Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓުގެ ޚިދުމަތް

މިއަދު ރައްޔިތުން ބޭނުންވާ މިންވަރަށް އަދި އިތުރަށް ވެސް ކަރަންޓު ލިބޭނެ: ސައީދު

މީގެ ކުރިން ރައްޔިތުން ބޭނުންވާ މިންވަރަށް ކަރަންޓު ލިބުން ދަތި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ނޮވެމްބަރު 2022 | ހޯމަ 01:10
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު

މިއަދު ރައްޔިތުމީހާ ބޭނުންވާ މިންވަރަށް އަދި އެއަށްވުރެ އިތުރަށް ވެސް ކަރަންޓުގެ ޚިދުމަތް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ފެނަކައިން މިވީ 4 އަހަރުތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ މި ސަރުކާރު ހަވާލުވީއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓު ލިބުމަށް ދަތި ކަމަށެވެ. ރައްޔިތުން ދިޔައީ ތަކުލީފުތަކެއް އުފުލަމުންކަމަށާއި، އެހެންކަމުން ރައީސް ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ މި ނިޒާމު ރަނގަޅުކޮށް ރައްޔިތުމީހާ ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށް ސައީދު ވިދާޅުވިއެވެ.

ފާއިތުވި 4 އަހަރުތެރޭގައި ކުރި މަސައްކަތުން މިއަދު މެދުރާއްޖޭގެ ގިނަ ރަށްރަށުގައި މި ނިޒާމު އެންމެ ޒަމާނީ ނިޒާމަކަށް ބަދަލުކުރެވިފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްދޭން ފެށިފައިވާކަމަށާއި، ބޭނުންވާ ވަރަށްވުރެ އިތުރަށް ވެސް މިއަދު ކަރަންޓު ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރައީސް ސާލިހަކީ ރައްޔިތުންގެ ތަކުލީފުތައް އަޑު އައްސަވައި، އެކަންކަަމަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތްކުރައްވާ ވެރިއެއްކަން ފާހަގަކުރައްވާފައެވެ. މިއަދު ރައްޔިތުން މި ތަކުލީފުތަކުން ސަލާމަތްކުރެވިފައިވާކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންއަހުމަދު ސައީދު މުހައްމަދު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު