް ކަމަށާއި، އެއީ ފައިނަލެއް ކަމަށެވެ. އަދި މޮރޮކޯ އިން ނުކުންނަން ޖެހެނީ އެއްވެސް ކަމެއް ގެއްލެން ނެތް ޓީމަކާ ދެކޮޅަށް ކަމަށެވެ. ވަލީދު ބުނީ ކެނެޑާ މިހާރު ވެސް އޮތީ މުބާރާތުން ކަޓައިފަ ކަމަށާއި، އެހެންކަމުން އެ ޓީމަށް މުހިންމު ވާނީ ޕޮއިންޓަކާއެކު މުބާރާތް ނިންމާލުން ކަމަށެވެ. އޭނާ ބުނީ މޮރޮކޯ ޓީމު އޮތީ ވަރަށް ބޮޑު ހިތްވަރަކާއެކު ކަމަށާއި، ކުޅުންތެރިންނަށް ބޮޑު ރެސްޓެއް ލިބުނު ކަމަށެވެ. އެހުރިހާ ކަމަކާއެކު ވެސް އުނދަގޫ މެޗަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި ކެނެޑާ އަކީ އެ ގްރޫޕްގައި އޮތް ރަނގަޅު ޓީމެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ވަލީދު ބުނީ މޮރޮކޯ ޓީމުން ހާސިލްކުރަން ބޭނުންވަނީ ކޮންކަމެއްކަން އެނގޭ ކަމަށާއި، މޮރޮކޯ ޓީމު މުބާރާތުގައި އޮތް ސަބަބު ވެސް އެނގޭ ކަމަށެވެ. އޭނާ ބުނީ ފަހު މެޗުގައި ރެފްރީގެ އެންމެ ފަހު ކަށިގަނޑު ފުމެންދެން ދެކޭނީ މޮރޮކޯ ޓީމު އަނެއް ބުރަށް ނުދާ ކަމަށާއި، އެއްކަމެއް ވެސް ހާސިލްނުވާ ކަމަށެވެ.

މީގެ އިތުރުން ވަލީދު ބުނީ އަބަދުވެސް ގެންގުޅޭނީ އެންމެ ފުރަތަމަ ޕްލޭން ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މެޗަށް ނުކުންނަނީ މޮޅުވާން ކަަމަށާއި، ކުރިއަށް އޮތް މެޗަށް އެހެން ވިސްނުމެއްގައި ދިޔުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ކެނެޑާ އިން އެމީހުންގެ އަމިއްލަ ތާރީޚެއް ލިޔަން ބޭނުންވާނެ ކަަމަށާއި، އޭނާ ދެކޭ ގޮތުގައި އެމީހުންނަކީ މުބާރާތުގައި އެންމެ ރަނގަޅު ސްކޮޑު އޮތް އެއް ޓީމު ކަމަށެވެ. ވަލީދު ބުނީ ކެނެޑާ ޓީމުގައި މޮޅެތި ކުޅުންތެރިން ތިބި ކަމަށާއި، މޮރޮކޯ މެޗު އެމީހުން ފަސޭހަ ނުކުރާނެ ކަމަށެވެ. އެގޮތުން މުބާރާތް ނިންމާލުމުގެ ކުރިން ކެނެޑާއިން މަދުވެގެން އެއް ޕޮއިންޓު ބޭނުންވާނެކަން ފާހަގަކޮށް ވަލީދު ބުނީ، މޮރޮކޯ އިން އެކަމަށް އިހުތިރާމު ކުރާނެ ކަމަށެވެ.

މުބާރާތުގައި ކެނެޑާ އަދި މޮރޮކޯ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު