Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މާނޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ!

މާނޭއަކީ ސެނެގާލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 18 ނޮވެމްބަރު 2022 | ހުކުރު 14:59
ބުންޑެސްލީގާގައި ބަޔާނަށް ކުޅެދިން މެޗުގައި މާނޭއަށް އަނިޔާވުން

ބުންޑެސްލީގާގައި ބަޔާނަށް ކުޅެދިން މެޗުގައި މާނޭއަށް އަނިޔާވުން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ސެނެގޯލް ޓީމުގެ ތަރި ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މާނޭއަށް ވޯލްޑް ކަޕް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. މި މަހުގެ އަށްވަނަ ދުވަހު ބަޔާން މިއުނިކާއި ވާޑާ ބްރެމަން ބުންޑެސްލީގާގައި ބައްދަލުކުރި މެޗުގައި މާނޭއަށް އަނިޔާވެގެން ވަނީ ދަނޑުން ބާލާފައެވެ. މިކަމާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ސެނެގޯލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އުމުރުން 30 އަހަރުގެ ފޯވާޑަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ގެއްލޭނެ ކަމަށެވެ.

ނަމަވެސް ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މާނޭގެ އިތުރު އެމްއާރުއައިއެއް ވަނީ ހަދާފައެވެ. އަދި ނަތީޖާތައް ބެލުމަށްފަހު އިތުރު އޮޕަރޭޝަނެއް ކުރަން ޖެހުމުން ބުރާސްފަތި ދުވަހު އޮޕަރޭޝަން ކޮށްފައިވާ ކަމަށްވެސް ރިޕޯތުކޮށްފައިވެއެވެ. ބަޔާން މިއުނިކުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވުނުކަން ކަށަވަރުކޮށްދީފައެވެ.

މާނޭއަކީ ސެނެގޯލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރު ހޯދާފައިވާ މާނޭ ވަނީ މިސްރާއި ވާދަކޮށް އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރުމުގައި ސެނެގޯލްއަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އޭގެ ފަހުން މިސްރު ކަޓުވާލުމަށްފަހު ވޯލްޑް ކަޕަށް ސެނެގޯލް ކޮލިފައި ކޮށްދިނުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރީ މާނޭއެވެ.

ވޯލްޑް ކަޕްގައި ސެނެގޯލް ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ޤަތަރު، ނެދަލެންޑްސް އަދި އެކުއެޑޯއާއެކު ގްރޫޕް އޭގައެވެ. ފުރަތަމަ މެޗުގައި މިއަންނަ ހޯމަ ދުވަހު ވާދަކުރަން ޖެހޭނީ ނެދަލެންޑްސްއާއެވެ. އޭގެ ފަހުން ދެވަނަ މެޗުގައި 25 ވަނަ ދުވަހު ޤަތަރާއި ވާދަކުރަން ޖެހޭނެއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ސެނެގޯލް ކުރިމަތިލާން ޖެހޭނީ އެކުއެޑޯއާއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު