Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމިޓީތަކަށް ބަދަލު އައުން

ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމުން ކޮމިޓީތަކުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ބަދަލުތަކެއް

މިބަދަލުތައް ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2022 | އަންގާރަ 11:46
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އަމިއްލަ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެމްބަރ ސަޢުދު ޙުސައިން އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެން ކޮމިޓީތަކުގައި ހިމެނޭ މެމްބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 66ށް އަރާފައެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުންގެ ނިސްބަތަށް އަންނަ ބަދަލު ފާސްކުރަންޖެހެއެވެ.

އެގޮތުން މިހާރު ކޮމިޓީތަކަށް ގެނެސްފައިވާ ބަދަލަކީ ޖުޑީޝަރީ ކޮމިޓީ ގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ކަނޑައަޅާފައިވާ ސްލޮޓް އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވަކި ޕާޓީއކަށް ނިސްބަތްނުވާ މެމްބަރުންގެ ސްލޮޓަކީ އެމްޑީޕީއަށް ކަނޑައަޅާފައިވާ ސްލޮޓެއްކަމަށް ހަމަޖައްސާ އެ ދެ ކޮމިޓީއަށް ވެސް ސައުދު ހަމަޖެއްސުމެވެ.

މީގެއިތުރުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަށް ދެ ސްލޮޓް އިތުރުކޮށް އެ ސްލޮޓަކީ އެމްޑީޕީގެ ދެ ސްލޮޓް ކަމުގައި ހަމަޖެއްސުމެވެ. މިއާއެކު ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް އަލިފުށީ ދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ޙުސައިން އާއި ވިލިނގިލި ދާއިރާގެ މެމްބަރ ސައުދު ހުސައިން ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް އެވެ.

މިރިޕޯޓް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އަގްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މިހާރު މަޖިލީހުގައި މެމްބަރުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގޮތަކީ އެމްޑީޕީގެ 66 މެމްބަރުން، ޖޭޕީގެ 3 މެމްބަރުން ޕީޕީއެމްގެ 6 މެމްބަރުން، ޕީއެންސީގެ 3 މެމްބަރުން، އެމްޑީއޭގެ 2 މެމްބަރުން، އެމްއެންޕީގެ 3 މެމްބަރުން އަދި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 4 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު