Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިޓްރޮޖަން މެނޭޖްކުރުން

ނައިޓްރޮޖަން މެނޭޖްކުރުމަށް ރާއްޖެއިން ޕޮލިސީތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން ލިބިގެންދާނެ - ނައިބް ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ޙާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ނޮވެމްބަރު 2022 | ހޯމަ 08:06
ނައިބް ރައީސް ފައިސަލް ނަސީމް

ނައިބް ރައީސް ފައިސަލް ނަސީމް

ކަމާބެހޭ ފަންނީ މަޢޫލޫމާތުގެ އަލީގައި ނައިޓްރޮޖެން މެނޭޖްކުރުމަށް ރާއްޖެއިން ޕޮލިސީތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ފެށުމުގެ ގޮތުން ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މޭސިވް އޯޕެން ލާނިންގ ކޯސް" އަދި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓު ނެރެދެއްވާފައެވެ. މި ކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ޙާލަތު ހުރިގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް އެކުލެވިގެންވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، "ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް" (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ އެކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން ޢިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަން އެމަނިކުފާނުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަށް ތަޢުރީފް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޞިނާޢަތްތަކާއި، ވިޔަފާރިތަކަށާއި، ފަރުދުންގެ ޞިއްޙަތާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ވެސް ނުރައްކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުމަށްޓަކައި، އެކި ދާއިރާތަކުން ނައިޓްރޮޖެން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު އޭގައި ނައިޓްރޮޖެން މަދުކުރުމުގެ އަމާޒުތައް ކަނޑައެޅުމާއި ނައިޓްރޮޖެންގެ ޙާލަތު އޮތްގޮތް ދެނެގަތުމާއި މި ޕްލޭންތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެކުނު އޭޝިއާގެ އާބާދީ މިހާރު 2 ބިލިޔަނަށްވުރެ މައްޗަށް ދާއިރު 2050 ވަނަ އަހަރާއި ހަމައަށް އަންނަ އިރު މި ޢަދަދު ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ސަރަޙައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާ އެކު 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގައި އެންމެ ގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށް ވެސް މި ސަރަޙައްދު ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްޤީގެ ކަންކަމުގައި ވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސް.އޭ.އެން.އެޗް.ގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ 8 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު