Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިފައިންގެ މެރިން ކޯރ

މެރިން ކޯރ އިން ދިން ޝުކުރުގެ ފިލާ މިނިސްޓަރަށް އެތައް ގޮތަކުން ޚާއްސަ

14 ނޮވެމްބަރު 2022 | ހޯމަ 02:41

މި އެވާރޑް ލިބިވަޑައިގެންނެވި ފުރަތަމަ ފަރާތަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ނޮވެމްބަރު 2022 | ހޯމަ 02:41
ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއަށް އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން ވަނީ "ޝުކުރުގެ ފިލާ" އަރުވާފައި

ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީއަށް އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން ވަނީ "ޝުކުރުގެ ފިލާ" އަރުވާފައި

އެމްއެންޑީއެފް މެރިން ކޯރ އުފެދުނުތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން، ކަޅުތުއްކަލާކޮށީގައި ބޭއްވި "މެރީންސް ޑޭ" ހަފުލާގައި ވަނީ ޚާއްސަ އެވޯޑެއް ވެސް މެރިން ކޯރގެ ފަރާތުން ދީފައެވެ. އެއީ މެރިން ކޯރގެ ޚިދުމަތުގެ ތެރެއިން ވަކި މިންގަނޑަކަށް ފެތޭ ގޮތަށް ބެލުމަށްފަހު، ޝަރުތުތަކެއް ހަމަވެގެންދެވޭ ޝުކުރުގެ ފިލައެކެވެ. އެ ފިލާ ސިފައިންގެ މެރިން ކޯރ އިން ދެއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށެވެ.

މީގެ ކުރިންވެސް ދިފާއީ ވަޒީރުކަމުގެ މަޤާމުގައި އެކި ބޭފުޅުން ތިއްބަވާފައިވާއިރު، މެރިން ކޯރއިން މި އެވޯޑު ލިބިވަޑައިގެންނެވި ފުރަތަމަ ފަރާތަކަށް ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވެގެން ދިޔުމަކީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މިނިސްޓަރު މާރިޔާއަކީ ސިޔާސީ ގޮތުންވެސް ތަފާތު އެކި ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރު ވިދާޅުވާ ގޮތުގައި މިއީ ސިޔާސީ ބޮޑު ޕާޓީއެއްގެ ޗެއަރޕަރސަން ކަމުން ފެށިގެން، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އަދާ ކުރެއްވި ދައުރުގެ އިތުރުން، ވަޒީރެއްގެ މަޤާމަށް ފައި ހަމަކުރުމާއި ދޭތެރޭގައި ޚިދުމަތެއްގެ އަގުވަޒަން ކޮށްގެން މިނިސްޓަރު އެންމެ އުފާފުޅުވީ ފަހަރެވެ.

މި ފިލައަކީ އެމްއެންޑީއެފް މެރިން ކޯރއަށް އެކި ގޮތްގޮތުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މެރިން ކޯރގެ ފަރާތުން ދިން ޚާއްސަ ފިލައެކެވެ.

މެރިން ކޯރ އަކީ އަބަދުވެސް އެކުއެކީގައި އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރާ ބޮޑީއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ރައްޔިތުންގެ ޝުކުރާއި ލޯބި އަބަދުވެސް ލިބޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި، އެގޮތަށް ފުރަތަމަ ފަހަރަށް ޚިދުމަތުގެ އަގު ވަޒަން ކުރެވިގެންދާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުންކަމަށް ދުވަހަކުވެސް ހީފުޅެއް ނުކުރައްވާ ކަމަށެވެ. އެމެރިކާ ފަދަ ޤައުމަކުން އެވޯޑެއް ލިބިވަޑައިގެން ވެވަޑައިގެންނެވި އުފަލަށްވުރެ މި ޝުކުރުގެ ފިލާ މިނިސްޓަރަށް ޚާއްސަވެގެެން ދަނީ އެ ސަބަބާހުރެއެވެ.

މިނިސްޓަރު ސިފަ ކުރައްވާ ގޮތުގައި މެރިން ކޯރ އިން އެރުވި ޝުކުރުގެ ފިލަޔަކީ މި ހަތަރު އަހަރު ކުރެވުނު މަސައްކަތް ބަޔަކު ބަލައިގެންފިކަމުގެ ނަމޫނާއެކެވެ. މިއީ ހުރިހާ ގޮތަކުންވެސް މިނިސްޓަރަށް އެތައް އަސަރެއް ކުރުވި، އަދި ޚާއްސަ ފިލައެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ޝުކުރުގެ ފިލައަކީ މިނިސްޓަރަށް ލިބިވަޑައިގެންނެވި ފިލައެއް ނަމަވެސް، އެއީ ހަގީގަތުގައި ސަރުކާރުގެ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.

މެރިން ކޯރ އަކީ ދިވެހި އަސްކަރިއްޔާގެ އެއްގަމުގެ ބާރެވެ. އެގޮތުން އަސްކަރިއްޔާގެ އެއްގަމާއި ކަނޑުގައި އަސްކަރީ ޙަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ ބަޔަކީ މެރިން ކޯރ އެވެ.

މީގެ 35 އަހަރު ކުރިން ޓާސްކް ފޯސް ޔުނިޓެއްގެ ގޮތުގައި އުފެދުނު މި ޔުނިޓު 1990ގެ އަހަރުގެ ތެރޭގައި ކުއިކް ރިއެކްޝަން ފޯރސް އެއްގެ ގޮތުގައި ގާއިމުކުރެވި، އަދި އޭގެފަހުން މިހާރު މިވަނީ ފުރިހަމަވެފައިވާ މެރިން ކޯރ އެއްގެ ގޮތުގައި ޤާއިމުވެގެން ގޮސްފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

17 ޖޫން 2017

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
26 ފެބުރުއަރީ 2017

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
16 ޖެނުއަރީ 2017

ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!

16 ޖެނުއަރީ 2017
ރިޒާ އަށް އެމްޕީއެލް އިން ދިން 2.9 މިލިއަން ރުފިޔާއާ މެދު ސުވާލެއް!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް