Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ބިލިއާޑް މުބާރާތް

މާޒިޔާ ބަލިކޮށް ކުލަބް އީގަލްސް އެއް ވަނަ އަށް

އީގަލްސް އިން މާޒިޔާ ބަލިކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2022 | ހޯމަ 03:08
ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ޤައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކުލަބް އީގަލްސް ޕޮއިންޓު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ޤައުމީ ބިލިއާޑް ސެންޓަރުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 4-1 އިންނެވެ. ފުރަތަމަ ކުޅުނު ސިންގަލްސް ޓޭބަލް ކާމިޔާބުކުރީ އީގަލްސް އިންނެވެ. އެ ޓީމުގެ މިގުއެލް ވަނީ މާޒިޔާގެ އަލީ ފަޔާޒްގެ މައްޗަށް 7-0 އިން ކުރި ހޯދާފައެވެ. ދެ ވަނަ ސިންގަލްސް ގައި މާޒިޔާގެ މަލާޔަން ވަނީ 7-3 އިން އީގަލްސްގެ ސާހިލް ހަމީދު ބަލިކޮށްފައެވެ. ދެން ކުޅުނު ޑަބަލްސްގެ ތިން ޓޭބަލް ވެސް ކާމިޔާބުކުރީ އީގަލްސް އިންނެވެ. އީގަލްސްގެ އައްބާސް އަދި އަހުސަންގެ ޕެއާ އިން ވަނީ މާޒިޔާގެ އިބްރާހިމް އަދި ޝަރީފްގެ ޕެއާ 7-4 އިން ބަލިކޮށްފައެވެ. ދެ ވަނަ ޑަބަލްސްގައި އީގަލްސްގެ ސުވައިދު އާއި އަފްރާހް ވަނީ އީގަލްސްގެ އަސްލަމް އާއި އައްފާން 7-6 އިން ބަލިކޮށްފައެވެ. ފަހު ޓޭބަލްގައި އީގަލްސްގެ ޝާޒް އާއި އާފީ ވަނީ 7-1 އިން މާޒިޔާގެ ރާޖޭޝް އާއި ނަފާއު ބަލިކޮށްފައެވެ.

އާދިއްތަ ދުވަހުގެ ރޭ ދެން ކުޅުނީ އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލު ކުރި މެޗެވެ. އެ މެޗު ފަސޭހަކަމާއެކު ސިފައިން ކާމިޔާބުކުރީ 5-0 އިންނެވެ.

އީގަލްސް އެއް ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއި ފައިދާ ތިން ގޭމާއެކުއެވެ. ދެ ވަނައިގައި އޮތް ކަސްޓަމްސް ރެކްރިއޭޝަން ކުލަބަށް ލިބެނީ ދެ މެޗުން ހަ ޕޮއިންޓެވެ. ތިން ވަނައިގައި ސިފައިން އޮތީ ދެ މެޗުން ތިން ޕޮއިންޓު ހޯދައިގެންނެވެ. ތިން މެޗުން ތިން ޕޮއިންޓާއެކު މާޒިޔާ އޮތީ ހަތަރު ވަނައިގައެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ އައިލެންޑާސްއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު