Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ސައުދީގެ ފޯވާޑް ޞާލިހުގެ މެސެޖެއް: ކުރިއަށް އަދި އޮތީ!

މަތީ ފަންތީގައި ކުޅޭ އިރު އަބަދުވެސް ޕްރެޝަރު އޮންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ނޮވެމްބަރު 2022 | ހުކުރު 02:22
ޞާލިހު އަލްޝެހްރީ

ޞާލިހު އަލްޝެހްރީ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ގަދަ ބާރު އާޖެންޓީނާ ބަލިކުރުމަށްފަހު ސައުދީ އަރަބިޔާގެ ޞާލިހު އަލްޝެހްރީ ވަރުގަދަ މެސެޖެއް ދީފައެވެ.

ސައުދީގެ ފުރަތަމަ މެޗުގައި އެ ޤައުމުން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ ބަލިކޮށްފައެވެ. އެއީ އެ މެޗުގައި އާޖެންޓީނާ އިން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

އޭގެ ފަހުން ސައުދީން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެގައި އޭނާ ދިން ވީޑިއޯ މެސެޖެއްގައި ބުނީ، ކޮންމެ މެޗެއްގައި ވެސް ޕްރެޝަރު އޮންނާނެ ކަމަށާއި، އޮންނާނީ ވަކި ވަރަކަށް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ މެޗުގައި ޕްރެޝަރު ކޮންޓްރޯލްކޮށް ސައުދީން ކުޅުނީ ރަނގަޅަށް ކަމަށެވެ. އަދި އެ މެޗު މިހާރު ނިމިއްޖެ ކަމަށާއި، ދެން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން ކަމަށެވެ. އޭނާ ބުނީ މިހާރުގެ މަސައްކަތަކީ ޕޮލޭންޑު މެޗަށް ތައްޔާރުވުން ކަމަށާއި، މަތީ ފަންތީގައި ކުޅޭ އިރު އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ ޤައުމެއްގެ ހައިސިއްޔަތުން ސައުދީން ވެސް ބޭނުންވަނީ މަތީ ފަންތީގެ ޓީމުތަކާ ދެކޮޅަށް ކުޅެން ކަމަށެވެ. އޭނާ ބުނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ސައުދީ އަށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ވަރަށް ބުރަކޮށް މަސައްކަތްކޮށް، އޭގެ ފަހުން މި އަހަރު ޤަތަރަށް ގޮސް އެމީހުންނަށް ތާރީޚު ލިޔެވިއްޖެ ކަމަށެވެ. ނިންމާލަމުން އޭނާ ބުނީ ކުރިއަށް އަދި އޮތީ ކަމަށެވެ.

މުބާރާތުގައި ސައުދީ އަށް ދެން އޮތީ ޕޮލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ

27 އެޕްރީލު 2017
ކުރިއަށް އޮތް ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރަނީ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
12 އެޕްރީލު 2017

ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ

12 އެޕްރީލު 2017
ލީގުގައި ކުރިއަށްދާން ބޭނުންނަމަ ޔޫވީ އަތުން މޮޅުވާންޖެހޭ: ސޮބާ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
03 އެޕްރީލު 2017

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު