Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް އަދި ކާންޔޭގެ ދަރިންގެ ޚަރަދު

ދަރިންގެ ޚަރަދަށް މަހަކު ދެލައްކަ ޑޮލަރު

30 ނޮވެމްބަރު 2022 | ބުދަ 09:45

ދެމީހުން ގުޅިގެން ކުދިންގެ ޚަރަދުތައް ކުރުމަށް އަމުރު ކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 30 ނޮވެމްބަރު 2022 | ބުދަ 09:45
ކިމް ކާޑެޝިއަން އާއި ކާންޔޭ ވެސްޓު

ކިމް ކާޑެޝިއަން އާއި ކާންޔޭ ވެސްޓު | ގެޓީ އިމޭޖަސް

މަޝްހޫރު ރެޕް އާޓިސްޓު ކާންޔޭ ވެސްޓް، އޭނާގެ ކުދިންގެ ޚަރަދުގެ ގޮތުގައި މަހަކު ދެލައްކަ ޑޮލަރު ކުދިންގެ މަންމަ މަޝްހޫރު ރިޔަލިޓީ ޓީވީ ތަރި އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް ކިމް ކާޑެޝިއަން އަށް ދިނުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިދެމީހުން މިހާރު ވަރިވެފައިވާއިރު، އިނދެގެން ލިބިފައި ތިބި ހަތަރު ދަރިން ބެލުމުގެ ޚަރަދުތައް ދެފަރާތުން ކުރާ ގޮތަށް ކޯޓުން ވަނީ ނިންމާފައެވެ.

ވެސްޓް އާއެކު 8 އަހަރު އުޅުމަށް ފަހު 2021 ވަނަ އަހަރު ވަރިވާން ހުށަހަޅާފައިވަނީ ކިމްއެވެ. އެއަށް ފަހު، ކާންޔޭގެ ނަން ހަމަ އެކަނި ޔޭ އަށް ބަދަލު ކޮށްފައިވާކަން ކާންޔޭ ވަނީ އިއުލާންކޮށްފައެވެ. އަދި ދެމީހުން ވަރިވެފައިވަނީ މިއަހަރު މާރޗް މަހުއެވެ.

ޔޭ އަކީ މަޝްހޫރު ބައެއް ބްރޭންޑްތައް އިޝްތިހާރު ކުރުމުގައިވެސް އިސްދައުރެއް އަދާކުރަމުން އައި ފަރާތެކެވެ. ނަމަވެސް އޭނާގެ ފުށުން ފެނުނު ބައެއް ކަހަލަ ނޭދެވޭ ކަންތައްތަކެއްގެ ސަބަބުން އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ޔޭ އާއެކު ވެފައިވާ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

އަންގާރަ ދުވަހު ފައިލުކޮށްފައިވާ ކޯޓު ޑޮކިއުމަންޓު ބުނާ ގޮތުން ޔޭ އަދި ކިމް އަށް ލިބިފައިވާ ކުދިންގެ މުހިންމު ކަންކަމުގައި ދެމީހުން އެކަކު އަނެކަކާ މަޝްވަރާކޮށްގެން ކުރިޔަށް ގެންދިއުމަށާއި ކުދިންގެ ސެކިއުރިޓީއާއި ކިޔެވުމުގެ ޚަރަދުތައް ދެމީހުން ހިއްސާ ކުރުމަށް އަންގާފައިވެއެވެ. މިގޮތުން މަހަކު ދެލައްކަ ޑޮލަރު ދޭން ޔޭ އަށް އަންގާފައިވަނީ ގިނަ ވަގުތު ކުދިން ތިބޭނީ ކިމް ކައިރީގައި ކަމަށް ވާތީއެވެ.

ކާންޔޭ ވެސްޓް ނުވަތަ ޔޭ ވަނީ 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން މިހަފްތާގެ ކުރީ ކޮޅު އިއުލާނުކޮށްފައެވެ.

2020 ވަނަ އަހަރު ވެސް އޭނާ ވަނީ އެމެރިކާގެ ރައީސް ކަމަށް ވާދަކޮށްފައެވެ. ނަމަވެސް ލިބިފައިވަނީ 70 ހާހެއްހާ ވޯޓެވެ.   

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު
30 ޖުލައި 2017

ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް

30 ޖުލައި 2017
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް
21 ޖޫން 2017

ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ

21 ޖޫން 2017
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
27 މެއި 2017

"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު

27 މެއި 2017
"ބޭވޮޗް": ފުރަތަމަ ދުވަހު ލިބުނީ 4.5 މިލިއަން ޑޮލަރު
16 މެއި 2017

ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު

16 މެއި 2017
ޗައިނާ އިން "ޑަންގަލް" އަށް 65 މިލިއަން ޑޮލަރު
04 މެއި 2017

"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ

04 މެއި 2017
"ފޭޓް އޮފް ދަ ފިއުރިއަސް": އެއް ބިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެއްޖެ
15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
28 މާރިޗު 2017

ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި

28 މާރިޗު 2017
ހަތަރު މިލިއަން ޑޮލަރުގެ "ގޯލްޑް ކޮއިން" އެއް ވަގަށް ނަގައިފި
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
16 ޖެނުއަރީ 2017

ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ

16 ޖެނުއަރީ 2017
ޖޮނީ ޑެޕްގެ ކުރީގެ ބިޒްނަސް މެނޭޖަރުންނާ ދެކޮޅަށް 25 މިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް