Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެއާޕޯޓު ސަރަހައްދުގައި ދޫނި މަދުކުރުން

އެއާޕޯޓާއި، ދޫނި ފެއްސުން - އާދައިގެ ވާހަކައެއް ނޫން

އެއާޕޯޓުތަކުގައި ދޫނި ފައްސަނީ، ދޫންޏެއް ބޯޓެއްގައި ޖެހިއްޖެނަމަ ބޯޓު އެކްސިޑެންޓްވުންފަދަ ހާދިސާއެއް ހިނގައި، ބަޔަކު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ނޮވެމްބަރު 2022 | އާދީއްތަ 14:40
އެމްއޭސީއެލް

އެމްއޭސީއެލް

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022"އަށް ދިޔައީ އާދައިގެ މަތިން އެ އިވެންޓު ކަވަރުކުރުމަށެވެ. ޖުމުލަ 35 ސްޓޯލާއެކު ކުރިއަށްދިޔަ މި ސްޓޯލަށް މީހުން ޒިޔާރަތްކުރަމުން ދިޔަ ވަރަކަށް ފާހަގަވީ، މި އެކްސްޕޯގެ އެއް ސްޓޯލެއްގެ ކައިރީގައި އާއްމުން މާ ޝައުގުވެރިކަމާއެކު ވަގުތު ހޭދަކުރާކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެކްސްޕޯއަށް ޒިޔާރަތްކުރެއްވިއިރުވެސް މި ސްޓޯލް ކައިރީގައި ހޭދަކުރެއްވީ ޝައުގުވެރި ވަގުތުކޮޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ ސްޓޯލެވެ. ވެގެން އުޅޭ ގޮތަކާމެދު ޝައުގުވެރިވެ، އެ ސްޓޯލް ކައިރީގައި މީހުން ގިނައިން އުޅެނީ ކީއްވެގެންތޯ ކައިރީގައި ތިބި މީހުން ކައިރީގައި އަހާލައިފީމެވެ. އެކަކު ބުނީ އެތަނުގައި ދޫނި ގެންނަ ޒާތެއްގެ މެޝިނެއް ހުރިކަމަށެވެ. އަނެކަކު ބުނީ އެތަނުގައި ހުރީ "ކާޅު ފައްސާ" މެޝިނެއް ކަަމަށެވެ. ކޮންމެއަކަސް މި ވެގެން އުޅޭ ގޮތެއް ބަލައިލަން ދިޔައިރު ވިސްނުން ހުރީ ނިކަން ބިޔަ ބޮޑު މެޝިނެއް ފެންނާނެ ކަމަށެވެ. ސްޓޯލަށް ނަޒަރު ހިންގާލުމުން އެބުނާ މެޝިނެއް ލޮލަކު އަޅައެއް ނުގަތެވެ.

އެ ސްޓޯލަށް ގޮސް މައުލޫމާތު އަހައި ބެލުމުން އެނގުނީ، އެ ދައްކާ މެޝިނުގެ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫންކަމެވެ. އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތައް ބުނާގޮތުން، ހުރިހާ އެއާޕޯޓެއްގައިވެސް ދޫނި މަދުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ ރާއްޖެއަށް އެކަނި އޮތްކަމެއް ނޫނެވެ. މިއީ ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ހުރިހާ އެއާޕޯޓެއްގައި އަމަލުކުރަން ޖެހޭ އާއްމު އުސޫލެވެ. ދޫނިފައްސަން ބޭނުންކުރާ އާލާތެކޭ ބުނީމައި، މިއީ ސަމާސާ ވާހަކައެއް ކަމަށް ހީވެދާނެއެވެ. އެހެންނަމަވެސް މި މަސައްކަތަކީ މުހިންމު މަގްސަދެއްގައި ކުރިއަށް ގެންދާ، ހައްސާސް މަސައްކަތެކެވެ.

އެމްއޭސީއެލްގެ ވައިލްޑް ލައިފް އެންޑް ހަޒާޑް މެނޭޖްމެންޓުގެ އެސިސްޓެންޓް މެނޭޖަރ އަލީ ޝާރިފް ވިދާޅުވީ، އެއާޕޯޓުތަކުގައި ދޫނި ފައްސަނީ، ދޫންޏެއް ބޯޓެއްގައި ޖެހިއްޖެނަމަ ބޯޓު އެކްސިޑެންޓްވެ، ނުވަތަ އެފަދަ އެހެން ހާދިސާއެއް ހިނގައި، އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް އެކަމަށް ޕްލޭނެއް އެކުލަވާލައި ދޫނި ފެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސްޓޯލުން އެކްސްޕޯގައި އާއްމުންގެ ސަމާލުކަން ހޯދި ޑިވައިސްތަކުގެ މައުލޫމާތު އޭނާ ހިއްސާކޮށްދެއްވިއެވެ. އެގޮތުން ބަލާއިރު ބަޔޯ-އޮކޯސްޓިކް ބަރޑް ޑިސްޕަރސަލް ސިސްޓަމަކީ އެކި ފްރީކުއެންސީގައި އިވޭ އަަޑުތަކެއްގެ އެހީގައި ދޫނިފައްސާލާ ޑިވައިސްއެކެވެ. މި ޑިވައިސްތަަކަކީ އެއްވެސް ދޫންޏަކަށް އަދި ޖަނަވާރަކަށް ގެއްލުންނުވާފަދަ ޑިވައިސްތަކެކެވެ.

ދެވަނަ ޑިވައިސްއަކީ ދޫނިފެއްސުމަށްޓަކައި، އެހެން ސަރަހައްދެއްގައި ހުރެގެން، މަތިންދާ ބޯޓާއި ރަންވޭ ސަރަހައްދުގައި ދޫނިފެއްސުމަށްޓަކައި ބޭނުންކުރާ އާލާތެކެވެ. އެ ޑިވައިސްއިން ދޫންޏާ ދިމާއަށް އަލިކޮށް، ދޫނި އެހެން ދިމާލަކަށް ފައްސާލެވެއެވެ. މި ޑިވައިސް އަށް ކިޔަނީ އީގަލް އައިސް އެވެ.

ތިންވަނަ ޑިވައިސްއަކީ ސްކެއަރ ކްރޯއެވެެ. ބަލާ ބެލުމަށް މި ޑިވައިސް އެންމެ ވައްތަރީ އަޑުގަދަކުރާއަކާއެވެ. އެ ޑިވައިސް ބޭނުންކުރަނީ އަޑު ބޭނުންކޮށްގެން ދޫނިތައް ފައްސާލުމަށެވެ.

ޝާރިފް ވަނީ، ޚާއްސަކޮށް ހުޅަނގު މޫސުމުގައި މި ޑިވައިސްތައް މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެކްސްޕޯއިން ފެނުނު މި ޑިވައިސްތަކަށް ކުޑަކުދިންނާއި ޒުވާނުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

އެމްއޭސީއެލް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު