Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް

ޝެންގެން ވިސާގެ ލުއިތަކާއި މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުން އީޔޫއާ މަޝްވަރާކޮށްފި

އިޓަލީވިލާތުން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސެވުމުން މިހާރު ރާއްޖެއިން ޔޫރަޕުގެ ފަސް ގަޢުމެއްގެ ޝެންގެން ވިސާ ލިބިގެން ދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2022 | ބުރާސްފަތި 09:13
މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ ތެރެއިން

މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ ތެރެއިން

ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށާއި، ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މާލޭގައި އިއްޔެ ބޭއްވި "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގެ ހަވަނަ ބައްދަލުގައި މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެއާއި އީޔޫގެ އެންމެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ ވެރިއަކަށް ހުންނެވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. މިނިސްޓަރ ޝާހިދުގެ އިތުރުން ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގެންނެވީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމާއި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާއާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީ އިބްރާހިމް ހޫދު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ނާއިބު ޚަދީޖާ ޝަބީން އަދި އިކޮނޮމިކް މިނިސްޓްރީގެ ނާއިބު ރިޔާޒް މަންސޫރެެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ފައިދާކުރުވަނިވި އެކިދާއިރާތަކުން އީޔޫއާއެކު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އީޔޫ ވަފުދުގެ ވެރިއަކަށް ހުންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އެވެ. އެމަނިކުފާނުގެ އިތުރުން އީޔޫގެ ވަފުދުގައި ހިމެނި ވަޑައިގެންނެވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަރ އާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތަރ އާއި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާރބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ އެވެ. ފޮރިންމިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އިޓަލީވިލާތަށް ދަތުރުކުރާ ދިވެހިންނަށް މާލެއިން ޝެންގެން ވިސާ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ.

އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އިއްޔެ ވިދާޅުވީ، ރާއްޖޭގައި 2020 ވަނައަހަރު ގާއިމުކޮށްފައިވާ "ވިސާ ފެސިލިޓޭޝަން ސަރވިސް ސެންޓަރ" (ވީއެފްއެސް) މެދުވެރިކޮށް އިޓަލީއަށް ދާން ދޫކުރާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އިޓަލީވިލާތުން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސެވުމުން މިހާރު ރާއްޖެއިން ޔޫރަޕުގެ ފަސް ގަޢުމެއްގެ ޝެންގެން ވިސާ ލިބިގެން ދާނެއެވެ. އެއީ ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކު، އޮސްޓަރިޔާއާއި ހަންގޭރީ އަދި އެންމެ ފަހުން ހަމަޖެހުނު އިޓަލީ ވިލާތެވެ.

އީޔޫއާ އެކު ބޭއްވި މަޝްވަރާތަކުގައި މައިގަނޑު ފަސް ކަމެއްގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. އެއީ،ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުމަށާއި ތިމާވެށި އަދި މޫސުމީ ބަދަލު ތަކާބެހޭ ގޮތުންނާއި ޝެންގެން ވިސާއާ ބެހޭ ގޮތުންނެވެ.

އީޔޫގެ 17 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ވަފުދުގެ ވެރިޔާ، މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޮށްފައިވާ މުހިއްމު ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި، އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓުގެ ކޯޓާއެއް ކަނޑައެޅުމާއި، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ހެއްކާ ބެހޭ ގާނޫނު ވުޖޫދުކޮށް، އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަން ހިނގާ، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާއި އެ ޖަމާއަތުގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ގެ ދައުރަށް ރާއްޖެއިން އިންތިހާބުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަނީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އަދި އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ތައުރީފްކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް އެއިންތިޚާބު ވެސް ރާއްޖެއިން ކާމިޔާބުކޮށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ހޯދާފަ އެވެ. އެހެން ކަމުން އެކާމިޔާބީއަށް ވެސް ޑެނިސް މަރުޙަބާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާ ކަމަށެވެ. އެގޮތުން ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނައިރު، އެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މުހިއްމުކަން ސަފީރު ފާހަގަކުރެއްވިއެވެ.

އީޔޫގެ ވަފުދުންވަނީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އެކި ދާއިރާތަކުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން އދ.ގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރި އިސްދައުރު އެބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ވަނަ ދައުރުގެ މެމްބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާތީ އީޔޫގެ ވަފުދުންވަނީ އެކަމަށް ވެސް މަރުޙަބާ ވިދާޅުވެފައެވެ. އަދި އީޔޫއިން ވަނީ ހުޅަނގުގެ ޤައުމުތަކާއި އޭޝިއާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަދާކުރާ މުހިއްމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިތުރަށް މަސައްކަތް ކުރައްވާނެކަމުގައި އީޔޫގެ ވަފުދުންވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި އީޔޫގެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަދާއިގެންނެވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އީޔޫއިން ރާއްޖެ-ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު