Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސްލަމް ގާނޫނާއި ޚިލާފުވި މައްސަލަ

އަސްލަމް ގާނޫނާއި ޚިލާފުވި މައްސަލައިގައި ކަންބޮޑުވުން އެބައޮތް، އެކަން ބެލުމަށް އެދެން: ނަޝީދު

ގަވާއިދު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ނޮވެމްބަރު 2022 | އަންގާރަ 08:15
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު" އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެކަން މިނިސްޓްރީއަށް އަންގާފައިވީނަމަވެސް މިއަދާ ހަމައަށްވެސް އެގަވާއިދު ގެޒެޓްކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް ވަނީ ގަވާއިދު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށް އެކަމުގެ ބަހުސް ކުރިޔަށްގެންދަވާފައެވެ. ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތްކުރުމުގެ ގަވާއިދު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައެވެ. ނަމަވެސް އެ ގަވާއިދު ގެޒެޓްކޮށްފައިނުވާތީ އެކަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނުގައި ވަރަށް ސާފުކޮށް އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި އޮންނަކަމަށެވެ. އެނޫންގޮތަކަށް އަމަލުކުރުމަށް ގާނޫނުން ސަރުކާރަށް ތަންނުދޭކަމަށް ނަޝީދު ވިދާޅުވިއެވެ. ގާނޫނުގައި ބުނާގޮތަށް އަމަލުނުކުރުމަކީ ގާނޫނާއި ޚިލާފުވުންކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމާއި އެކަމާއި ގުޅޭގޮތުން ޝަރީޢަތަށް ވަޑައިގަތުމަށް ނުވަތަ މެންބަރުން ބޭނުންފުޅުވާގޮތަކަށް ނިންމެވިދާނެކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށްވާއިރު ވަޒީރަކީވެސް އެމްޑީޕީ ވަޒީރެއްކަމަށާއި އެހެންކަމުން ކަންކަން ފަސޭހައިން ކުރިޔަށް ގެންދިޔުމުގެ މަގު ތަނަވަސްވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

މިކަން ދިރާސާކުރި ކޮމިޓީން ނިންމާފައިވަނީ ރިޕޯޓް ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ގަވާއިދު ގެޒެޓްކުރުމަށް ހައުސިންގ މިނިސްޓްރީއަށް އެންގުމަށެވެ.

ރައީސް ނަޝީދުމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު