Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހަނދަށް ދިއުން

ހަނދަށް ދާން ބޭނުމީވިއްޔާ، އިހަށް ދާންވީ ލަންޒަރޯތޭއަށް!

ހަނދުގެ އިތުރުން، މާސްއަށް ފޮނުވުމަށް އިސާއިން ތަމްރީނުކުރާ ޖައްވީ ފަޅުވެރިންނަށް ތަމްރީނު ދިނުމަށް އެ އިދާރާއިން ދަނީ "ޕެންޖިއާ" ތަމްރީނުތައް ދެމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2022 | އާދީއްތަ 17:25
ޕެންޖިއާ ތަމްރީނުތައް ކުރިއަށްދާ އިތުރު މަންޒިލްތަކަށް ބަލާއިރު، އިޓަލީވިލާތުގެ ބްލެޓާބެކް ކެންޔަންއާއި ޖަރުމަނުވިލާތުގެ ނޯޑްލިންގަރ ރީޒް ކްރޭޓަރ ސަރަހައްދު ފާހަގަކުރެވޭ

ޕެންޖިއާ ތަމްރީނުތައް ކުރިއަށްދާ އިތުރު މަންޒިލްތަކަށް ބަލާއިރު، އިޓަލީވިލާތުގެ ބްލެޓާބެކް ކެންޔަންއާއި ޖަރުމަނުވިލާތުގެ ނޯޑްލިންގަރ ރީޒް ކްރޭޓަރ ސަރަހައްދު ފާހަގަކުރެވޭ

ސްޕެއިންގެ އިދާރީ ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ވެރިކަން ހިންގަމުން ގެންދާ ކޭނަރީ އައިލަންޑްސްގެ ޖަޒީރާއެއް ކަމަށްވާ ލަންޒަރޯތޭއަކީ ހަނދަށް ދާން ބޭނުން މީހުންނަށް މިވަގުތު ލިބެން އޮތް އެންމެ ފަހި ފުރުސަތުކަމުގައި ދަންނަވަން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ނުސީދާ ގޮތަކަށް ފްރޭމްކޮށްގެން ނަގާފައިވާ މަންޒަރުތަކަށް އެއްލާ ފުރަތަމަ ކަޅިން، އެއީ ހަނދުގެ ސަތަހަ ނޫން ކަމަށް ބުނަން ދަތި ވާނެއެވެ.

އެއީ ހަމައެކަނި އާންމު މީހެއްގެ ލޮލަށް އެ މަންޒަރު ސިފަވާ ގޮތެއް ނޫނެވެ. ޖައްވީ ދިރާސާތަކުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވިލާތުގެ ޖައްވީ އިދާރާ ނުވަތަ ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އިސާ) އިންވެސް ލަންޒަރޯތޭ ބޭނުންކުރަމުން ދަނީ، މި ދުނިޔެމަތީގެ ހަނދުގެ ސަތަހައިގެ ގޮތުގައެވެ. ކުރިއަށް އޮތް ތަނުގައި އެ އިދާރާއިން ހަނދަށް ދިއުމަށް ރާވާފައިވާ ދަތުރުތަކުގައި ބައިވެރިވާނެ ޖައްވީ ފަޅުވެރިންގެ ތަމްރީނުތައްވެސް ރުކުރުވާލާފައި ވަނީ ލަންޒަރޯތޭގައެވެ.

ހަނދުގެ އިތުރުން މާސް ތަރިއަށް ފޮނުވުމަށް އިސާއިން ތަމްރީނުކުރާ ޖައްވީ ފަޅުވެރިންނަށް ތަމްރީނު ދިނުމަށް އެ އިދާރާއިން ކުރިއަށް ގެންދާ "ޕެންޖިއާ" ތަމްރީނުތަކަކީ، ޖައްވީ މައިދާނުގައި ސައެންސްވެރިންގެ އަމަލީ ހަރަކާތްތެރިކަން އިތުރުކުރުމަށް، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ.

"ޕެންޖިއާ" ތަމްރީނުތައް ކުރިއަށްދާ އިތުރު މަންޒިލްތަކަށް ބަލާއިރު; އިޓަލީވިލާތުގެ ބްލެޓާބެކް ކެންޔަންއާއި ޖަރުމަނުވިލާތުގެ ނޯޑްލިންގަރ ރީޒް ކްރޭޓަރ ސަރަހައްދު ފާހަގަކުރެވެއެވެ. އެ ސަރަހައްދުތަކަކީ، ފުރަތަމަ ފެންނަ ފެނުމަށް މި ދުނިޔެ މަތީގެ ތަނެކޭ ހީނުވާހާ ގާތް ތަންތަނެވެ.

އިސާއިން ދަނީ އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ އަރޓެމިސް މަޝްރޫއުގައިވެސް ބައިވެރިވަމުންނެވެ. އަރޓެމިސް މަޝްރޫއަކީ، 2025 ވަނަ އަހަރުގެ ކުރިން، ފުރަތަމަ އަންހެނާ ނުވަތަ ދޮން ނަސްލު ނޫން ނަސްލެއްގެ މީހަކު ހަނދަށް ގެންދިއުމުގެ ވަރުގަދަ އަމާޒުގައި ހިންގާ މަޝްރޫއެއް ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯނަމް މުމްބާއީ އަށް ދާން ތައްޔާރުވަނީ؟

ސޯނަމް މުމްބާއީ އަށް ދާން ތައްޔާރުވަނީ؟

08 ޖޫން 2020
ފިލްމް ސެޓަށްދާން ކެތްމަދުވެފައި މިހުރީ: ކްރްތީ ސެނޯން

ފިލްމް ސެޓަށްދާން ކެތްމަދުވެފައި މިހުރީ: ކްރްތީ ސެނޯން

23 މެއި 2020
ފިލްމީ ތަރި އިރްފާން ޚާންގެ ދަރިފުޅު ސޯޝަލް މީޑިއާގަ، ބައްޕަގެ ހަނދާން އާކޮށްފި

ފިލްމީ ތަރި އިރްފާން ޚާންގެ ދަރިފުޅު ސޯޝަލް މީޑިއާގަ، ބައްޕަގެ ހަނދާން އާކޮށްފި

21 މެއި 2020
އީސަގެ "ހަނދާންކުރައްޗޭ" ބައިސްކޯފަށް!

އީސަގެ "ހަނދާންކުރައްޗޭ" ބައިސްކޯފަށް!

09 އޯގަސްޓު 2019
ގަދަ ހިފުމަކަށް ނުދާންވެގެން ސާހޯ ރިލީޒް ކުރާ ތާރިހު ފަސްކޮށްފި

ގަދަ ހިފުމަކަށް ނުދާންވެގެން ސާހޯ ރިލީޒް ކުރާ ތާރިހު ފަސްކޮށްފި

22 ޖުލައި 2019

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު