Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝީއާއި ބައިޑަން ބައްދަލުކުރެއްވުން

ރައީސް ބައިޑަންއާއި ރައީސް ޝީ ބާލީގައި ބައްދަލުކުރައްވައިފި

14 ނޮވެމްބަރު 2022 | ހޯމަ 12:06

މިއީ ދެ ރައީސުންގެ ހައިސިއްޔަތުން ދެބޭފުޅުން ސީދާ ބައްދަލުވެވަޑައިގެންނެވި ފުރަތަމަ ފަހަރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 14 ނޮވެމްބަރު 2022 | ހޯމަ 12:06
ބައިޑަން (ކ)

ބައިޑަން (ކ)

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ ދެބޭފުޅުންގެ ފުރަތަމަ ސީދާ ބައްދަލުވުން މިއަދު މެންދުރެއްހާއިރު އިންޑޮނީޝިޔާގެ ބާލީގައި ބާއްވަވާފައެވެ. ދެބޭފުޅުން އިންޑޮނީޝިޔާއަށް ވަޑައިގެންނެވީ، މާދަމާ އެގައުމުގައި ފެށޭ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ހޮޓަލުގެ ފެންޑާމަތިން ދެބޭފުޅުން ވަނީ ސަލާމްކުރައްވާފައެވެ. އަދި އެއަށްފަހު ބައްދަލުވުން އޮންނަ މާލަމަށް ވަޑައިގެންފައިވެއެވެ.

ބައްދަލުވުން ފެއްޓެވުމުގެގޮތުން ދެއްވި ރިމާކްސްގައި ޖޯ ބައިޑަން ވަނީ، އެމެރިކާއާ ޗައިނާއާ ދެމެދު ދެބަސްވުން ކުޑަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ޓައިވާނަކީ އެންމެ ދެބަސްވުން އުފެދޭ މައުލޫކަމަށްވާއިރު، ޓައިވާންގެ ކަންކަމުގައި ދެފަރާތުންވެސް "ރަތްރޮނގު" ކަނޑައަޅާނެކަމަށް ބައިޑަން ވިދާޅުވެފައި ވެއެވެ.

ރައީސް ޝީވެސް ވަނީ، މިއީ ޑާވޯސްގައި މީގެ 5 އަހަރުކުރިން ދެބޭފުޅުން ބައްދަލުވެވަޑައިގެންނެވިފަހުން ބާއްވަވާ ފުރަތަމަ ބައްދަލުވުންކަން ފާހަގަކުރައްވާފައެވެ. އަދި ބައިޑަން ރައީސްކަމަށް ވަޑައިގެންނެވިފަހުން މުޅިވެސް ބައްދަލުވެވަޑައިގެންފައިވަނީ އޮންލައިންކޮށްކަން ފާހަގަކުރައްވައި، ސީދާ ބައްދަލުވުން އަބަދުވެސް ތަފާތުވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމެރިކާއާ ޗައިނާގެ ގުޅުން ކުރިޔަށް ދާންވީ ސީދާ މަގު ކަނޑައަޅައި، އަދި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ގޮތްތައްވެސް ބަލަންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ.

ޖީ20 ސަމިޓަށް ބާލީއަށް ވަޑައިގެން އުޅުއްވާ ލީޑަރުން މިއަދު ގެންދަވަނީ ވަކިވަކި ބައްދަލުވުންތައް ބާއްވަވަމުންނެވެ. މިއަދު މެންދުރުވަނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްވެސް އިންޑޮނީޝިޔާއަށް ވަޑައިގެންފައެވެ.

ޖީ20 ޖަމާއަތުގައި ހިމެނޭ 19 ގައުމުން ދުނިޔޭގެ އިގްތިސާދީ އައުޓްޕުޓްގެ 85 އިންސައްތަ، އަދި ވަރލްޑް ޓްރޭޑްގެ 75 އިންސައްތަ ހިއްސާ ކުރެއެވެ. ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ ދެބައި ނިސްބަތްވަނީ މިގައުމު ތަކަށެވެ.

ރަޝިޔާ ތަމްސީލް ކުރައްވަނީ ފޮރިން މިނިސްޓަރ ސަރުގޭ ލަވްރޯވް އެވެ. ލަވްރޯވް ކުއްލި އާލާސްކަންފުޅެއްގައި ހޮސްޕިޓަލަށް ގެންދެވުނު ޚަބަރުތަކެއްވެސް ފެތުރިގެން ދިޔައެވެ. ނަމަވެސް އެކަން ވަނީ ރަޝިޔާގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފައެވެ.  

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް