Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

އާޖެންޓީނާ މެޗުގެ ނަތީޖާ އިން ބުނެދެނީ ފަސޭހަ ޓީމެއް ނެތް ކަން: ޑަލިކް

22 ނޮވެމްބަރު 2022 | އަންގާރަ 20:42

ކްރޮއޭޝިޔާއާއި މޮރޮކޯ ވާދަކުރާ މެޗު ފަށާނީ 15:00 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ނޮވެމްބަރު 2022 | އަންގާރަ 20:42
ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ކްރޮއޭޝިއާގެ ކޯޗު ޑަލިކް

ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރި މެޗުގެ ނަތީޖާ އިން ވެސް ބުނެދެނީ މުބާރާތުގައި ފަސޭހަ ޓީމެއް ނެތްކަމަށް ކްރޮއޭޝިއާގެ ކޯޗު ލަކްޓޯ ޑަލިކް ބުނެފިއެވެ.

ޑަލިކް މިހެން ބުނީ މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭކުގައި ކްރޮއޭޝިއާގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އަންގާރަ ދުވަހު ފެނުނީ ސައުދީން އާޖެންޓީނާ ބަލިކުރި މަންޒަރު ކަމަށެވެ. މީގެ އިތުރުން ޓިއުނީޝިޔާ އާއި ޑެންމާކުގެ މެޗު އެއްވަރުވެގެން ނިމުނު މަންޒަރު ކަމަށެވެ. ޑަލިކް ބުނީ އެ ނަތީޖާ އިން ބުނެދެނީ މުބާރާތުގައި ވާދަކުރަން ޖެހޭ އިދިކޮޅު ޓީމަކީ ފަސޭހަ ޓީމަކަށް ނުވާނެކަމެވެ. އޭނާ ބުނީ މޮރޮކޯއާ ދެކޮޅަށް ނިކުންނަ މެޗު ފަސޭހަ ނުކުރާނެ ކަމަށާއި، ތައްޔާރުވާނީ ވަރަށް ޓަފް މެޗަކަށް ކަމަށެވެ.

މީގެ އިތުރުން ޑަލިކް ބުނީ މޮރޮކޯ ޓީމާއި، ޓީމުގެ ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށެވެ. އޭނާ ބުނީ މޮރޮކޯގެ ފުޓުބޯޅަ ހުނަރާއި ކުޅުނުން ކްރޮއޭޝިއާ އަށް މެޗު އުނދަގޫ ވާނެ ކަމަށެވެ. އެކަން ފާހަގަކުރަމުން އޭނާ ބުނީ ހުރިހާ ޓީމަކުން ވެސް ތައްޔާރުވަނީ ވަރަށް ފުރިހަމަ އަށް ކަމަށާއި، ކުޅުން ވެސް ވަރަށް މޮޅު ކަމަށާއި، ނަތީޖާ ވެސް އަންނަނީ ހައިރާންވާ ފަދަ ގޮތަކަަށް ކަމަށެވެ. އޭނާ ބުނީ ކްރޮއޭޝިއާ އިން ކޮންމެ މެޗަކަށް ނިކުންނާނީ، ޚާއްސަކޮށް މޮރޮކޯއާ ދެކޮޅަށް ނިކުންނާނީ ރަނގަޅަށް ތައްޔާރުވެ، އިދިކޮޅު ޓީމަށް އިހުތިރާމްކޮށްގެން ކަމަށެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނީ ހަތަރު ވަނަ ވޯލްޑް ކަޕަށް ކުރިމަތިލާއިރު އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އޭނާ ބުނީ ވަރުގަދަ، އަދި ވާދަވެރި މުބާރާތުގައި ކްރޮއޭޝިއާ ލީޑު ކުރަން އޭނާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އޭޏާ ބުނީ ޤަތަރަށް އައި ފަހުން ފާއިތުވި ފަސް ވަރަކަށް ދުވަހު ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭނާ ބުނީ މުޅި ޓީމު އޮތީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، މެޗަށް ކުރިމަތިލާން ކެތްމަދުވެފައި ތިބި ކަމަށެވެ.

ގްރޫޕް އެފް ގައި ކްރޮއޭޝިއާ އިން މޮރޮކޯއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް