Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޤަތަރު މެޗުގައި ރިސްކެއް ނަގަން ވެންހާލް ބޭނުން ނުވޭ، ފަހަށް ވިސްނަން ޖެހޭ

ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ކުރާ މަސައްކަތުގައި ޑިޕާއީ އަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2022 | އަންގާރަ 02:08
ނެލަދެންޑްސްގެ ކޯޗު ވެންހާލް

ނެލަދެންޑްސްގެ ކޯޗު ވެންހާލް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މުބާރާތް ބާއްވާ ޤައުމު ޤަތަރާ ދެކޮޅަށް ނުކުންނައިރު އެ މެޗުގައި އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށް ނެދަލެންޑްސްގެ ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.

މުބާރާތުގައި ނެދަލެންޑްސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުވެފައެވެ. ޤަތަރާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ނެދަލެންޑްސް އަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނެއެވެ. ޤަތަރު މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން ވެންހާލް ބުނީ ޤަތަރު މެޗުގައި މެމްޕިސް ޑިޕާއި ފުރަތަމަ 11 ގައި ހިމަނާ، ރިސްކު ނަގަން ބޭނުންނުވާ ކަމަށެވެ. ވެންހާލް ބުނީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގައި ޑިޕާއީ އަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި ނެދަލެންޑްސް އަދިވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކަމަށާއި، ނޮކްއައުޓް ބުރަށް ދާއިރު ކޮންމެ މެޗަކީ ވެސް ވަރަށް މުހިންމު މެޗެއް ކަމަށެވެ.

މީގެ އިތުރުން ވެންހާލް ބުނީ ޤަތަރު މެޗުގެ ފުރަތަަމަ 11 ގައި ފޯވާޑް ވިންސެންޓް ޖެންސަން ހިމަނަން ނިންމީ، އޭނާ އަކީ ޓީމު ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ވިންސެންޓް އަކީ ވަރަށް މަތީ ފަންތީގައި ކުޅޭ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހިމަނަން ޖެހުނު ސަބަބަކީ އެއީ ކަމަށެވެ. ވެންހާލް ބުނީ ވިންސެންޓް އޭނާގެ ކުލަބުގައި ވެސް ވަރަށް ގިނަ ލަނޑު ޖަހާ ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ވިންސެންޓް އަކީ ރަނގަޅު "ޗޮއިސް"އެއް ކަމަށެވެ. އަދި ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ބޭނުންނަަމަ، އިދިކޮޅަށް ކޮންމެ ޓީމެއް ޖެހުނު ނަމަވެސް ބަލިކުރެވެން ޖެހޭ ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ބުނީ އިކުއެޑޯ މެޗުގައި ޓީމުގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށެވެ. އޭނާ ބުނީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި ޓީމު އެ މެޗުގައި ދަށް ކަމަށެވެ. އަދި ގޯސްތަކެއް ހެދުނު ނަމަވެސް ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޑި ޔޯން ބުނީ ކޯޗުގެ މަސައްކަތް ވެސް ހުރީ އެމަގުން ކަމަށާއި، މެޗަށް ފޯކަސް އޮތް ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނެދަލެންޑްސް އަދި ޤަތަރު ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
24 މާރިޗު 2017

ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް

24 މާރިޗު 2017
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު