Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް އަށް އަންނަ ބަދަލުތައް

ޓެކްސް ބޮޑުވާ ވަގުތަށް ސަމާލުވުމަށް މީރާއިން އެދިއްޖެ

24 ގަޑިއިރު ހުޅުވާފައި ހުންނަ ވިޔަފާރިތަކުން 12 ގެ ފަހުން ބޮޑުކުރި ޓެކްސްއާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ސަމާލުވުމަށް ވަނީ އެދިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ނޮވެމްބަރު 2022 | ބުދަ 03:26
މީރާ - ބޮޑުވާ ޓެކްސްއަށް ސަމާލުވުމަށް ވަނީ އެދިފައި

މީރާ - ބޮޑުވާ ޓެކްސްއަށް ސަމާލުވުމަށް ވަނީ އެދިފައި

ޓެކްސް ބޮޑުވާ ވަގުތަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މީރާއިން ބުނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް 16 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް 8( އިންސައްތައަށް ބަދަލުވާނެ ކަމަށެވެ. މި ގޮތުން، 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީޚުގެ ފަހުން، ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންވާނީ އައު ރޭޓުތަކުގައި ކަމަށް މީރާއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެހެންކަމުން 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނެފައިވަނީ ރަަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 12:00ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 12އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 6 އިންސައްތައިގެ ރޭޓުންނެވެ. އަދި 1 ޖަނަވަރީ 2023ގެ 12:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 16 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8 އިންސައްތައިގެ ރޭޓުންނެވެ.

އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން ކަމަށް މީރާއިން ވަނީ ބުނެފައެވެ. މީރާއިން ބުނީ މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ mv.gov.mira@1415 އަށް އީމޭލްކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
10 މާރިޗު 2017

ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

10 މާރިޗު 2017
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
16 ފެބުރުއަރީ 2017

ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

16 ފެބުރުއަރީ 2017
ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު