Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ޕްރިމިއަރ ލީ

ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބިރުދައްކަމުންދާތީ ޗައިނާގެ ނުރުހުން

ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ފަހިނުވާނެ ގޮތަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ލީ ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 15 ނޮވެމްބަރު 2022 | އަންގާރަ 06:42
ޗައިނާގެ ޕްރިމިއަރ ލީ ކެޒިއަންގް

ޗައިނާގެ ޕްރިމިއަރ ލީ ކެޒިއަންގް

މިހާރު ކުރިއަށްދާ ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށްބުނެ ބިރުދައްކަމުން ދިއުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ކަމެއް ކަމަށް ޗައިނާގެ ޕްރިމިއަރ ލީ ކެޒިއަންގް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ލީ މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހު ކެމްބޯޑިއާ ގައި ކުރިއަށްދިޔަ އީސްޓް އޭޝިއާ ސަމިޓްގައެވެ.

މި ސަމިޓްގައި ލީި ވަނީ ޗައިނާއިން ޔޫކްރެއިނާ ދޭތެރޭ ގެންގުޅެ ސިޔާސަތާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ގައުމުގެ އިސްތިގުލާލާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާއިރު، ލީ ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ބިރުދެއްކުމަކީ ޒިންމާދާރުކަންކުޑާ ކަމެއް ކަމަށް ވިދާޅުވެ ވަނީ ވާހަކަދައްކަވާފައެވެ. އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ފަހިނުވާނެ ގޮތަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ލީ ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅުވައިގެން ރަޝިއާއިން ޒިންމާދާރުކަން ކުޑަގޮތަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށްބުނެ ރަޝިއާއިން ވާހަކަދައްކަމުންދާކަމުގެ ތުހުމަތު ހުޅަނގުގެ ގައުމުތަކުން ވަނީ ކޮށްފައެވެ. އަދި ރަޝިއާއިން ވަނީ ހުޅަނގުން އެފަދަ އިންޒާރުތައް ދެމުންދާކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

އެމެރިކާގެ އޮފިޝަލާ ހަވާލާދީ ރޮއިޓަރސްއިން ވަނީ ރަޝިއާއިން މިހާރު ނިންމަމުންދާ ކަންތައްތަކުގެ ތެރޭގައި ޗައިނާއިންވެސް ހިތްހަމަ ނުޖެހޭފަދަ ކަންކަން ހުރިކަން ފާހަގަވާކަމަށް ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
17 އެޕްރީލު 2017

އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް

17 އެޕްރީލު 2017
އަނބުރާ ދައްކާ ގޮތަށް ޓްރަމްޕްވަނީ ރަޝިއާއިން ފައިސާ ނަންގަވާފަ: ރިޗަޑް ޑިއަރލަވް
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު