Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން

ދާދި ފަހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން - މާރިޔާ

ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގަ، ޓެކްނޮލޮޖީ އާއި މީސްމީޑިއާގެ ބޭނުންކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 ނޮވެމްބަރު 2022 | ހުކުރު 13:34
މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ

ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ދިވެހި ސިފައިން ގެ ޚިދުމަތް ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި ޤާއިމްކުރެވުނުތާ 29 އަހަރު ފުރުން ފާހަގަކުރުމަށް އައްޑޫސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިނިސްޓަރ ވަނީ ހަރުކަށި ފިކުރު ފެތުރުރުނަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މުޖުތަމަޢުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެންތިބެ ކެނޑިނޭޅި އެމަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޢާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަޙައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މަޢުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ޙަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން މިޤާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުޑަ، ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިޤްތިޞާދެއް އޮތް ޤައުމެއްގައި، މިފަދަ ޙާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ނޭއްގާނީ ވިސްނުމުގެ މީހުން އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބަރ ނުވަތަ އިންފޮމޭޝަން ޑޮމޭންގަ، ޓެކްނޮލޮޖީ އާއި މީސްމީޑިއާގެ ބޭނުންކޮށްގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދިވެހި ސިފައިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި ޤާއިމްކުރެވުނުތާ މިދިޔަ އޮކްޓޯބަރު 6 ކަށް އޮނަތިރީސް އަހަރު ފުރި 30 އަހަރު ގުނަމުންދާ އިރު މިއީ ސިފައިންގެ އެންމެ ދުވަސްވީ އެއް އޮޕަރޭޝަނަލް ޔުނިޓްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަދަން އޭރިއާ ކޮމާންޑަކީ މާލެ ސަރަޙައްދުން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އޭރިއާ ކޮމާންޑް ކަން ފާހަގަކޮށްލެވެއެވެ. މިނިސްޓަރ މާރިޔާ ވަނީ ބައިނަލްއަޤްވާމީ ގޮތުންވެސް ސަދަން އޭރިއާ ކޮމާންޑްގެ އިޙުތިޞޯސްގައި ހިމެނޭ ސަރަޙައްދުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި

09 އެޕްރީލު 2017
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި
28 މާރިޗު 2017

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

28 މާރިޗު 2017
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު