Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑުއްވަރީ ހަރުކަށި ފިކުރު މައްސަލަ

މަޑުއްވަރީ ހަރުކަށި ފިކުރުގެ މައްސަލަ: އޮރިޔާން ކާޑުގެ ދައުވާ ހިމެނޭހެން ހުރިހާ ދައުވާ އަކަށް ކުރީ އިންކާރު

29 ނޮވެމްބަރު 2022 | އަންގާރަ 14:28

އެ ހުރިހާ ދައުވާތަކަށް ވެސް ދައުވާ ލިބޭ ފަރާތްތަކުން ވަނީ އިންކާރުކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ނޮވެމްބަރު 2022 | އަންގާރަ 14:28
މަޑުއްވަރީ އޮޕަރޭޝަން

މަޑުއްވަރީ އޮޕަރޭޝަން

2020 ވަނަ އަހަރު ދީނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތަރު މީހަކަށް ކޮށްފައިވާ ދައުވާތަކަށް އެ މީހުން އިންކާރުކޮށްފިއެވެ.

މި އެންމެންނަކީ ވެސް 2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން މަޑުއްވަރީގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންނެވެ. އެ މީހުންގެ ތެރެއިން 5 މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާތައް އުފުލާފައެވެ. އެގޮތުން އުފުލާފައިވާ ދައުވާތަކުގެ ތަފްސީލަށް ބަލާއިރު، ރ.މަޑުއްވަރޫ، ގުލްއަލާގެ އިބްރާހިމް ޖިހާދު އާއި ހަމަ އެ ރަށު މީރާ، ހަސަން ރާޒީގެ އިތުރުން، ރ.މަޑުއްވަރި، މީޒާން، އާދަމް ސުހައިލް އާއި ހަމައެގޭ އާދަމް ސުހައިލްގެ އިތުރުން ނ. މަނަދޫ، ގަހާ، އިބްރާހީމް ޝިބުނީގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އުފުލާފައެވެ. ސަބަބަކީ ރާއްޖޭގައި ހުރި ރިސޯޓް ފަދަ ތަންތަން ގޮއްވާލަން ހިއްވަރު ދިނުމާއި އިސްލާމިކް ސްޓޭޓަށް ތާއީދުކުރުމެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކަށް ބަލާއިރު ރާޒީ އާއި ސުހައިލް އަދި ޖިހާދުގެ މައްޗަށް، ޓެރަރިސްޓް ޖަމާތަކަށް ތާއީދުކުރާ މީހެއް ކަަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. ސަބަބަކީ އެ މީހުންގެ ފޯނާއި، އިލެކްޓްރޯނިކް ސާމާނުތަކުން ހަރުކަށި ފިކުރަށް ތާއީދުކުރާކަން އަންގާދޭ އެއްޗެހި ފެނުމެވެ. މީގެ އިތުރުން ރާޒީގެ މައްޗަށް އޮރިއާން ކާޑު ގެންގުޅުމުގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރުން ރ ދައުވާ އުފުލާފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަޑު އެހުމުގައި ކުރިއަށް ގެންދިޔައީ އިބްރާހިމް ޝިބްނީ ފިޔަވާ ދެންތިބި މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައެވެ. އޭނާގެ ބައި އެހެން ދުވަހެއްގައި ކުރިއަށް ގެންދިއުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، އޭނާ ޝަރީއަތުގެ އަޑު އެހުމުގައި ބައިވެރިވީ އޮންލައިންކޮށް ކަމަށް ވެފައި އޭނާގެ އަޑު ރަނގަޅަށް ލިބޭ ގޮތް ނުވުމުންނެވެ.

އެ ހުރިހާ ދައުވާތަކަށް ވެސް ދައުވާ ލިބޭ ފަރާތްތަކުން ވަނީ އިންކާރުކޮށްފައެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް ހެކި ވެސް ހުށަހަޅާފައިވެއެވެ. އަންގާރަ ދުވަހުގެ އަޑު އެހުމުގައި އެ ފަރާތްތަކުން ވަނީ އެއްވެސް އިރެއްގައި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށްފައި ނުވާނެ ކަމަށާއި އެފަދަ ކަމަކަށް ތައީދުކުރާ ލިޔުމެއްވެސް ގެންގުޅެފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ރާޒީ އަށް ކުރާ އޮރިރާން ކާޑު ގެންގުޅުމުގެ ދައުވާ އަށް އިންކާރުކޮށް އޭނާގެ ދިފާއީ ވަކީލް ވަނީ އެއްވެސް އިރެއްގައި ރާޒީ އެފަދަ އަމަލެއް ކޮށްފައި ނުވާނެ ކަަމަށް ބުނެފައެވެ.

އަންގާރަ ދުވަހު މި މައްސަލައިގައި ފޯނު އެނަލައިޒް ކުރި ފޮރެންސިކް އެކްސްޕާޓާއި ބަލާ ފާސްކުރި ފަރާތުގެ ހެކިބަސް ވަނީ ނަގާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް