Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ގްރޫޕް ސްޓޭޖު ނިމި ޤައުމަށް ދާން ޖެހޭ 16 ޤައުމުގެ ތެރޭގައި ޕޮލޭންޑް ވާކަށް ބޭނުމެއް ނޫން: މިކްނިއޭވިޗް

އޭނާ ބުނީ ޕޮލޭންޑު ޓީމު ދާން ބޭނުންވާ ހިސާބު އޭނާ އަށް ބުނެވިދާނެ ކަމަށާއި، ނަމަވެސް ދާނެ ވަކި ހިސާބެއް ބުނަން ނޭންގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 11:21
ޕޮލޭންޑު ޓީމުގެ ކޯޗު މިކްނިއޭވިޗް

ޕޮލޭންޑު ޓީމުގެ ކޯޗު މިކްނިއޭވިޗް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ޤައުމަށް ދާން ޖެހޭ 16 ޤައުމުގެ ތެރޭގައި ޕޮލޭންޑް ހިމެނެން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޗެސްލޯ މިކްނިއޭވިޗް ބުނެފިއެވެ.

މިކްނިއޭވިޗް މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މުބާރާތުގައި ފުރަތަމަ ކަަމަކީ ގްރޫޕް ސްޓޭޖު ފަހަނައަޅާ ގަދަ 16 އަށް ދަތުރުކުރުން ކަމަށެވެ. އޭނާ ބުނީ ގްރޫޕް ސީ ގައި މެކްސިކޯ، އާޖެންޓީނާ އަދި ސައުދީ އަރަބިއްޔާ އަކީ ވެސް ވަރަށް މޮޅު ޓީމުތަށް ކަމަށެވެ. އޭނާ ބުނީ ގަދަ 16 އަށް ދަތުރުނުކޮށް، ގްރޫޕް ސްޓޭޖުން މުބާރާތް ނިންމާލަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އެކަން ބިނާވެ އޮންނާނީ ޕޮލޭންޑުން ހޯދާ ޕޮއިންޓުގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ.

މިކްނިއޭވިޗް ބުނީ ޕޮލޭންޑު ޓީމުގައި ތިބީ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނަކީ ބޮޑެތި މުބާރާތްތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިން ކަމަށެވެ. ހަމައެއާކު ޓީމުގައި ވަރަށް ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އެ ކުޅުންތެރިން ތަޖުރިބާ ކުރާނެ ފުރަތަމަ ބޮޑު މުބާރާތް ކަމަށް ވެސް މިކްނިއޭވިޗް ވަނީ ބުނެފައެވެ. އޭނާ ބުނީ އެ ދެބައި ހިމެނޭހެން ޕޮލޭންޑު ޓީމު ބިނާވެފައި އޮތުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މީގެ އިތުރުން މިކްނިއޭވިޗް ބުނީ ބޭނުންވަނީ ޕޮލޭންޑު ޓީމަށް ދެވެން އޮތް އެންމެ ދުރަށް ދާން ކަމަށެވެ. އޭނާ ބުނީ ޕޮލޭންޑު ޓީމު ދާން ބޭނުންވާ ހިސާބު އޭނާ އަށް ބުނެވިދާނެ ކަމަށާއި، ނަމަވެސް ދާނެ ވަކި ހިސާބެއް ބުނަން ނޭންގޭ ކަމަށެވެ.

ގްރޫޕް ސީގައި ޕޮލޭންޑާއި މެކްސިކޯ ބައްދަލު ކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022މެކްސިކޯމިކްނިއޭވިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު