Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރާ ބިލު

މަޖިލީހުގެ 67 އިންސައްތައަކީ ބޮޑު އަގުލަބިއްޔަތެއްކަމަށް ރައީސް ނަޝީދަށް ގަބޫލުކުރައްވަން ދަތި!

މިބާވަތުގެ ގާނޫނުތަކާއި ބިލްތަކަށް ގާނޫނު އަސާސީން ވަރަށް ބޮޑު އަގުލަބިއްޔަތެއް ލާޒިމްކުރައްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ނޮވެމްބަރު 2022 | ބުދަ 07:33
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ޓެކްސް ބޮޑުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު 67 އިންސައްތަ ވޯޓާއެކު ވެސް ފާސްވެފައިވަނީ ހަނި އަގުލަބިއްޔަތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހަށް ވޯޓަށް އެހުމަށް 2 ފަހަރެއްގެ މަތިން އެޖެންޑާކުރުމަށްފަހު، އެ ބިލަށް ވޯޓަށް ނާހާ، ބުދަ ދުވަހުގެ ޖަލްސާފައި އެ ބިލު މަޖިލީހުގެ 55 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކުރުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިބާވަތުގެ ގާނޫނުތަކާއި ބިލްތަކަށް ގާނޫނު އަސާސީން ވަރަށް ބޮޑު އަގުލަބިއްޔަތެއް ލާޒިމްކުރައްވާކަން މެންބަރުން ވިސްނައިފިއްޔާ އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް ބިލްވަނީ ފާސްވެފައި ކަމަށާއި، އެކަމާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރައްވާނެ ކަމަށެވެ. އެހެންނަނަމަވެސް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ބިލު ފާސްވި ހަނި އަގުލަބިއްޔަތު ސަރުކާރުން ބައްލަވާނެ ކަމަށެވެ.

މަޖިލީހުގެ ރައީސާއި، އެމަނިކުފާނަށް ތާއިދުކުރައްވާ އެމްޑީޕީގެ މެންބަރުން އަދި އިދިކޮޅު މެންބަރުން ދެކޮޅު ހަދަމުންދިޔަ އިސްލާހު ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 26 މެންވަރުންނެވެ.

ބިލު ފާސްކުރުމަށް 44 މެންބަރުންގެ ވޯޓު ބޭނުންވާ އިރު، ބިލު ފާސްވީ 55 މެންބަރުން ނުވަތަ 67.07 އިންސައްތަ މެންބަރުންގެ ބޮޑު ތާއީދަކާއެކުއެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު