Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2022

ޖަރުމަނުގެ ކޯޗު ފްލިކް ހުރީ މޮޅަކާއެކު މުބާރާތް ފެށުމުގެ އުއްމީދުގައި

ޖަރުމަނާއި ޖަޕާން ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 20:37
ޕޮލޭންޑާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޕޮލޭންޑާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ކުރިމަތިލާއިރު އުންމީދަކީ މެޗުން މޮޅުވެ، މޮޅަކާއެކު މުބާރާތް ފެށުން ކަމަށް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

ބުދަ ދުވަހު ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ފްލިކް ބުނީ ޖަރުމަނުން އޮތީ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނީ މެޗުގެ ކުރިން އަންގާރަ ދުވަހު ކުރިއަށް ގެންދެވުނު ފައިނަލް ފަރިތަކުރުންތައް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ އެއީ ޖަރުމަނުން ބޭނުންވާ ގޮތް ކަމަށާއި، އެ މީހުން ބޭނުންވަނީ މިސާލު ދައްކަން ކަމަށެވެ. އޭނާ ބުނީ ފަރިތަކުރުންތަކުގައި ކުރިއަށް ގެންދިޔަ ކަންކަމުގެ ބޭނުން ފުރަތަމަ މެޗުގައި ހިފުމަކީ ބޭނުންވާ ގޮތް ކަމަށެވެ. ފްލިކް ބުނީ މުބާރާތަށް އައި އިރު ބޭނުމަކީ މޮޅުވުން ކަމަށާއި، އެހެންކަމުން ފުރަތަމަ މެޗުން މޮޅުވުމުގެ އުންމީދުގައި ހުރި ކަމަށެވެ.

މި ޕްރެސްގައި ފްލިކް ވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދުކުރާ ކެޕްޓަން ބޭންޑު ނޭޅުމަށް ނިންމި ނިންމުމަށް ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެ ނިންމުމުގެ ސަބަބުން ޓީމު އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި، "ޝޮކެއް" ގައި ކަމަށެވެ. އޭނާ ބުނީ އެ ބޭންޑު އަޅަން އެ މީހުން ނިންމީ އޭގެން އިންސާނިއްޔަތުކަން ރަމްޒުކޮށްދޭތީ ކަމަށެވެ. ޖަރުމަނަކީ އެ ބޭންޑު އަޅަން ނިންމިި ހަތް ޤައުމުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ނަމަވެސް ޤަތަރުގެ އިންޒާރުތަކުގެ ސަބަބުން އެ މީހުން ވެސް ވަނީ އެ ބޭންޑު ނާޅަން ނިންމާފައެވެ.

މީގެ އިތުރުން ފްލިކް ވަނީ ޖަރުމަނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުލާއާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެންމެ ފަހުގެ ފަރިތަކުތުންތަކުގައި މުލާ ބައިވެރިވިކަމަށާއި، އޭނާގެ ވަަރަށް ރަނގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ފްލިކް ބުނީ މުލާއާ މެދު އެނާ އުފާވާ ކަމަަށެވެ.

ފްލިކް ބުނީ އޭނާ އަކީ ޖަޕާނުގެ ފުޓުބޯޅަ ސަޕޯޓަރެއް ކަމަށް ބުނަންނ ބޭނުންވާ ކަމަށެވެ. ފްލިކް ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޖަޕާނަކީ ޓެކްޓިކަލީ އަދި ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ޤައުމެއް ކަމަށެވެ. އޭނާ ބުނީ ޖަރުމަނު ލީގުގެ ބައެއް ޓީމުތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ފެންނަ ކަމަށާއި، ޖަޕާނާ ދެކޮޅަށް އޮތީ ވަރަށް ބޮޑު ޓާސްކެއް ކަމަށެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖަރުމަނުގެ މިޑްފީލްޑަރު ހޯޝުއާ ކިމިޗް ބުނީ، މުބާރާތަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ކަހަލަ ބޮޑު މުބާރާތެއްގައި ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަަމަށާއި، މިހާރު ބޭނުންވަނީ ފުރަތަމަ މެޗުން މޮޅުވެ އިތުބާރާއެކު ކުރިއަށް ދާން ކަމަށެވެ.

ގްރޫޕް އީ ގައި ޖަރުމަނާ ޖަޕާން ބައްދަލު ކުރާ މެޗު އޮންނާނީ ބުދަ ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު