Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

މިސައިލް ހުރިހާ ހިނދަކު ރަޝިއާއިން ހަމަލާދިނުން ހުއްޓައެއް ނުލާނެ: ޒެލެންސްކީ

28 ނޮވެމްބަރު 2022 | ހޯމަ 13:40

މިކަންތައްތަކަށް މުޅި ގައުމު ދަނީ ތައްޔާރުވަމުން ކަމަށާއި ގައުމުގެ ދިފާއީ ބާރު އޮތި ހަމަލާތަކުން ދިފާއުވުމަށް ތައްޔާރަށް ކަމަށް ޒެލެންސްކީ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ނޮވެމްބަރު 2022 | ހޯމަ 13:40
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

އެގައުމުގައި މިސައިލް ހުރިހާ ހިނދަކު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ޔޫކްރެއިންގެ ރައީސް ވަނީ ރަޝިއާއިން އެގައުމަށް އިތުރު ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ އެކަމަށް ދުރާލާ ތައްޔާރުވެ ތިބުމަށް ގޮވާލާފައެވެ. ގައުމުގެ އަސްކަރިއްޔާ އާއި އާންމުން ގުޅިގެން ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތް ކުރުމަށް ޒެލެންސްކީ ވަނީ ގޮވާލާފައެވެ.

ރަޝިއާއަށް ނިސްބަތްކޮށް، ޓެރަރިސްޓުންގެ ލަގަބު ބޭނުން ކުރަމުން ޒެލެންސްކީ ވަނީ ޓެރަރިސްޓުން އިތުރު ހަަމަލާތަކަށް ތައްޔާރުވަމުންދާ ކަމަށާއި އެމީހުންގެ އަތުގައި މިސައިލް ހުރިހާ ހިނދަކު އެމީހުން މަޑުން ނުތިބޭނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ހަފުތާއަކީ ފާއިތުވި ހަފުތާހާ ދަތި އުނދަގޫ ދުވަސްތަކަކަށް ވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި މިކަންތައްތަކަށް މުޅި ގައުމު ދަނީ ތައްޔާރުވަމުން ކަމަށާއި ގައުމުގެ ދިފާއީ ބާރު އޮތީ ހަމަލާތަކުން ދިފާއުވުމަށް ތައްޔާރަށް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރާ ހަމަލާދޭން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަމަލާތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ހަނގުރާމައިގައި ޔޫކްރެއިނަށް ވަނީ އުމްރާނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ

16 އެޕްރީލު 2017
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
06 މާރިޗު 2017

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް