Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިލޭ ޑިގްރީ ޕްރޮގްރާމް

ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސް ސާލިހަށް

14 ފެބްރުއަރީ 2019 ގައި ހިލޭ ޑިގްރީއަށް ކިޔެވުން ރައީސް ސާލިހު އިފްތިތާހުކޮށްދެއްވުމާއެކު، ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އެތައް ދަރިވަރަކަށް ލިބިގެންދިޔައެވެ. ކޯސްފީ ނުދެއްކިގެން ކިޔެވުން ހުއްޓާލައިގެން ލިބި ދަރިވަރުންނާއި، އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އެތައް ޒުވާނުންނެއްގެ ހުވަފެން ހަގީގަތަށް ވެގެންދިޔައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2025 | ހުކުރު 10:08
ހިލޭ ޑިގްރީ ޕްރޮގްރާމާއެކު އިފްތިތާހް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ވަޑައިގަންނަވަނީ

ހިލޭ ޑިގްރީ ޕްރޮގްރާމާއެކު އިފްތިތާހް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ވަޑައިގަންނަވަނީ

''އަޅުގަނޑަކަށް ނޭނގޭ ރައީސް ސާލިހަށް ޝުކުރު އަދާކުރާނެ ގޮތެއް. އަޅުގަނޑަށް ޑިގްރީ ހާސިލްކުރެވުނީ ރައީސް ސާލިހު ފައްޓަވައި ދެއްވި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ސަބަބުން.''މިއީ އެޒުވާނާ ވާހަކަ ފެށި ގޮތެވެ. ސްކޫލުން ގްރޭޑް 10އަކާ ހަމައަށް ކިޔަވުމަށްފަހު މާލެއަށް ބަދަލުވީ ކުދިން ބަހައްޓާ ގެއެއްގައި ވަޒީފާ އަދާކޮށްގެން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާތީއެވެ. ކޮންމެ މަހަކު 3500 ރުފިޔާ ހުންނަ ގެއަށް ކުލީގެ ގޮތުގައި ދެއްކުމަށްފަހު ދެން އަތުގައި އޮންނަނީ މަދު ރުފިޔާ ކޮޅެކެވެ. ޔުނިވަރސިޓީގެ ފުރަތަމަ ސެމިސްޓަރ ކޯސް ފީގެ ގޮތުގައި ދައްކަންޖެހޭ 20،000 ރުފިޔާ ހޯދާނެ ގޮތެއް ނެތި 2 އަހަރު ކިޔަވަން ނުގޮސް ވަޒީފާ އަދާކުރަން މާލޭގައި މަޑުކުރީއެވެ. އެއީ ރުފިޔާ އެއްކޮށްގެން ކޮންމެވެސް ދުވަހަކު ޔުނިވަރސިޓީން ކޯސް ފުރިހަމަ ކުރެވޭނެ ކަމުގެ އުންމީދުގައެވެ.

ކަން ދިމާކުރިގޮތުން 14 ފެބްރުއަރީ 2019 ގައި ހިލޭ ޑިގްރީއަށް ކިޔެވުން ރައީސް ސާލިހު އިފްތިތާހުކޮށްދެއްވުމާއެކު، ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު އެތައް ދަރިވަރަކަށް ލިބިގެންދިޔައެވެ. ކޯސްފީ ނުދެއްކިގެން ކިޔެވުން ހުއްޓާލައިގެން ލިބި ދަރިވަރުންނާއި، އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ އެތައް ޒުވާނުންނެއްގެ ހުވަފެން ހަގީގަތަށް ވެގެންދިޔައެވެ.

14 ފެބްރުއަރީ 2025 ހުކުރު ދުވަހަށް މި ޕްރޮގްރާމް ފެށިތާ 6 އަހަރު ވެފައިވާއިރު، ހިލޭ ޑިގްރީ ޕްރޮގްރާމްގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް މިވަނީ ހެޔޮ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހާލަތު އެއްކޮށް ބަދަލު ގައުމުން ވެސް އެކަމުގެ ހެޔޮ އަސަރު ދަނީ ފެންނަމުންނެވެ. މަތީ ތައުލީމުން ފާސްވެގެން ނުކުންނަ ދަރިވަރުން އަދަދު މަތިވެ، ވަޒީފާގެ މާހައުލުގައި ވަނީ ވާދަވެރިކަން އުފެދިފައެވެ. މި ޕްރޮގްރާމާއެކު ޒުވާނުން ބާރުވެރިވެރި، އަންހެނުންނަށް ދަނީ ފުރުސަތުތައް ފަހިވަމުންނެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ދެ ޔުނިވަރސިޓީކަމަށްވާ ގައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ރާއްޖޭގެ އެކި ކެމްޕަސްތަކުގައި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. ރާއްޖޭގައި ހިނގާ އަމިއްލަ ކޮލެޖްތަކުގައި ވެސް ވަކި އިންސައްތައެއް ސަރުކާރުން ހިއްސާވާގޮތަށް ދަރިވަރުން އަންނަނީ މި ޑިގްރީގައި ކިޔަވަމުންނެވެ. ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުންދާއިރު، ހިލޭ ޑިގްރީ ޕްރޮގްރާމަކީ ކިޔެވުމަށް ވެސް ލިބުނު އިތުރު ހިތްވަރެކެވެ. ކޯސްފީއަށް އަތުން ހޭދައެއްނުކޮށް، ލިބޭ ކޮންމެ ސެޓްފިކެޓަކާއެކު އާމްދަނީ އިތުރުވުމަށް ވެސް ހުޅުވުނު އިތުރު ދޮރެކެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ކުދިންގެ ކިޔެވުމުގެ ހަަރަދުގެ ވެސް ބޮޑުބައެއް ސަރުކާރުން ހަމަޖައްސާދެއެވެ. 2019 އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމް ފެއްޓިއިރު، އެ އަހަރުވެސް 4804 ދަރިވަރުން އެ ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔަވަން ފެށިއެވެ. އަދި 2023 ވަނަ އަހަރުގެ އޭޕްރީލް މަހާ ހިސާބަށް 17،189 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވެސް މިޕްރޮގްރާމްގެ ދަށުން ކިޔަވަމުންދިޔަ ނަމަވެސް ކިޔަވަމުންދާ ދަރިވަރުންގެ ތަފާސްހިސާބު އަދި ހާމަކޮށްފައިނުވެއެވެ. އެ މައުލޫމާތު ވެސް ވަނީ ހަޔަރ އެކިޔުކޭޝަންގެ ފަރާތުން ލިބޭގޮތް ނުވެފައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމާއެކު މުޅި ގައުމަށް އެކަމުގެ އުފާވެރިކަން ލިބިފައިވާކަމީ ފެންނަން އޮތް ހަގީގަތެވެ. ކުރީގެ ރައީސް ސާލިހުގެ ސަރުކާރަކީ މި ޖީލާއި، ކުރިއަށް އަންނަން އޮތް ޖީލުތަކަށް ތައުލީމީ ގޮތުން އެންމެ ބޮޑު އިންގިލާބީ ބަދަލު ގެނެސްދިން ސަރުކާރެވެ. ފުރުސަތު ފަހިކޮށްދިން ސަރުކާރެވެ. އެހެންކަމުން ހިފެހެއްޓުމެއް ނެތް ޝުކުރުގެ ބަސްތައް ރައީސް ސާލިހަށް ޒުވާނުންގެ ފަރާތުން މިއަދު ދަނީ ލިބެމުންނެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު