Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިލޭ ޑިގްރީ ސްކީމް

ހިލޭ ޑިގްރީގެ ސަބަބުން އިލްމީ، ހޭލުންތެރި ޖީލެއް ބިނާވެގެންދާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ހިލޭ ޑިގްރީ ސްކީމުގައި މިހާތަނަށް 15،500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2022 | ހުކުރު 04:58
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކޯސް ނިންމި ދަރިވަރަކާ ސެޓްފިކެޓް ހަވާލުކުރައްވަނީ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ކޯސް ނިންމި ދަރިވަރަކާ ސެޓްފިކެޓް ހަވާލުކުރައްވަނީ

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން، އިލްމީ، ހޭލުންތެރި ޖީލެއް ބިނާވެގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއެއް އުފެއްދުމަކީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ދޭ އިސްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ. އެ މިނިސްޓްރީން ކުރަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތް ގުޅިފައިވަނީ ގިނަ ބައެއްގެ ދިރިއުޅުމާއި ރާއްޖޭގެ ތަރައްގީގެ ދުވެއްޔާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ހަތަރު އަހަރު ފުރިފައިވާއިރު މި ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ހިލޭ ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވޭ ގޮތް ހެދުން ކަމަށެ މިނިސްޓަރު ވިދާޅުވިއެވެ. މި ސްކީމުގައި މިހާތަނަށް 15،500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު 9،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވެސް ކިޔަވަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ސްކީމުގެ ފައިދާ ދުވަސްކޮޅެއް ފަހުން ފެންނާނެ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސްކީމްގެ ދަށުން އިލްމީ، ތައުލީމަށް ލޯބި ކުރާ އަދި ހޭލުންތެރި ޖީލެއް ބިނާވެގެންދާނެ ކަމަށެވެ. އަދި ކޮވިޑު-19ގެ ފުރަބަންދުގެ ތެރޭގައި އިޖުތިމާއީ މައްސަލަތައް ފަހަގަކުރެވިފައިވާއިރު ގިނަ ދަރިވަރުންތަކެއް ހިލޭ ޑިގްރީގެ ދަށުން ކިޔަވާތީ އެކަމުގައި އަވަދިނެތި އުޅެން ޖެހުމުން އެ މައްސަލަތަކުން ސަލާމަތްވި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިލޭ ޑިގްރީގެ ސަބަބުން ދަރިވަރުންގެ އިތުރުން ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ އަމިއްލަ ކޮލެޖާއި ޔުނިވަރސިޓީތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއްވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ދަރިވަރުން ދައްކަން ޖެހޭ ކޯސްފީ، އެކި ސަބަބުތަކާހުރެ ނުދެއްކޭ ކަމުގެ ޝަކުވާ މީގެ ކުރިން ކޮލެޖުތަކުން ކުރި ކަމަށާއި ނަމަވެސް މިހާރު އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެތަންތަނަށް އޮންނަ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ފެށި ހިލޭ ޑިގްރީ ސްކީމާއެކު ޕްރައިވެޓް ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔަވާ ދަރިވަރުން ކުރަން ޖެހޭ ޚަރަދު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޭލެވެލް އިން ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ލިބޭ ސްކޮލަރޝިޕްގެ ފުރުސަތުތައް ވެސް މިހާރު ގިނަވާނެ ކަމަށާއި ކުރިއާ އަޅާ ބަލާއިރު އެކި ދާއިރާތަކުން ސަރުކާރުން ހުޅުވާލާ ސްކޮލަރޝިޕްގެ ފުރުސަތުވެސް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސަބަބުން މިނިވަން މީޑިއާތަކަށް ދަނީ ހުރަސްއެޅެމުން: ޓްރާންސްޕޭރެންސީ

10 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު