Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6 ހަމަލާ

މެއި 6 ހަމަލާގެ ޝަރީއަތް ދިގުލައިގެންދާ ސަބަބު ޖުޑީޝަރީ ކޮމިޓީން ސާފުކުރަނީ

ޖުޑީޝަރީ ކޮމިޓީން ވަނީ އައްބާސް ފާއިޒާ ބައްދަލުކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ނޮވެމްބަރު 2022 | ހޯމަ 11:33
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ

މެއި 6ގެ ހަމަލާގެ ޝަރީއަތް އެކަށީގެންވާ އަވަސް މިނެއްގައި ނުހިނގާ ސަބަބު ކްރިމިނަލް ކޯޓުން ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ހޯމަ ދުވަހު ވަނީ މި މައްސަލަ ވިލަރެސް ކުރުމަށް ކަނޑައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު، މިސްޓަރ ޢައްބާސް ފާއިޒްއާ ބައްދަލުކުރައްވާފައެވެ.

ސިއްރުކޮށްގެން ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމަށްފަހު ކޮމިޓީގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ނަޝީދަށް ދިން ޙަމަލާގެ ޝަރީއަތް އެކަށީގެންވާ އަވަސް މިނެއްގައި ނުހިނގާ ކަމުގެ ކަންބޮޑުވުން އައްބާސް ފާޅު ކުރައްވާފައިވާ ކަމަށެވެ.

ވުމާއެކު، މެމްބަރު ޙަސަން ލަތީފް ވަނީ ހުށައެޅުމެއް ހުށައަޅުއްވާފައެވެ. އެއީ މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެކަށީގެންވާ ހަލުވި ސްޕީޑުގައި ކުރިއަށް ނުދާ ސަބަބު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސާފު ކުރެއްވުމަށެވެ.

ހަމައެއާއެކު، އެ މައްސަލައާ ގުޅޭ އެކި ގަޒިއްޔާތަކުގެ ތާވަލުތައް ޖޭއެސްސީ މެދުވެރިކޮށް ކްރިމިނަލް ކޯޓުން ހޯދުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

އެ ހުށައެޅުއްވުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވަނީ ތާއީދު ކުރައްވާފައެވެ. އެ ހުށައެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން ވަނީ ހުށައެޅުން ފާސްވެފައެވެ.

މި ނިރުބަވެރި ހަަމަލާއަށް އެއް އަހަރުވުމާ ގުޅިގެން އައްބާސް ވަނީ މައްސަލައިގެ ޝަރީއަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަށްނުދާ ކަމަށް ވިދާޅުވެފައެވެ.

އައްބާސް ވިދާޅުވީ، ތަހުގީގު ކުރިއަށްދިޔަ ސްޕީޑްގައި ޝަރީއަތްވެސް ކުރިއަށްގެންދަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ޝަރުއީ ނިޒާމަށް އިތުބާރު ގެއްލޭނެ ކަމަށެވެ.

މި ކަންބޮޑުވުން އުއްތަމަ ފަނޑިޔާރާވެސް ހިއްސާ ކުރައްވާފައިވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

މޭ6ޓެރާރއެޓޭކްޖުޑިޝަރީ ކޮމިޓީޚާއްސަ މަންދޫބު، އައްބާސް ފާއިޒް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
07 އޮކްޓޯބަރު 2025

ޕީއެންސީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ މަހާޒު އަށް

07 އޮކްޓޯބަރު 2025
ޕީއެންސީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ މަހާޒު އަށް
07 އޯގަސްޓު 2025

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

07 އޯގަސްޓު 2025
މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލަށް އާންމުންގެ ހިޔާލު ހޯދަނީ
05 އޯގަސްޓު 2025

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލް ބަލައިގަނެފި

05 އޯގަސްޓު 2025
މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުން ކުށެއްގެ ގޮތުގައި ހިމަނަން ހުށަހެޅި ބިލް ބަލައިގަނެފި
04 އޯގަސްޓު 2025

އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަން ކުރަން ކޮމިޓީއިން ރުހުންދީފި

04 އޯގަސްޓު 2025
އުއްތަމަ ފަނޑިޔާރުކަމަށް ޣަނީ އައްޔަން ކުރަން ކޮމިޓީއިން ރުހުންދީފި
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
14 މެއި 2025

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި

14 މެއި 2025
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސާލަން ނޭޕާލުގެ ބާ ކައުންސިލުން ވެސް ގޮވާލައިފި
05 މެއި 2025

ފަނޑިޔާރުން ވަކިކުރާ މައްސަލާގެ ރިޕޯޓު ކޮމެޓީން އިތުރަށް ދިރާސާ ކުރަނީ

05 މެއި 2025
ފަނޑިޔާރުން ވަކިކުރާ މައްސަލާގެ ރިޕޯޓު ކޮމެޓީން އިތުރަށް ދިރާސާ ކުރަނީ
05 މެއި 2025

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރާ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް

05 މެއި 2025
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރު ކަމުން ވަކިކުރާ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް