Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސްޕެއިންއާ ދެކޮޅަށް ޖަރުމަނުން ދެއްކި ކުޅުން، ކޯޗު ފްލިކް ހިތްހަމަޖެހިފައި

މުޅި މެޗުގެ 90 މިނެޓު ކުޅުންތެރިން އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2022 | ހޯމަ 06:38
ޖަރުމަނުގެ ކޯޗު ފްލިކް

ޖަރުމަނުގެ ކޯޗު ފްލިކް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ޖަރުމަނުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

ސެޕެއިން މެޗަށް ކުރިމަތިލީއިރު ޖަރުމަނު ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން ޖަރުމަނަށް ޖެހުނީ ސްޕެއިން އަތުން ބަލިނުވެ ހިފަހައްޓާލާށެވެ. މެޗުގައި ސްޕެއިން އިން ލަނޑެއް ޖަހާފައި ވަނިކޮށް، ޖަރުމަނުން ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ފްލިކް ބުނީ، ސްޕެއިންއާ ދެކޮޅަށް ލަނޑު ޖެހި ނިކްލަސް ފުލްކްރުގް ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. ކުރިއަށް އޮތް ކޮސްޓަރިކާ މެޗުގެ ފުރަތަމަ 11 އިން އޭނާ ފެންނާނެތޯ ސުވާލުކުރުމުން ފްލިކް ބުނީ، އެ ސުވާލަށް ޖަވާބު ދޭން އަދި އަވަސް ކަމަށެވެ. އޭނާ ބުނީ އެކަމާމެދު އެހާ އަވަހަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އޭނާ ދެއްކި ކުޅުމުގެ ވާހަކަ ދައްކަމުން ފްލިކް ބުނީ، ފުލްކްރުގް އަކީ ރަނގަޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ހިތް އޮތީ ރަނގަޅު ތަނުގައި ކަމަށެވެ. ފްލިކް ބުނީ ޖަރުމަނު މުޅި ޓީމު އޭނާއާ މެދު ފަޚުރުވެރިވާ ކަމަށެވެ.

އިތުރަށް ފްލިކް ބުނީ މެޗަށް ނުކުތްއިރު ވެސް ސްޕެއިންގެ ފެންވަރު އެނގޭ ކަމަށެވެ. އޭނާ ބުނީ ސްޕެއިން ޓީމު ކުޅެމުން އަންނަނީ ފުޓުބޯޅަ ކުޅެން ދަންނަ ޓީމެއްގެ ގޮތުގައި ކަމަށާއި، އެ މެޗަކީ ވަރަށް ހައި ލެވެލްގެ މެޗެއް ކަމަށެވެ. ފްލިކް ބުނީ މެޗުގައި ޖަރުމަނުގެ ކުޅުންތެރިންނަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި، ނަމަވެސް ގޯލަށް ބޯޅަ ވައްދާނުލެވުނު ކަމަށެވެ. އަދި ސްޕެއިންގެ މެޗުން ޓީމަށް އިތުރު "ބޫސްޓެއް" ނުވަތަ ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އޭނާ ބުނީ މުޅި މެޗުގެ 90 މިނެޓު ކުޅުންތެރިން އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓި ކަމަށެވެ.

މުބާރާތުގައި ޖަރުމަނަށް ދެން އޮންނާނީ ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު