Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޮލެންޑަށް މިސައިލެއް ވެއްޓުން

ޕޮލެންޑަށް ވެއްޓުނު މިސައިލަކީ ޔޫކްރެއިން އެއަރ ޑިފެންސްގެ މިސައިލެއް: ޕޮލެންޑްގެ ރައީސް

ޓަލީގެ ބޮޑުވަޒީރު ވިދާޅުވީ ޕޮލެންޑްގެ އަވަށަކަށް އަމާޒުވި މިސައިލަކީ ރަޝިއާގެ މިސައިލެއް ނޫނަސް ޔޫކްރެއިނަށް އަމާޒުކޮށް އެގައުމުން ދެމުންދާ ހަމަލާތަކުގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭ ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ނޮވެމްބަރު 2022 | ބުދަ 14:09
ޕޮލެންޑްގެ ރައީސް އަންޑްރޭ ޑޫޑާ

ޕޮލެންޑްގެ ރައީސް އަންޑްރޭ ޑޫޑާ

ޕޮލެންޑްގެ އަވަށަކަށް ވެއްޓުނު މިސައިލަކީ ޔޫކްރެއިން އެއަރ ޑިފެންސްގެ މިސައިލެއް ކަމަށް ބެލެވޭކެމަށް ޕޮލެންޑްގެ ރައީސް އަންޑްރޭ ޑޫޑާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ޔޫކްރެއިންގެ ބޯޑަރާ ކައިރީގައި އޮންނަ ޕޮލެންޑްގެ އަވަށަކަށް ވެއްޓުނު މިސައިލަކީ ރަޝިއާއިން ގަސްތުގައި ޕޮލެންޑަށް އަމާޒުކޮށްދިން ހަމަލާއެއްކަމަށް ބުނެވޭނެ އެއްވެސް ހެތްކެއް ނެތްކަމަށްވެސް ޕޮލެންޑްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މި މިސައިލް ހަމަލާގައި އެއަވަށުގައި ދިރިއުޅެއްމުންދިޔަ ޕޮލެންޑްގެ ދެ ރައްޔިތުން މަރުވެފައިވާއިރު، ހަމަލާއާ ގުޅިގެން ޕޮލެންޑުގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގައި ހުންނަ ރަޝިޔާގެ އެމްބެސެޑަރު ހާޒިރުކޮށް، ސުވާލުކޮށްފައެވެ.

ހަމަލާއާ ގުޅިގެން ޕޮލެންޑުގެ އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސްފައިވާއިރު، ނޭޓޯ މެމްބަރު ގައުމުތަކާއެކު ބައްދަލުވުމެއް ބޭއްވުމާ މެދުވެސް މަޝްވަރާތައް ކުރެވިގެންދިޔައެވެ.

ނޭޓޯގެ އުސޫލުގައިވާ ގޮތުން، ނޭޓޯގެ މެންބަރު ގައުމުތަކުގައި ހިމެނޭ އެއް ގައުމަކަށް ހަމާލާއެއް އަމާޒުވިޔަސް، ހުރިހާ މެންބަރު ގައުމުތަކުން އެ ހަމަލާ ދިން ގައުމާއި ދެކޮޅަށް ތެދުވާނެއެވެ. ނަމަވެސް މިހާރު ލިބިފައިވާ މައުުލޫމާތުތަކަށް ބަލައި މިކަން އެގޮތަށް ކުރުން މުހިންމު ނޫން ކަމަށް ޕޮލެންޑްގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މިސައިލް ހަމަލާގެ ތަހުގީގުކުރަމުންދާއިރު، ޕޮލެންޑްގެ ރައީސްއެކޭ އެއްފަދައިން އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ މިއީ ރަޝިއާއިން ދިން ހަމަލާއެއް ކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

ނޭޓޯ އިންވެސްވަނީ މިއީ ރަޝިއާއިން ގަސްތުގައި ޕޮލެންޑަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ނުބެލެވޭކަމަށް ބުނެފައެވެ.

ހަމަލާއާ ގުޅިގެން ނޭޓޯއިން ކުއްލި ބައްދަލުވުމެއް ކުރިއަށްގެންގޮސްފައިވާއިރު، އެސަރަހައްދުގައި އެއަރ ޑިފެންސް ވަރުގަދަކުރުމަށް ދެ މެމްބަރު ގައުމަކުން ވަނީ ގޮވާލާފައެވެ. އަދި އެސަރަހައްދުގައި 'ނޯ-ފްލައިންގ' ޒޯނެއް ކަނޑައެޅުމަކީ ރަޝިއާއާ ނޭޓޯގެ ގައުމުތަކާ ދެމެދު ސީދާ ކުރިމަތިލުމަކަށް ދާންޖެހިދާނެ ކަމެއްކަމަށް ޖަރުމަނުން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން އިޓަލީގެ ބޮޑުވަޒީރު ވަނީ ޕޮލެންޑްގެ އަވަށަކަށް އަމާޒުވި މިސައިލަކީ ރަޝިއާގެ މިސައިލެއް ނޫން ނަމަވެސް ޔޫކްރެއިނަށް އަމާޒުކޮށް އެގައުމުން ދެމުންދާ ހަމަލާތަކުގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުންދަނިކޮށް އިންޖީނެއް ހަލާކުވެއްޖެ

01 އޮކްޓޯބަރު 2017
އެއަރ ފްރާންސްގެ ފްލައިޓެއް އުދުހެމުންދަނިކޮށް އިންޖީނެއް ހަލާކުވެއްޖެ
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު