Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެޗްޑީސީގެ މަސައްކަތްތައް

އެޗްޑީސީން އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލެއަކީ އަސާސީ ވަސީލަތްތައް ފުރިހަމަތަނަކަށް ހެދުމަށް - އެޗްޑީސީ

އަލަށް އާބާދުވާ ސަރަހައްދުތަކުގެ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން މަސައްކަތްކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 12:58
އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް

އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް

އެޗްޑީސީން އެންމެ ބޮޑު އިސްކަމެއްދެނީ ހުޅުމާލެއަކީ އަސާސީ ވަސީލަތްތައް ފުރިހަމަތަނަކަށް ހެދުމަށް ކަމަށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ރާއްޖެ ޓީވީއަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ، އެޗްޑީސީގެ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. ހައުސިންގ މަޝްރޫއުތަކުގެ އިތުރުން އިޖުތިމާއީ މަޝްރޫއުތައްވެސް ހިންގަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ސްކޫލްތަކާއި މިސްކިތްތަކުގެ އިތުރުން، މަގުތައް ތަރައްގީކޮށް، އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތްތަކާއި ވަސީލަތްތައް ގާއިމްކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަން ހޯދާދިނުމުގެ އިތުރުން، އަލަށް އާބާދުވާ ސަރަހައްދުތަކުގެ މީހުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ކަަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ. އަދި ޝޮޕިންގ މޯލާއި ގަރާޖްފަދަ ތަންތަނުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ފެށުނުއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލީގޮތުން ދިމާވި ގޮންޖެހުންތައް ކަމަށާއި، އެ ކަންކަމުން އަރައިގަނެ، މިހާރު ކުރަމުންދަނީ ހުޅުމާލެއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ. ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް އާއްމުންނާ ގުޅުންހުރި ކަމަކަށް ހިންގި މަޝްރޫއަކީ ހިޔާ މަޝްރޫއުކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެތަނުގެ %38 ނިމިފައި ވީނަމަވެސް، އޭރު ޑިޒައިން ހުރިގޮތުން އެންމެ ތިރީގައިވެސް ހުރީ އެޕާޓްމެންޓްތައް ކަމަށް އާތިފް ވިދާޅުވިއެވެ. އެ ޑިޒައިިނަށް ބަދަލު ގެނެސް، 30،000 މީހުން އާބާދުވާ ތަނަކަށް ވަސީލަތްތައް ގާއިމްކުރީ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފްއެޗްޑީސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު