Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކާންޔޭ ވެސްޓް

ކާންޔޭ މިފަހަރުވެސް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައިފި

26 ނޮވެމްބަރު 2022 | ހޮނިހިރު 03:31

2020ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ނޮވެމްބަރު 2022 | ހޮނިހިރު 03:31
ރެޕް ލަވަކިޔުންތެރިޔާ، ޔޭ

ރެޕް ލަވަކިޔުންތެރިޔާ، ޔޭ

2024ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާކަން، ރެޕް ލަވަ ކިޔުންތެރިޔާ، ކާންޔޭ ވެސްޓް އިއުލާންކޮށްފިއެވެ.

އޭނާ އެކަން އިއުލާންކުރީ ހުކުރު ދުވަހު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ކާންޔޭ ވަނީ, "ޔޭ 24"އާއެކު އޭނާގެ ކެމްޕޭން ލޯގޯ ހިއްސާކޮށްފައެވެ. އޭނާ ވަނީ ދާދި ފަހުން ގާނޫނީ ގޮތުން އޭނާގެ ނަން "ޔޭ"އަށް ބަދަލުކޮށްފައެވެ.

ޔޭ ވަނީ 2020 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. ނަމަވެސް އޭނާއަށް ލިބުނީ އެންމެ 70،000 ވޯޓެވެ.

ޔޭ ބުނެފައިވާ ގޮތުގައި ކުރީގެ އިންތިޚާބުގައި އޭނާގެ ރަނިންގމޭޓަކަށް ވެވަވަޑައިގަތުމަށް ދައުވަތު އެރުވީ އެ ގައުމުގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށެވެ. އެ ދައުވަތާ ގުޅިގެން ޓްރަމްޕް ހައިރާންފުޅުވިކަމަށާއި، އޭނާއަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށްވެސް ޔޭ ހިއްސާކުރި ވީޑިއޯގައި ވަނީ ބުނެފައެވެ.

2024ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވަން ނިންމަވައި ޓްރަމްޕް ވަނީ އެކަން އިއުލާންކުރައްވާފައެވެ.

އެެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ޔޭ އިއުލާންކޮށްފައިވަނީ، އޭނާގެ ބައިވަރު މައްސަލަތަކެއް ފެންމަތިވެ، ގިނަ ބަޔަކު އޭނާއާ ނުރުހުންވެފައި ތިބި ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ދާދިފަހުން ހިޓްލަރަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. މީގެ ސަބަބުން އެމެރިކާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، އޭނާގެ ފެޝަން ބްރޭންޑް، "ޔީޒީ" އާއެކު މަސައްކަތްކުރުންވެސް ބައެއް ބޮޑެތި ބްރޭންުތަކުން ވަނީ ހުއްޓާލާފައެވެ. މީގެ ތެރޭގައި އެޑިޑާސްއާއި ގެޕްއާއި ބެލެންސިއާގާ ފަދަ ނަން މަޝްހޫރު ބްރޭންޑުތައް ހިމެނެއެވެ.

އެޑިޑާސްއިން ވަނީ ދާދި ފަހުން، އެ ކުންފުންފުންޏާއި ޔީޒީ ގުޅިގެން އުފައްދާ ޑިޒައިންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޔޭ އޮރިޔާންކާޑު ދެއްކިކަމަށާއި ގަނާ ކުރާކަމުގެ ތުހުމަތުވެސް ކޮށްފައެވެ. މި މައްސަލަ އެ ކުންފުނިން ބަލަމުން އަންނަކަންވެސް ވަނީ އިއުލާންކޮށްފައެވެ.

އޭނާއަށް ކުރާ ތުހުމަތުތަކާއި ކުންފުނިތަކުން އޭނާއާއެކު މަސައްކަތްކުރުން ހުއްޓާލުމުގެ ސަބަބުން އެއް ދުވަހުން ދެ ބިލިއަން ޑޮލަރުގެ ގެއްލުމެއް ވީކަމަށް ޔޭ ވަނީ ބުނެފައެވެ. ޔޭއަކީ ރެޕް ލަވަކިޔުންތެރިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ބިލިއަނަރެވެ. ނަމަވެސް އޭނާއަށް ލިބުނު ގެއްލުންތަކާއެކު ބިލިއަނަރުގެ ލަގަބުވެސް މިހާރު ވަނީ ގެއްލިފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް