Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސް ބޮޑުކުރާ ބިލު

ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނާހާ މަޖިލިސް ނިންމާލިކަމަށް ބުނެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަން ފަށައިފި

ތަޅުމުގައި މެންބަރުން ގެންދަވަނީ ޓެކްސް ބޮޑުކުރާ ބިލަށް ވޯޓުލާނެ ގަޑިއާއި ތާރީހެއް ދިނުމަށް ޑިމާންޑް ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ނޮވެމްބަރު 2022 | ހޯމަ 08:46
މަޖިލީހުގެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަނީ

މަޖިލީހުގެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަނީ

ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނާހާ މަޖިލިސް ނިންމާލިކަމަށް ބުނެ މެންބަރުން ތަޅުމުގައި އިހްތިޖާޖުކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ. އަދި ރިޕޯޓަށް ބަހުސް ކުރަން މެންބަރަކު އެދިފައި ނެތުމުން، ރިޔާސަތުން ވަނީ ބިލަށް ވޯޓަށް އަހާ ވަރަށް މެންބަރުން ތަޅުމުގައި ނެތްކަމަށް ވިދާޅުވެ ކުއްލި ގޮތަކަށް ޖަލްސާ މެދުކަނޑާލާފައެވެ.

Advertisement - newsAdvertisement

ރިޔާސަތުން ޖަލްސާ ނިންމާލި ވަގުތު މެންބަރުން ދިޔައީ ހަޅޭލަވަމުންނެވެ. ޖަލްސާ ނުނިންމޭނެ ކަމަށާއި، ރިޔާސަތުން ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ މެންބަރުން ޗެމްބަރު ކައިރިއަށް އެއްވިއެވެ.

ޓެކްސް ބޮޑުކުރާ ބިލަށް ތާއިދުކުރާ މެންބަރުން ވިދާޅުވެފައިވަނީ ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ ބިލަށް ވޯޓު ދެވޭ ވަރަށް އަދި އެ ފާސްކުރުމަށް ބޭނުންވާ އަދަދަށް ތަޅުމުގައި މެންބަރުން ހާޒިރުވެ ތިބިކަމަށް މެންބަރުން ވިދާޅުވެއެވެ. މަޖިލީހުގެ ތަޅުމުގައި ޓެކްސް ބިލަށް ވޯޓަށް އަހާ ވަރަށް މެންބަރުން ނެތްކަމަށް ބުނެ މަޖިލިސް ޖަލްސާ ކުއްލިގޮތަކަށް ނިންމާލާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

ކުއްލި ގޮތަކަށް މަޖިލިސް ޖަލްސާ ނިންމާލާފައިވާތީ، މަޖިލީހުގެ ތަޅުމުގައި މެންބަރުން ގެންދަވަނީ ޓެކްސް ބޮޑުކުރާ ބިލަށް ވޯޓުލާނެ ގަޑިއާއި ތާރީހެއް ދިނުމަށް ޑިމާންޑް ކުރަމުންނެވެ. އަދި މަޖިލިސް ކުއްލި ގޮތަކަށް ނިންމާލާފައިވަނީ، މަޖިލީހުގެ ރައީސްއާއި ރިޔާސަތް އަދި އިދިކޮޅު ޕީޕީއެމް މެންބަރުންނާއި ގުޅިގެން ކަމަށް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް

25 މާރިޗު 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެމްޑީޕީ އާއި ޖޭޕީން ވެސް ތްރީލައިން ވިޕެއް
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު