Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

އާޖެންޓީނާއިން ސައުދީ މެޗުގެ ހިތި ފިލުވާލީ ހިތްގައިމު ދެލަނޑުން

އާޖެންޓީނާގެ ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 ނޮވެމްބަރު 2022 | ހޮނިހިރު 21:13
މެކްސިކޯ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

މެކްސިކޯ އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުންވީ ބަލީގެ ހިތި ފިލުވާލައިފިއެވެ.

ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް އާޖެންޓީނާ ވަނީ ދެވަނަ މެޗުގައި މެކްސިކޯގެ މައްޗަށް ކުރި ހޯދާފައެވެ. އާޖެންޓީނާ މޮޅުވީ 2-0ންނެވެ. މެޗުގެ ދެލަނޑުވެސް އާޖެންޓިނާއިން ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނުނީ މެކްސިކޯގެ ފަރާތުންނެވެ. އެޓީމުން މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓުމަށެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ލިއޮނެލް މެސީއެވެ. މިއީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މެސީ ދިން ބޯޅައެއް ޑްރިބްލް ކޮށްލުމަށްފަހު ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒްއެވެ.

މި މެޗާއި ކުރިމަތިލިއިރު އާޖެންޓީނާއަށް އޮތީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުވެފައެވެ. މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އާޖެންޓީނާ އޮތީ ގްރޫޕް ސީގެ ދެވަނަ މަގާމުގައެވެ. އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. އާޖެންޓީނާ އަތުން ފުރަތަމަ މެޗުގައި މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނާގައި ސައުދީ އޮތްއިރު ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ މެޗުން ބަލިވި މެކްސިކޯއެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!

14 އޯގަސްޓު 2017
ރޮނާލްޑޯ އަށް 12 މެޗުގެ ސަސްޕެންޝަނެއް އައުން ގާތް!
18 ޖުލައި 2017

މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!

18 ޖުލައި 2017
މިރޭ ނިކުންނަ ބޮޑު މެޗުގެ ކުރިން ނިޒާމްބެ އަދި ސުޒެއިންގެ ބަސް މިއޮތީ!
09 ޖޫން 2017

ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!

09 ޖޫން 2017
ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!
25 މެއި 2017

ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން

25 މެއި 2017
ގަދަ ހަތަރަކަށް އަރަން ޔޫވީ މެޗުގެ ތިން ޕޮއިންޓް ވިކްޓްރީއަށް މަޖުބޫރު: ސުޒެއިން
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު