Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފެން ބޯންޖެހޭ މިންވަރު

ދުވާލަކު 8 ތަށިފެން އެއީ މާގިނަ މިންވަރަކަށް ވެދާނެ: ސައިންޓިސްޓުން

27 ނޮވެމްބަރު 2022 | އާދީއްތަ 09:18

އެންމެން އެއްވަރަކަށް ފެން ބޯކަށް ނުޖެހޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 27 ނޮވެމްބަރު 2022 | އާދީއްތަ 09:18
ފެން

ފެން

ކޮންމެ މީހަކުވެސް ދުވާލަކު 8 ތަށިފެން ބޯން ޖެހޭކަމަށް އެކި ފަރާތްތަކުން އަބަދުވެސް ނަސޭހަތްތެރި ވެއެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މިއަދަދަށް ކޮންމެހެން ކޮންމެ މީހަކު ފެން ބުއިން ލާޒިމު ނުވެދާނެއެވެ.

އިނގިރޭސި ވިލާތުގެ ޓޮޕް 20، އަދި ދުނިޔޭގެ ޓޮޕް 200 ޔުނިވަރސިޓީގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީ އޮފް އެބަރޑީންގެ ސައިންސިސްޓުން ހޯދާފައިވާ ގޮތުގައި ދުވާލަކު 8 ތަށި ނުވަތަ 2 ލީޓަރު ފެނަކީ ބޯން ޖެހޭ ވަރަށް ވުރެ އިތުރު މިންވަރެކެވެ. ކާއެއްޗެތީގެ ޒަރިއްޔާއިން ވެސް ފެން ހަށިގަނޑަށް އެތެރެވާއިރު ސައިންޓިސްޓުން އަންދާޒާ ކުރާ ގޮތުގައި އެވްރެޖް މީހެއްގެ ހަށިގަނޑަށް އިތުރަށް ދެން ބޭނުންވާނީ ދުވާލަކު 1.5 ނުވަތަ 1.8 ލީޓަރުގެ ފެނެވެ.

އެބަރޑީން ޔުނިވަރސިޓީގެ ސައިންޓިސްޓުންގެ އެންމެ ފަހުގެ ހޯދުންތައް ވަނީ މި ހަފްތާގެ ސައިންސް މަޖައްލާގައި ޝާއިއުކޮށްފައެވެ.

އޭގައިވާގޮތުން ހަށިގަނޑަށް ފެން ބޭނުންވާވަރު ބެލުމަށް މީގެ ކުރިން ހެދުނު ދިރާސާތައް ހަދާފައިވަނީ މަދު އަދަދެއްގެ މީހުން ބޭނުންކޮށްގެންނެވެ. ނަމަވެސް އެބަރޑީންގެ ދިރާސާގައި 23 ތަފާތު ގައުމަކުން 5،604 މީހުންނާއި ކުދިންގެ މައުލޫމާތު އެއްކޮށްފައިވެއެވެ. މިގޮތުން އުފަންވިތާ 8 ދުވަހާ 96 އަހަރާ ދެމެދުގެ އުމުރުގެ މީހުންނާއި ކުދިންގެ މައުލޫމާތު ހޯދާފައިވެއެވެ.

ޔުނިވަރސިޓީ އޮފް އެބަރޑީންގެ ޕްރޮފެސަރ ޖޯން ސްޕީކްމަން ބީބީސީ ރޭޑިއޯގެ "ގުޑްމޯނިންގ ސްކޮޓްލަންޑް" އަށް ވިދާޅުވި ގޮތުގައި ހަށިގަނޑަށް ފެން ބޭނުންވާ ވަރުކަމަށް ފުރަތަމަ އަންދާޒާ ކުރެވުނު މިންވަރު ކަމަށްވާ 2 ލީޓަރަކީ ކުޑަ "މިސް ކެލްކިއުލޭޝަން" އެކެވެ. އޭނާ ވިދާޅުވި ގޮތުގައި ފެނުގެ ގޮތުގައި ބޯންޖެހޭނީ ކާއެއްޗެތީގެ ޒަރިއްޔާއިން ލިބޭ ފެން ހިމެނޭގޮތުން ހަށިގަނޑަށް ބޭނުންވާ ވަރަށެވެ. އޭނާ ވިދާޅުވީ ކާއެއްޗެތިން ފެން ލިބޭ މިންވަރު ބެލުމަށް ކަނީ ކިހާވަރަކަށްތޯ އަހައިގެން އެންމެ ރަނގަޅު ޖަވާބު ނުލިބޭ ކަމަށާއި އެހެނީ ކާ މިންވަރު ބުނާއިރު ވަރަށް ގިނަ ފަހަރު މީހުން ތެދު ނުބުނާ ކަމަށެވެ. އެހެން ކަމުން ކާއެއްޗަކަށް ބިނާކޮށް އިތުރަށް ބޭނުންވާ ފެނުގެ މިންވަރު "އޯވަރ އެސްޓިމޭޓް" ކުރެވޭތަން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް ސައިންޓިސްޓުން ބުނާގޮތުގައި މިހާރު ޚާއްސަ "އައިސޮޓޯޕް" ޓެކްނިކްތައް ބޭނުންކޮށްގެން އަދި އެކި ގައުމުގެ ސައިންޓިސްޓުން ގުޅިގެން މިކަމުގައި ސީދާ ޖަވާބެއް ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން ފެން ބުއިމަށްފަހު ހަށިގަނޑުން ފެން ބޭރުވާ، ނުވަތަ ކުޑަކަމުދެވޭ އަވަސް މިނެއް ބެލުމަށް ވެސް މަސައްކަތްކޮށްފައިވެއެވެ. މިގޮތުން ޓަރންއޯވަރ މަތިނަމަ ހަށިގަނޑަށް ފެންބޭނުންވާ މިންވަރު އިތުރު ވާނެ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ. މިގޮތުން ހޫނު ތަންތަނުގައި އުޅޭ މީހުންނާއި އުސް ހިސާބުތަކުގައި އުޅޭ މީހުންނާއި އެތުލީޓުން، މާބަނޑު މީހުން އަދި ގާތުން ދޭ މައިން ގިނައިން ފެން ބޯން ޖެހޭކަމަށް ސައިންޓިސްޓުން ފާހަގަކުރެއެވެ.

ހަށިގަނޑުގައި ހަކަތަ ވަރުގަދަ ޒުވާނުން ވެސް ފެން ބޭރުކުރާ މިންވަރު އިތުރުކަން އެފަރާތުން ފާހަގަކުރެއެވެ. މިގޮތުން 20 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން އެވްރެޖްކޮށް ދުވާލަކު 4.2 ލީޓަރު ފެން ބޭރު ކުރެއެވެ. އަދި އުމުރު މައްޗަށް ދާ ވަރަކަށް މި އަދަދަށް ބަދަލު އައިސް 90 ގެ އަހަރުތަކަށް އެޅުމުން ދުވާލަކު ފެން ބޭރު ކުރާ މިންވަރު 2.5 ލީޓަރަށް ދަށްވާކަމަށް ބުނެއެވެ.

އަންހެނުންނަށް ބަލާއިރު 20 އަހަރާއި 40 އަހަރާ ދެމެދުގެ އަންހެނުންގެ ދުވާލެއްގެ ފެނުގެ ޓަރންއޯވަރއެއްކަމަށް ރިކޯޑުކޮށްފައިވަނީ 3.3 ލީޓަރެވެ.

ޕްރޮފެސަރ ސްޕީކްމަން ވިދާޅުވި ގޮތުގައި ފެންބޭރުވާ ސީދާ މިނަށް ފެން ބޯކަށް ނުޖެހޭނެއެވެ. ވިއްސަކަށް އަހަރުގެ ޒުވާން ފިރިހެނަކު 4.2 ލީޓަރު ބޭރު ކުރިޔަސް އޭނަ ކޮންމެހެން 4.2 ލީޓަރު ފެން ބޯކަށް ނުޖެހެއެވެ. އަދި އޭނައަށް ބޭނުންވާނީ 3.6 ލީޓަރު ފެން ކަމަށް ވިދާޅުވި އެވެ. އެހެނީ ކާ، ނުވަތަ ކެވޭ ގިނަ ތަކެތީގައި ވެސް ގިނަ އަދަދަކަށް ފެން އެކުލެވޭތީ އެވެ.

ޕްރޮފެސަރ ޖޯން ސްޕީކްމަން ވިދާޅުވީ އެހެންކަމުން ކޮންމެ މީހަކަށް 8 ތަށިފެން ބޭނުންވާކަމަށް ބުނާ ބުނުން އެއީ މި ހޯދުންތަކަށް ބަލާއިރު ތެދެއް ނޫން ކަމުގައެވެ.

މައުލޫމާތު: ބީ.ބީ.ސީ ރިޕޯޓު

އިތުރަށް ކިޔާލަން

25 އެޕްރީލު 2019

މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟

25 އެޕްރީލު 2019
މަސްވެރިކަން އެއީ ދިވެހިންގެ ލޭނާރާއި ގުޅިފައިވާކަމެއް، އެކަމަކު މަސްވެރިންގެ ޝަކުވާއަށް ބީރު ކަންފަތެއް ؟
17 ފެބުރުއަރީ 2019

އެއީ ވިޓްނަސް ސްޓޭޓްމަންޓްތަކެއް - ތަހްގީގީ ރިޕޯޓެއް ނޫން!

17 ފެބުރުއަރީ 2019
އެއީ ވިޓްނަސް ސްޓޭޓްމަންޓްތަކެއް - ތަހްގީގީ ރިޕޯޓެއް ނޫން!
14 ފެބުރުއަރީ 2019

އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!

14 ފެބުރުއަރީ 2019
އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
02 ޖެނުއަރީ 2019

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!
15 އޮކްޓޯބަރު 2018

އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!

15 އޮކްޓޯބަރު 2018
އެއީ ޖާދުލެއް ނޫން، އަސްލު ނަތީޖާ!
30 އޯގަސްޓު 2018

އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!

30 އޯގަސްޓު 2018
އެއީ އަދީބުގެ ވެސް ބްރިޖެއް ނޫން!
26 ނޮވެމްބަރު 2017

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!
03 ނޮވެމްބަރު 2017

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!
07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް