Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ކެނަޑާ ބަލިކޮށް ކްރޮއޭޝިޔާ އެއްވަނައަށް

ގްރޫޕް ތާވަލުގެ އެއްވަނާގައި ކްރޮއޭޝިޔާ އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ނޮވެމްބަރު 2022 | އާދީއްތަ 18:05
ކެނަޑާ އާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ކެނަޑާ އާއި ކްރޮއޭޝިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގައި ކެނަޑާ ބަލިކޮށް ކްރޮއޭޝިޔާއިން ގްރޫޕް އެފްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކްރޮއޭޝިޔާއިން ކާމިޔާބުކުރީ ކެނަޑާއިން ލަނޑެއް ޖަހާފައިވަނިކޮށެވެ. ކްރޮއޭޝިޔާ މޮޅުވީ 3-1ންނެވެ. ކެނަޑާއިން ވަނީ މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލްފަންސޯ ޑޭވިސްއެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިޔާއިން ވަނީ ދެލަނޑު ޖަހާ ނަތީޖާ އަނބުރާލާފައެވެ. އަންދްރޭ ކްރަމަރިޗްގެ ލަނޑެއް ޖަހާ ކްރޮއޭޝިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު އެޓީމަށް ލީޑު ނަގައިދިނީ މާކޯ ލިވާޔާއެވެ. ކްރޮއޭޝިޔާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހި ކްރަމަރިޗްއެވެ. މެޗުގެ ފަހު ވަގުތުގައި އޯސިޗްގެ އެހީތެރިކަމާއެކު ފަހު ލަނޑު ޖެހީ މަޔާއެވެ.

މިއީ މި ދެޓީމު ބައިނަލްއަގްވާމީ މެޗެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކެނަޑާ ވަނީ ބެލްޖިއަމް އަތުން ބަލިވެފައެވެ. ކްރޮއޭޝިޔާ އާއި މޮރޯކޯ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ގްރޫޕް ތާވަލުގެ އެއްވަނައިގައި ކްރޮއޭޝިޔާ އޮތީ ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލުންނެވެ. ދެވަނައިގައި އޮތް މޮރޯކޯއަށްވެސް ލިބެނީ ދެމެޗުން ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު ފުލުގައި އޮތް ކެނެޑާއަށް ޕޮއިންޓެއް ނުލިބެއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު