Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

ތެދުވެ މަސައްކަތް ކުރާނީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރަން- ސްކަލޯނީ

ސްކަލޯނީ ބުނީ މުބާރާތް ފަށަން ޖެހުނީ ރަނގަޅު ނަތީޖާއަކާ އެކު ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ނޮވެމްބަރު 2022 | އަންގާރަ 20:32
އާޖެންޓީނާގެ ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ސްކަލޯނީ

ސައޫދީ އަރަބިޔާ އަތުން ބަލިވުމުން, ތެދުވެ މަސައްކަތް ކުރާނީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރަން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަތުން ބަލިވެ އާޖެންޓީނާއަށް ވަނީ އެ ޓީމު ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން އެ ޤައުމަށް ވަނީ އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ، ސައުދީގެ ކުޅުން އެނގޭ ކަމަށެވެ. އެހެންކަމުން މެޗަށް ތައްޔާރުވީ ސައުދީން ޑިފެންސް ކުރާނެ ކަމަށް ވިސްނައިގެން ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ އިން ޖެހި ލަނޑުތައް އޮފްސައިޑުވީ މިލިމީޓަރެއްހާ ހިސާބުން ކަމަށެވެ.

ސްކަލޯނީ ބުނީ މުބާރާތް ފަށަން ޖެހުނީ ރަނގަޅު ނަތީޖާއަކާއެކު ނޫން ކަމަށެވެ. ނަމަވެސް ފުޓުބޯޅަ އަކީ އެކަހަލަ ކަމެއްކަން ފާހަގަކުރަމުން ސްކަލޯނީ ބުނީ، ވަރލްޑް ކަޕަކީވެސް ތަފާތު މުބާރާތެއް ކަމަށެވެ. ސްކަލޯނީ ބުނީ މެޗުން ލިބުނީ ބައްޔެއް ކަމަށް ޤަބޫލު ކުރާކަމަށާއި، ނަމަވެސް ތެދުވެ ކުރިއަށް ދާން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ދެން މަސައްކަތް ކުރާނީ ހެދުނު ގޯސްތައް ރަނގަޅުކޮށް، ކުރިއަށް އޮތް މެޗު ކާމިޔާބު ކުރަން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ސްކަލޯނީ ބުނީ މުބާރާތުގައި ކުރިއަށް ދެ މެޗު އެބަ އޮތް ކަމަށާއި، އެ ދެ މެޗައިގެން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. މުބާރާތުގައި އާޖެންޓީނާއަށް ދެން އޮތީ މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗާއި، ޕޮލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ. މި މަހުގެ 27 ވަނަ ދުވަހު އާޖެންޓީނާ އިން މެކްސިކޯއާ ދެކޮޅަށް ނިކުންނައިރު، ޕޮލޭންޑާ ދެކޮޅަށް ނިކުންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު